ރަށު ނޯޓު: ހުޅުދުއްފާރު

ރ. ހުޅުއްފާރު: ރަށުގައި އާބާދުވެފައި ވަނީ އުނގުލާއި ގާއުނޑޫދޫ މީހުން. -- ފޮޓޯ: ހަމަދު އަސްލަމް

ރ. ހުޅުއްފާރު: ރަށުގައި އާބާދުވެފައި ވަނީ އުނގުލާއި ގާއުނޑޫދޫ މީހުން. -- ފޮޓޯ: ހަމަދު އަސްލަމް

މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރަކީ 1990ގެ އަހަރުތަކަށް ފެށުނުއިރުވެސް ފަޅު ރަށެކެވެ. އެ ރަށުގައި މީހުން އާބާދުކުރުމުގެ މަސައްކަތް އިއުލާނު ކުރެވުނީ ފެބުރުއަރީ 12، 1992 ގަ އެވެ. ހުޅުދުއްފާރުގައި އެ ދިރިއުޅެނީ އެ އަތޮޅު އުނގުލާއި ގާއުނޑޫދޫ މީހުންނެވެ. އެންމެ ފުރަތަމަ ހުޅުދުއްފާރަށް ބަދަލުވެ ވަޒަންވެރިވީ އުނގުލުގެ އާއިލާ އެކެވެ. ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެ އާއިލާ ހުޅުދުއްފާރުގައި ވަޒަންވެރިވެ ދިރިއުޅެން ފެށީ ފެބުރުއަރީ 27، 1993 ގަ އެވެ. އެރަށުގައި އަލަށް ކުއްޖަކު އުފަންވީ އެ އަހަރުގެ އޮކްޓޯބަރު 20 ވަނަ ދުވަހު އެވެ.

އުނގުލާއި ގާއުނޑޫދޫ މީހުން ހުޅުދުއްފާރުގައި ވަޒަންވެރިކުރުމަށްޓަކައި އެންމެ ފުރަތަމަ ބުރުގައި ދޫކުރެވުނީ 49 ގޯއްޗެވެ. އެއީ ޖެނުއަރީ 10، 1993 ގަ އެވެ. އޭގެ ފަހުން އިތުރު ގޯތިތައް ދޫކޮށް މީހުން އާބާދުކުރުމުގެ މަސައްކަތް ފުޅާކުރެވުނެވެ. އުނގުލުގެ 93 ގޭގެ މީހުންނާއި ގާނއުޑޫދޫގެ 94 ގޭގެ މީހުންނާއެކު ހުޅުދުއްފާރުގެ ތާރީހު ފެށުނީ 1993 ވަނަ އަހަރު އެވެ. ހުޅުދުއްފާރަކީ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ރަސްމީ ގޮތުން ހަމަޖައްސަވައި އެ ރަށުގައި ރާއްޖޭގެ ގައުމީ ދިދަ ނެގީ މާޗް 13، 1995 ގަ އެވެ.

ރ.ހުޅުދުއްފާރަކީ ބޮޑުމިނުގައި 59.7 ހެކްޓަރު ހުރި މާ ރަށެވެ. ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ އީ-18 އެވެ.

Advertisement

އަލަށް އާބާދުވީއިރު ހުޅުދުއްފާރުގެ އާބާދީގައި 982 މީހުން ހިމެނެ އެވެ. އެއީ އުނގުލުން ހުޅުދުއްފާރަށް ބަދަލުވި 272 ފިރިހެނުންނާއި، 249 އަންހެނުންނާއެކު ޖުމްލަ، 521 މީހުންނާއި ގާއުނޑޫދޫގެ 234 ފިރިހެނުންނާއި، 227 އަންހެނުންނާއެކު ޖުމްލަ، 461 މީހުންނެވެ. ފެބުރުއަރީ 2022 ގެ ނިޔަލަށް ބަލާއިރު އެރަށުގެ އާބާދީގައި މިހާރު ހިމެނެނީ 775 އަންހެނުންނާއި 807 ފިރިހެނުންނާއެކު ޖުމުލަ 1582 މީހުންނެވެ. މީގެ ތެރެއިން މިވަގުތު ރަށުގައި ދިރިއުޅެނީ ޖުމުލަ 1380 މީހުންނެވެ.

ހުޅުދުއްފާރުގެ އިގުތިސޯދީ މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރިކަން. -- ފޮޓޯ: ހަމަދު އަސްލަމް
ހުޅުދުއްފާރުގެ އިގުތިސޯދީ މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރިކަން. -- ފޮޓޯ: ހަމަދު އަސްލަމް

ހުޅުދުއްފާރުގެ މައިގަނޑު އިގުތިސޯދީ މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރިކަން. -- ފޮޓޯ: ހަމަދު އަސްލަމް

ރަށުގެ އިގްތިސާދީ ނާރެހުގެ މައިގަނޑު ބަހާ ތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ. ފަންގިވިނުމާއި ކޮންސްޓްރަކްޝަންސްގެ މަސައްކަތް ވެސް ހިސާބަކަށް ކުރެ އެވެ. މި މަސައްކަތްތަކުން ފުދޭވަރުގެ ހެޔޮވަރު އާމްދަނީއެއް ރަށަށް ވަދެ އެވެ.

އާންމު ވިޔަފާރިކުރާ 16 ފިހާރައެއް މިރަށުގައި ހުރެ އެވެ. އެއީ ރަށުގައި ދިރިއުޅޭ އާބާދީއާ ބަލާއިރު ގިނަ އަދަދެކެވެ. ކާބޯތަކެތީގެ ހިދުމަތްދޭ ހުރީ ދެ ކެފޭ އެކެވެ.

އުނގުލާއި ގާއުނޑޫދޫގެ މީހުން މިރަށުގައި ވަޒަންވެރިކުރުވި މައިގަނޑު އެއް ސަބަބަކީ އެ ދެރަށް ގިރަމުންދިއުމާއި، ގާމަތީ ރަށްތަކަށް ވުމުން އޮތް ތަކުލީފެވެ. ހުޅުދުއްފާރަށް ވެސް މިހާރު ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ރަށް ގިރުމުގެ މައްސަލަ އެވެ. ރަށުގައި އުފެދޭ ކުނި ނައްތާލެވޭނޭ ނިޒާމެއް ގާއިމުކުރެވިފައި ނެތުމަކީވެސް އިންތިހާއަށް އޮތް ކަންބޮޑުވުމެކެވެ.

ހުޅުދުއްފާރުގައި މިހާރު ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތަކަށް ބަލާއިރު މަގު ހެދުމުގެ މަސައްކަތާއި ސުކޫލު އަޕްގްރޭޑްކުރުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. ކުޑަކުދިންގެ ޕާކަށް ބޭނުންވާ ސާމާނު ގަތުމުގެ މަސައްކަތް އޮތީ ހަވާލު ކުރެވިފަ އެވެ. ރަށު ހާބަރުގައި ފިއުލް ސްޓޭޝަނެއް ހެދުމުގެ މަސައްކަތް ވެސް އެބަ ހިނގަ އެވެ.

ހުޅުދުއްފާރަކީ ފެށުނީއްސުރެ ވެސް އީދު ފޯރި ގަދަ ރަށެކެވެ. މާލި ހެދުމާއި ކޯޑި ކެނޑުމަކީ މިރަށުގައި ކޮންމެ އީދެއްގައި ވެސް ނަގާ ފޯރިއެއް ކަމަށް މިރަށުން ވާހަކަ ދެއްކި މީހުން ބުނެ އެވެ. މި ހުރިހާ ކަމަކަށް ބަލާއިރު، ހުޅުދުއްފާރަކީ މި އީދު ޗުއްޓީ ހޭދަކޮށްލަން އެއްވަނައިގެ ރަށެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox