ގިނަ ބައެއްގެ ލޯބި ލިބުނު ލަޔަކް ނިޔާވެއްޖެ

ދުނިޔޭގައި ވެސް ވަރަށް މަދުން ނޫނީ ނުފެންނަ ހަމުގެ ބައްޔެއް ކަމަށްވާ ހާލެކްއަން އިކްތިއޯސިސް ތަހައްމަލް ކުރަމުންދިޔަ ޔޫނުސް ލަޔަކް

ދުނިޔޭގައި ވެސް ވަރަށް މަދުން ނޫނީ ނުފެންނަ ހަމުގެ ބައްޔެއް ކަމަށްވާ ހާލެކްއަން އިކްތިއޯސިސް ތަހައްމަލް ކުރަމުންދިޔަ ޔޫނުސް ލަޔަކް

ދުނިޔޭގައި ވެސް ވަރަށް މަދުން ނޫނީ ނުފެންނަ ހަމުގެ ބައްޔެއް ކަމަށްވާ "ހެލްކުއިން އައިޗްތިއޯސިސް ޖެނެޓިކް ޑިސްއޯޑާ" ތަހައްމަލު ކުރަމުންދިޔަ، ޔޫނުސް ލަޔަކް ފަރަހް މިއަދު ނިޔާވެއްޖެ އެވެ.

އިންޑިއާގެ ބެންގަލޫރުގައި ހުންނަ ރެއިންބޯ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި ލަޔަކް، 1، ނިޔާވިކަން އޭނާގެ މަންމަ، ހައްވާ އުލާ ކުރި ފޭސްބުކް ޕޯސްޓެއްގައި ވަނީ ހާމަކޮށްފަ އެވެ.

ލަޔަކަށް ލޭގެ އިންފެކްޝަން ޖެހި އައިސީޔޫއަށް ލާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ.

ހެލްކުއިން އައިޗްތިއޯސިސްއަކީ ދުނިޔެއިން މަދުން ނޫނީ ނުފެންނަ ޖެނެޓިކް ބައްޔެކެވެ. މިބަލީގެ ސަބަބުން ލަޔަކްގެ މުޅި ގައިގެ ހަންގަނޑު ބޯވެފައި ހުރުމުގެ އިތުރުން މޫނުގެ ސިފައަށް ބަދަލު އައިސް ނޭވާލާން އުނދަގޫވި އެވެ.

މި ބައްޔަށް ފަރުވާއެއް ނެތް ނަމަވެސް އުލާގެ ދެމަފިރިން ދިޔައީ ލަޔަކް ތަހައްމަލް ކުރަމުންދިޔަ ވޭނަށް ލުޔެއް ހޯދާދެވޭތޯ އެތައް ގޮތަކުން މަސައްކަތް ކުރަމުންނެވެ. އެގޮތުން، ފަރުވާއަށް އާންމުންގެ ފަރާތުން އެހީއަށް އެދުމުން ލައްކަ އަކަށްވުރެ ގިނަ ފައިސާ ލިބުނެވެ.

ލަޔަކް ގޮވައިގެން ބޭރަށް ދިޔައީ ނިއުމޯނިއާ ޖެހި، ހަންގަނޑު ވެސް ވަރަށް ބޮޑަށް އިންފެކްޓުވެގެން އިތުރު ފަރުވާއަށެވެ. ލޭގެ އިންފެކްޝަން ޖެހިފައި ހުރިކަން އެނގުނީ އެ ހޮސްޕިޓަލުން ހެދި ޓެސްޓަކުން ކަމަށް ލަޔަކްގެ މަންމަ މީގެ ކުރިން ބައެއް ނޫސްތަކަށް ދީފައިވާ އިންޓަވިއުގައި ބުނެފައިވެ އެވެ.

ލަޔަކް އަކީ އުލާއަށް ލިބުނު މި ބަލި ހުންނަ ދެވަނަ ކުއްޖާ އެވެ. މި ބަލި ހުންނަ ފުރަތަމަ ކުއްޖާ ލިބިފައި ވަނީ މީގެ 11 އަހަރު ކުރިންނެވެ. އެއީ އުލާގެ ދެމަފިރިންގެ އަލަތު ފަރިފުޅެވެ. ފުރަތަމަ ދަރިފުޅު ވިހެއިތާ ހަ މަސް ތެރޭގައި މަރުވެފައި ވާއިރު އެކުއްޖާ މަރުވެފައި ވަނީ އިންޑިއާގެ ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

އެ އާއިލާއަށް ލިބުނު ދެވަނަ ދަރިފުޅަކީ އެހެން ކުދިންނެކޭ ވެސް އެއްފަދައިން ސިއްހަތު ރަނގަޅު ކުއްޖެކެވެ. ނަމަވެސް، ތިންވަނައަށް ލިބުނު ލަޔަކް އަކީވެސް ހަމަ ފުރަތަމަ ދަރިފުޅުގެ ހުރި ބަލި ހުންނަ ކުއްޖެއްކަން އެ އާއިލާއަށް އެނގުނީ ލަޔަކް ވިހޭފަހުން ކަމަށް އާއިލާއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox