ފްލެޓް ނުދޭތީ އެކަމާ އިހްތިޖާޖުކޮށް، އުއްތަމަ ފަނޑިޔާރު ކަރުބުޑުގަ ރަހަލާވަރު ކުރަން ގާޒީއަކު ގޮވާލައިފި

ފްލެޓް ނުދޭތީ އެކަމާ އިހްތިޖާޖުކޮށް، އުއްތަމަ ފަނޑިޔާރު ކަރުބުޑުގަ ރަހަލާވަރު ކުރަން ގާޒީއަކު ގޮވާލައިފި

ފަނޑިޔާރުންނަށް ފްލެޓް ދޭ ސްކީމެއް ސަރުކާރުން ތައާރަފްކޮށްފައި ނެތުމުން، އެ މައްސަލައިގައި އިހްތިޖާޖަށް ނިކުމެ، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނުގެ "ކަރުބުޑުގައި ރަހަލާ ވަރު" ކުރަންޖެހޭ ކަމަށް ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ނައީމް ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރުންނަށް ފްލެޓް ލިބެންޖެހޭ ކަމަށާއި އެ މައްސަލައިގައި އިހްތިޖާޖު ކުރުމަށް ގާޒީ ނައީމް ގޮވާލެއްވީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މުވައްޒަފުންނަށް ދައުލަތުން ފްލެޓް ދިނުމަށް ނިންމި ހަބަރު "ދިވެހި ފަނޑިޔާރުންގެ ގްރޫޕް" ގައި އެހެން ފަނޑިޔާރަކު ހިއްސާ ކުރެއްވުމުންނެވެ.

"ފާޑުފާޑުގެ އެއްޗެހި ލާނެ ކަމެއް ނެތް، ހިތްވަރެއް ހުރިއްޔާ ހައްގުތައް ހޯދުމަށް އިހްތިޖާޖް ކުރަން ނުކުތުމަށް [ދިވެހި ފަނޑިޔާރުންގެ] ޖަމިއްޔާއިން ނިންމަންވީ،" ގާތްގަނޑަކަށް 163 ފަނޑިޔާރުން ތިއްބަވާ އެ ވައިބާ ގްރޫޕުގައި ނައީމް ލިޔުއްވާފައިވެ އެވެ.

ވައިބާ ގްރޫޕުގައި ނައީމް ހިތްވަރުދެއްވީ ފަނޑިޔާރުން އެ މައްސަލައިގައި އިހްތިޖާޖަށް ނިކުތުމަށެވެ.

"އުއްތަމަ ފަނޑިޔާރާއި ޖުޑިޝަރީގެ ވެރިންގެ ކަރު ބުޑުގައި ރަހަލާ ވަރުގެ ކަންތައް ކޮށްގެން މެނުވީ މި ކަންކަން ރަނގަޅެއް ނުވާނެ،" ނައީމް ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން އެ ގްރޫޕުގައި ނައީމް ވިދާޅުވެފައި ވަނީ "އަނގަ ތެޅުމުގެ ޒަމާން މާޒީވެ ހިނގައްޖެ، މިހާރު ބޭނުމީ ހަރަކާތް" ކަމަށެވެ. އަދި ފަނޑިޔާރުންގެ ހައްގުތައް ހޯދަން އިހުތިޖާޖަށް ނުކުންނަން ޖެހޭ ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.

ސިވިލް ކޯޓުގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ޖޭއެސްސީން ބެލި މައްސަލައެއްގައި އަދަބެއްގެ ގޮތުގައި ގާޒީ ނައީމް ވަނީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފަ އެވެ. ޑްރަގް ކޯޓަށް ބަދަލު ކުރީ އޭގެ ފަހުންނެވެ. އެ މައްސަލަ ޖެހުނީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު އަލީ ސަވާދަށް ރުހުން ނުލިބެނީސް ދައުލަތް ހިމެނޭ މައްސަލަތައް ނުބެއްލެވުމަށް ގާޒީ ނައީމް ނިންމެވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox