އުރީދޫގެ ފޯރިގަދަ މަސްރޭސް މިއަދު ފަށައިފި

Apr 9, 2022, 6:59 PM
އުރީދޫ މަސްރޭހުގައި ބައިވެރިވި ޓީމެއް ފުރަން ތައްޔާރުވެފައި. ފޮޓޯ: އުރީދޫ

އުރީދޫ މަސްރޭހުގައި ބައިވެރިވި ޓީމެއް ފުރަން ތައްޔާރުވެފައި. ފޮޓޯ: އުރީދޫ

ކޮވިޑްގެ ބަލިމަޑުކަމާ ހެދި މެދު ކަނޑައިލުމާ ހަމައަށް އުރީދޫ އިން ކޮންމެ ރޯދަމަހަކު ކުރިއަށް ގެންދި ފޯރިގަދަ މަސް ރޭހުގެ މިއަހަރުގެ ބައި މިއަދު ފަށައިފި އެވެ.

އުރީދޫ އިން މިއަދު ބުނި ގޮތުގައި މިއަދު މެންދުރުފަހު 2:00 ވީ އިރު ހުރިހާ ޓީމްތަކެއް ވީ މަހަށް ފުރައިފަ އެެވެ.

އެއް ވަނައަށް ދާ ޓީމަކަށް ބައިލައްކަ ރުފިޔާގެ އިނާމެއް ދޭ ގޮތަށް ކުރިއަށް ގެންދާ މަސްރޭހުގައި މިއަހަރު 23 ޓީމެއް ބައިވެރިވި އެވެ.

އާންމު އުސޫލެއްގެ ގޮތުން އެކުންފުނިން ކަނޑައަޅާ ޖާގައިގެ އިތުރަށް ޓީމްތަކުން ކުރިމަތިލައިފިނަމަ ބައިވެރިވުމުގެ ފުރުސަތު ދެނީ ގުރުއަތުލުމަށް ފަހު އެވެ. ނަމަވެސް ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ބާއްވާ މި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިފައިވާތީ މިފަހަރު ރަޖިސްޓްރީވި ހުރިހާ ޓީމަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އެކުންފުނިން ވަނީ ދީފަ އެވެ.

އުރީދޫ މަސްރޭހުގައި މިއަދު މަހަށް ފުރި ޓީމްތަކަށް މަރުހަބާ ކިޔަން އުސްފަސްގަނޑުގައި ޖަޖުންނާއި އޮފިޝަލުން އިންތިޒާރުގައި ތިބި އިރު އެ ތަނުގައި ފޯރިނަގަމުން އައީ ހަބޭސް ބޮޑުބެރު ޓީމެވެ.

އެކި ސަރަހައްދުތަކުން މަސްބާނައިގެން ޓީމުތައް މާލެއަށް އައީ އެކުއެކީގައި ކަހަލަ ގޮތަކަށް ކަމަށް ވިޔަސް މަސް ކިރުވުމަށް ޓަކައި އުސްފަސްގަނޑަށް އެންމެ ފުރަތަމަ އައީ ޕޯސްޓް އޮފީހުގެ "ޓީމް ޕޯސްޓް" އެވެ. ދެން އައީ ޓީމް އާރްޑީސީ އެވެ. މަސްކިރާ ސަރަހައްދަށް ތިން ވަނައަށް އައީ އުރީދޫން ބުނި ގޮތުގައި ޓީމް ގޯޅިއަންސް އެވެ.

މަސްކިރަން އެންމެ ފަހުން އައީ މަސްރޭހުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ "ޓީމް ބޮއި" އެވެ.

ރާއްޖޭގައި ނެތެމުންދިޔަ ސަގާފަތެއް ދިރުވުމުގައި ބައިވެރިވެ، ޒުވާން ކުދިންގެ މެދުގައި މަސްވެރި ކަމަށް ޝައުގުވެރިކަން އުފެއްދުމުގެ އަމާޒުގައި އުރީދޫއިން ކުރިއަށް ގެންދާ މަސް ރޭސް ބާއްވާނީ ރޯދަ މަހުގެ ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހެއްގެ ރޭގަނޑެވެ. ނަމަވެސް ރޯދަ މަހުގެ ފަހު 10 ގެ ދުވަސްތަކުގައި މުބާރާތް ނޯންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox