ރަށު ނޯޓު: ނައިވާދޫ

ހދ. ނައިވާދޫ: ބޮޑުމިނުގައި ހުރީ 30.2 ހެކްޓަރު -- ފޮޓޯ: ނައިވާދޫ ފޭސްބުކް ޕޭޖް

ހދ. ނައިވާދޫ: ބޮޑުމިނުގައި ހުރީ 30.2 ހެކްޓަރު -- ފޮޓޯ: ނައިވާދޫ ފޭސްބުކް ޕޭޖް

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫގެ ވާހަކަ މިހާރު އަޑުއިވެނީ މަދުންނެވެ. ރަށާބެހޭ ގޮތުން ޝާއިއުކޮށްފައި ހުރި ލިޔުންތައް ވެސް މަދެވެ. ރަށަށް އަރައި ބަލާއިރު ރަށުތެރެއިން ފެންނަ ރީތި ކަމާއި، ރަށު ރައްޔިތުންގެ ވިސްނުމުގެ ތަހުޒީބު ކަމާއި، ބީރައްޓެހިން ރައްޓެހިކުރުވާ މުއާމަލާތުގެ ހުނަރު، އެއީ މިރަށުގެ ތައާރަފެވެ. ނައިވާދޫއާ ބެހޭ ގޮތުން މައުލޫމާތު ހޯދައި ވާހަކަ ދައްކާލަން ގުޅާލެވުނު ކޮންމެ މީހަކީ މިހާރު އަހަރެންގެ ގާތް އެކުވެރިއެކެވެ. މިއީ ބީރައްޓެހި ގޮތެއް ނުގެންގުޅޭ، އެކުވެރި މިޒާޖެއްގެ ބަޔަކު ދިރިއުޅޭ ރަށެކެވެ.

ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫގެ ބޮޑުމިނުގައި ހުރީ 30.2 ހެކްޓަރެވެ. ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ ބީ-5 އެވެ.

މިއީ އާބާދީ ބޮޑު ރަށެއް ނޫނެވެ. ރަށުގެ އާބާދީ 1985 ވަނަ އަހަރު ހުރީ 235 އަންހެނުންނާއި 175 ފިރިހެނުންނާއެކު ޖުމުލަ 410 ގަ އެވެ. އަހަރުތަކެއް ފަހުން 2014 ވަނަ އަހަރު މި އަދަދު ދިޔައީ ދަށަށެވެ. އެ އަހަރުގެ ބޯހިމެނުމުގެ ހިސާބުތަކަށް ބަލާއިރު ރަށުގައި ދިރިއުޅެނީ 221 އަންހެނުންނާއި، 176 ފިރިހެނުންނާއެކު ޖުމުލަ 397 މީހުންނެވެ. އޭގެ ފަހުން މިހާރު މަޑުމަޑުން އާބާދީ ދަނީ އިތުރުވަމުންނެވެ. ދެހާސް ސަތާރަ ވަނަ އަހަރު ރަށުގެ އާބާދީއަކީ 849 އެވެ. ފެބުރުއަރީ 2022ގެ ނިޔަލަށް ބަލާއިރު މިހާރު ރަށުގެ އާބާދީ އުޅެނީ 891 ގަ އެވެ. އެއީ 446 އަންހެނުންނާއި 445 ފިރިހެނުންނެވެ.

Advertisement

ރަށުގައި ރަޖިސްޓްރީވެފައިވާ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ދިރިއުޅެނީ ވަޒީފާއާއި ތައުލީމު ފަދަ ބޭނުންތަކަށް އެހެން ރަށްރަށުގަ އެވެ. ރަށުގައި މިހާރު ދިރިއުޅެނީ ގާތްގަނޑަކަށް 400 އެއްހައި މީހުންނެވެ.

ނައިވާދޫ ބަޔަކު އެ ރަށުގެ އަތިރިމަތީގައި މޫދަށް އެރި މަޖާކުރުމުގައި. -- ފޮޓޯ: ނައިވާދޫ ފޭސްބުކް ޕޭޖް
ނައިވާދޫ ބަޔަކު އެ ރަށުގެ އަތިރިމަތީގައި މޫދަށް އެރި މަޖާކުރުމުގައި. -- ފޮޓޯ: ނައިވާދޫ ފޭސްބުކް ޕޭޖް

ނައިވާދޫ ބަޔަކު އެ ރަށުގެ އަތިރިމަތީގައި މޫދަށް އެރި މަޖާކުރުމުގައި. -- ފޮޓޯ: ނައިވާދޫ ފޭސްބުކް ޕޭޖް

ރަށުގެ މައިގަނޑު އިގްތިސާދީ މަސައްކަތަކީ ފަންގިވިނުމެވެ. ކޮވިޑް 19 ގެ އާލަމީ ވަބާ ކުރިމަތިވުމުގެ ކުރިން މިއީ ރަށަށް ބޮޑު އާމްދަނީއެއް ވަންނަ މަސައްކަތެކެވެ. މިހާރު ހާލަތު ތަފާތެވެ. ކޮވިޑްގެ ފުރަބަންދާއެކު މި ވިޔަފާރިއަށް އެރި ލޮޅުމުން އަދިވެސް އަރައިގަނެވިފައެއް ނުވެ އެވެ. ފަންގިވިނުމުގެ މަސައްކަތުން އެކަށީގެންވާ ރަނގަޅު އާމްދަނީއެއް މިހާރު ލިބެމުން ނުދާތީ އެ މަސައްކަތް އޮތީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

ރަށުގައި އިގްތިސާދީ މަސައްކަތްތައް މަދުކަމާއެކު، ރަށުގެ ގިނަ ޒުވާނުން ވަޒީފާ އަދާކުރަނީ ރަށާ މާ ދުރުގައި، އެކި ރިސޯޓުތަކުގަ އެވެ. ގެދޮރު އިމާރާތްކުރުމުގެ މަސައްކަތް ވެސް މިރަށުގައި ކޮށްއުޅެ އެވެ. އެހެން ނަމަވެސް ފުޅާ ދާއިރާއެއްގައެއް ނޫނެވެ. އޭގެ އިތުރަށް ރަށަށް ވަންނަ އާމްދަނީ ބިނާވެފައި އޮތީ ސަރުކާރާއި ދައުލަތުގެ ވަޒީފާތަކަށެވެ. މިހާރު މިރަށަށް އާމްދަނީ ބަރޯސާވެފައި އޮތީ ރަށު ކައުންސިލާއި، ކޯޓު ފަދަ ސަރުކާރާއި ދައުލަތުގެ އިދާރާތަކުން އުފެދޭ ވަޒީފާތަކުން ލިބޭ މުސާރައަށެވެ.

ލޯންޗާއި ޑިންގީ ފަދަ ކަނޑު އުޅަނދު ބަންނަން ފައިބަރުގެ މަސައްކަތްކުރާ ތަނެއް މިރަށުގައި ހިންގަ އެވެ. މި މަސައްކަތުގެ ފަންނުވެރި ދެ ގުރޫޕެއް ރަށުގައި ހަރަކާތްތެރިވެ އެވެ. ލިބޭ އޯޑަރުތަކަށް ލޯންޗާއި ޑިންގީ ބަނދެ، އެ މަސައްކަތުން ވެސް ރަށަށް ރަނގަޅު އާމްދަނީއެއް ވަދެ އެވެ.

އާންމު ވިޔަފާރިކުރާ އަށް ފިހާރައެއް މިރަށުގައި ހުރެ އެވެ. މި ފިހާރަތަކަށް މުދާ ގެންދަނީ އަތޮޅުން މާލެއަށް ދަތުރުކުރާ އޮޑިފަހަރުގަ އެވެ. ކާބޯތަކެތީގެ ހިދުމަތް ދޭ ދެ ތަނެއް މިރަށުގައި ހިންގަ އެވެ. ގެސްޓްހައުސްއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން ހިންގާތަނެއް މިވަގުތު ނެތެވެ. އެހެން ނަމަވެސް ދުވަހު ކުއްޔަށް ކޮޓަރި ދޫކުރަން ހާއްސަ ގެތައް އެބަހުއްޓެވެ.

މި ރަށުގެ އެއްކޮޅުން އަނެއް ކޮޅަށް ފަތުރިލާފައި އޮތީ ހިތްގައިމު ރީތި ތުނޑިއެއް. -- ފޮޓޯ: ނައިވާދޫ ފޭސްބުކް
މި ރަށުގެ އެއްކޮޅުން އަނެއް ކޮޅަށް ފަތުރިލާފައި އޮތީ ހިތްގައިމު ރީތި ތުނޑިއެއް. -- ފޮޓޯ: ނައިވާދޫ ފޭސްބުކް

މި ރަށުގެ އެއްކޮޅުން އަނެއް ކޮޅަށް ފަތުރިލާފައި އޮތީ ހިތްގައިމު ރީތި ތުނޑިއެއް. -- ފޮޓޯ: ނައިވާދޫ ފޭސްބުކް

އާބާދީއާއި، ރަށުގައި ދިރިއުޅޭ މީހުންވެސް މަދު ނައިވާދޫއަށް ދިމާވެފައި ހުރި މައްސަލަތައް ގިނަ އެވެ. ރަށުގައި ނަރުދަމާއެއް ނެތެވެ. ނަޖިސް ހިންދަންޖެހެނީ ބިމަށެވެ. މީގެ ސަބަބުން ރަށުގެ ފެން ތަގައްޔަރުވަމުން ދާއިރު ގޭގެއަށް ސާފު ބޯފެން ލިބޭނޭ އިންތިޒާމެއްވެސް އަދި ނެތެވެ. ރަށްގިރުމުގެ މައްސަލައަކީވެސް މިކަންކަމުގެ އިތުރުން އޮތް ތަކުލީފެކެވެ.

ނައިވާދޫއަށް ހާއްސަކުރެވިފައިވާ މަޝްރޫއުތަކަށް ބަލާއިރު، ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް އޮތީ ކޮންޓްރެކްޓް ކުރެވިފަ އެވެ. އެ މަސައްކަތް ލަސްވެގެން މާޗް 8، 2023 އަށް ނިންމާލުމަށް އޮތީ އަމާޒު ހިފާފަ އެވެ. ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ދަނީ ހިނގަމުންނެވެ. ނައިވާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އޮތީ ޕްރީ ޓެންޑަރިން މަރުހަލާގަ އެވެ. ދަތުރުފަތުރުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. ނައިވާދޫ ހިމެނޭ ގޮތުން، ހދ. އަތޮޅުގެ ކުނި މެނޭޖްކުރުމުގެ ބިޔަ ޕްރޮޖެކްޓްވެސް ދަނީ ކުރިއަށެވެ.

ނައިވާދޫ މިހާރު އަމާޒު ހިފާފައި އޮތީ ލޯކަލް ޓޫރިޒަމްގެ ތެރެއިން އެރަށަށް ނަފާވާނޭ ގޮތަށް ރަށުގެ އިގްތިސާދު ރާވާލުމަށެވެ. އެކި ރިސޯޓުތަކުގައި މަސައްކަތްކުރާ ނައިވާދޫގެ ޒުވާނުން ތިބީ އެ މީހުންގެ ޒަމާނީ ހިޔާލުތަކާއެކު ނައިވާދޫއަކީ ފަތުރުވެރިންގެ މަންޒިލަކަށް ހެދުމަށް އަމާޒު ހިފައިގެންނެވެ. އެ ޒުވާނުން ރިސޯޓު ވަޒީފާތަކުގެ ތަޖުރިބާ ބޭނުންކުރާނީ މުޅި ރަށުގެ މަންފާއަށެވެ. މިހާރުވެސް ރަށުގައި މޫދުކުޅިވަރުގެ އެކި އިންތިޒާމުތައް އެބަހުއްޓެވެ.

ނައިވާދޫގެ ގުދުރަތީ ރީތިކަމަކީ އެރަށުގެ އެންމެ ބޮޑު ރައުސުލްމާލެވެ. މިހާރު ހިނގަމުންދާ ދަތުރުފަތުރުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ނިމުމާއެކު ނައިވާދޫއަކީވެސް ފަތުރުވެރި މަންޒިލަކަށް ވާނެ އެވެ. މިރަށަށް އަރާ ބަލާއިރު ރަށުގެ އެއްފަރާތުން ސުރެންސުރެން އޮތް ރީތި ދޮންވެލި ތުނޑިއާއި، އެއާ ގުޅިފައި އޮތް ސާފު މޫދުން އެކަނިވެސް މިރަށަށް ހިތް ލަންބުވާލާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox