ހަވީރު ނޫހުގެ މައްސަލަ: ސުޕްރީމް ކޯޓުގެ އަޑުއެހުންތައް ނިމި ހުކުމާ ހަމައަށް

ހަވީރު ނޫހުގެ އޮފީސް ބޭރު؛ އެ ނޫހަކީ ރާއްޖޭގައި އެންމެ ގިނަ ދުވަސްވަންދެން ނެރުނު ނޫސް. ފޮޓޯ: ހަވީރު.

ހަވީރު ނޫހުގެ އޮފީސް ބޭރު؛ އެ ނޫހަކީ ރާއްޖޭގައި އެންމެ ގިނަ ދުވަސްވަންދެން ނެރުނު ނޫސް. ފޮޓޯ: ހަވީރު.

ރާއްޖޭގައި އެންމެ ބޮޑު އަދި އެންމެ ގިނަ ދުވަސްވަންދެން ނެރުނު ނޫސް، ހަވީރު ނޫހުގެ ހިއްސާދާރުންގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ނިންމުން މުރާޖައާ ކުރުމަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.

ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށް ދަނީ ސުޕްރީމް ކޯޓަށް 2016 ގައި ހުށަހެޅި މައްސަލަ ނުބެލުމަށް އެ ކޯޓުގެ ރަޖިސްޓްރާ އޭރު ނިންމި ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ހަވީރު ނޫހުގެ އެއް ހިއްސާދާރު އަދި ކެބިނެޓު މިނިސްޓަރު ކަން ގިނަ ދުވަސްތަކަކަށް ކުރެއްވި ޑރ. މުހައްމަދު ޒާހިރު ހުށަހެޅުއްވި މައްސަލަ އެވެ. ސުޕްރީމް ކޯޓަށް މައްސަލަ ގެންދިޔައީ ހައި ކޯޓުން ޒާހިރު އާ ދެކޮޅަށް މައްސަލަ ނިންމުމުންނެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލައިގައި ހިމެނޭ ދެ ފަރާތަށާއި، މައްސަލައިގެ ތެރެއަށް ތަދައްހުލް ( (މައްސަލައިގެ ތެރެއަށް ވަނުން) ވެފައިވާ ހަވީރު މީޑިއާ ގްރޫޕް ކުންފުންޏަށް ވެސް ވާހަކަ ދައްކަން ފުރުސަތު ދިނެވެ. މައްސަލަ ރައްދު ވަނީ ހަވީރު ނޫހުގެ އިތުރު ދެ ހިއްސާދާރުން ކަމުގައިވާ އަބްދުﷲ ފާރޫގު ހަސަން އަދި އިބްރާހިމް ރަޝީދު މޫސާއަށެވެ.

ފާރޫގާއި ރަޝީދުގެ ވަކީލު މުހައްމަދު ފައިސަލް މިއަދު ވެސް މައިގަނޑު ގޮތެއްގައި ފާހަގަ ކުރެއްވީ، މީގެ ކުރީގެ އަޑުއެހުންތަކުގައި އޭނާ ފާހަގަ ކުރައްވަމުން ގެންދެވި ބައެއް ނުކުތާތަކެވެ. އެގޮތުން، ސުޕްރީމް ކޯޓުގެ ނިންމުމެއް މުރާޖައާ ކުރެވޭނީ އޭގައި އެކަށީގެންވާ ބޮޑު ބޭއިންސާފެއް އޮތް ކަން ނުވަތަ ކަނޑައެޅިގެން ގާނޫނެއް އެއްފަރާތް ކުރިކަން ފެންނަން ހުރި ކަންކަމުގެ މައްޗަށް ކަމަށް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، ހަވީރު ނޫހަކީ އިބްރާހީމް ރަޝީދު މޫސާގެ މިލްކުވެރިކަމުގައި އޮތް ނޫހެއް ކަން އެއީ ސާފުކޮށް އެނގެން އޮތް ކަމެއް ކަމަށެވެ. ރަޝީދަށް އެނގުމެއް ނެތި، އޭނާގެ މިލްކުގައިވާ މުދަލެއް ބަދަލު ވެގެން ދިއުމަކީ އޭގެ ޒާތުގައި ވެސް ގޯހެއް ކަމުގައި ފައިސަލް ވިދާޅުވި އެވެ. އެއްބަސްވުމަށް ބަދަލެއް ގެނެވޭނެ ގޮތްތަކަށް ބެލެމެއް ވެސް ނެތި މިލްކުވެރިކަން ބަދަލު ނުކުރެވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ޒާހިރުގެ ވަކީލު އަހުމަދު މުއިއްޒު ވިދާޅުވީ ޒާހިރުގެ ނަންމައްޗަށް ހަވީރު ނޫހުގެ މިލްކުވެރިކަން ބަދަލު ކުރީ ގާނޫނާއި ހިލާފަށް ކަމަށް ދޭހަވާ ގޮތަކަށް ވަކީލު ފައިސަލް ވާހަކަ ދެއްކެވި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.

އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެނައުމާއި، ހައި ކޯޓުގެ ގޮފިތައް އުފެއްދުން ފަދަ އޭރުގެ ޝަރުއީ ބޮޑެތި ބަދަލުތައް ވެސް މުއިއްޒު ވަނީ މި މައްސަލަ އާ ގުޅުވައި ފާހަގަކުރައްވާފަ އެވެ.

ހަވީރު މީޑިއާ ގްރޫޕްގެ ވަކީލު ހުސައިން ސިރާޖް ވިދާޅުވީ، މިލްކުވެރިކަން ބަދަލު ކުރުމުގެ ގާނޫނުގެ ދަށުން މިލްކުވެރިކަން ބަދަލު ކޮށްފައި އޮއްވައި އެ ގާނޫނު ކޯޓުން އެއްފަރާތް ކޮށްފައިވާ ކަން އެނގެން އޮތް ކަމަށެވެ. އަދި، ކޯޓުގެ ނިންމުމުގެ ސަބަބުން ހަވީރު މީޑިއާ ކުންފުނީގެ މިލްކުވެރިކަމުގެ ދަށުގައިވާ ކަންކަން އެ ކުންފުނިން ބީވެގެން ދިއުމަކީ ކަނޑައެޅިގެން ބޮޑު ބޭއިންސާފެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ތިން ފަރާތުން ވެސް ފާހަގަކުރަން ބޭނުންވާ ނުކުތާކަކަށް ދެ ފުރުސަތު ދެއްވުމަށް ފަހު، މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވީ ދެން އަޑުއެހުމެއް ބޭއްވިޔަސް ބާއްވާނީ ކަމެއް ސާފުކުރަން އޮތް ނަމަ ކަމަށެވެ. މި މައްސަލަ ބައްލަވާ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

ނޮވެލްޓީ ޕްރިންޓާޒްގެ ހަރަދުގައި ހަވީރު ނޫސް އެންމެ ފުރަތަމަ ނެރެން ފެށީ 1979 ވަނަ އަހަރެވެ. ޑރ. ޒާހިރާއި، ރަޝީދާއި، ފާރޫގާއި، މުހައްމަދު ނައީމް ހިމެނޭހެން އެއްބަސްވުމެއްގައި ސޮއިކޮށްގެން ނެރެން ފެށީ 1983 ވަނަ އަހަރެވެ. އެ ފަހުން ނައީމް އާއި ރަޝީދު އަދި ފާރޫގް ވަނީ ނޫހުގެ ކަންތަކާ ދުރުވެފަ އެވެ. ނަމަވެސް، ހިއްސާ ދުލެއް ނުކުރެ އެވެ.

އެ މައްސަލައިގައި ހައި ކޯޓުން ވަނީ ހަވީރު ނޫހަކީ އެ ހަތަރު ބޭފުޅުންގެ މިލްކެއްކަމަށް ބުނެފަ އެވެ. އޭގެ ފަހުން ހަވީރު ނޫސް އެޖެންސީ އުވާލައި އެ އެޖެންސީގެ ދަށުން ހިންގަމުން ގެންދިޔަ ހަވީރު ނޫހުގެ ހުރިހާ ގޮފިތަކެއް އެހެން ނަމަކަށް ވަނީ ބަދަލުކޮށްފަ އެވެ.

ނަމަވެސް، އެހުރިހާ ބައެއްގެ ހިއްސާ ވެސް ފާރޫގާއި އިބްރާހިމް ރަޝީދަށް ލިބިގެންވާ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ. އެ މައްސަލަ އިސްތިއުނާފަށް ސުޕްރީމް ކޯޓަށް ހުށަހެޅީ 2016 ވަނަ އަހަރު އެވެ. ނަމަވެސް، އެ ކޯޓުގެ ރެޖިސްޓްރާ ވަނީ އެ މައްސަލަ ނުބަލަން ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox