ހުލާސާކޮށް މަޖިލިސް: މިއަދުވެސް އެމްޑީޕީގެ އެތެރޭގެ ކޯޅުމެއް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. މިއަދުގެ ޖަލްސާގައި ވެސް އެމްޑީޕީގެ އެތެރޭގެ ކޯޅުން އޮތް. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. މިއަދުގެ ޖަލްސާގައި ވެސް އެމްޑީޕީގެ އެތެރޭގެ ކޯޅުން އޮތް. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގައި ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގެ ކެމްޕޭން ފެށި ފަހުން، އެ ކެމްޕޭންގެ އެންމެ ވަރުގަދައަށް ކުރިއަށްދާ އެއް ތަނަކީ ރައްޔިތުންގެ މަޖިލީހެވެ. ފަހަކަށް އައިސް މަޖިލީހުގެ ތަޅުމުގައި ކުރާ ކޮންމެ ބަހުސެއް ގޮސް ޖެހެނީ ޗެއާޕާސަން ހޮވުމުގެ ކެމްޕޭނުގަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބަހުސް ފުރަތަމަ ފެށްޓެވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަލީ އާޒިމެވެ. ސަރުކާރުގެ ފަރާތުން ދުވާފަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިސްމާއީލް އަހުމަދު ހުށަހަޅުއްވާފައިވާ ކުންފުނީގެ ބިލުގެ ބަހުސްގައި އާޒިމްގެ ފާޑުވިދާޅުވުންތައް އެންމެ ބޮޑަށް އަމާޒުކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވާފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާގައި ފައްޔާޒު ބޭނުންކުރައްވާ ކެމްޕޭން މޮޓޯ "ހިންގާލަން" މި ލަފުޒު ވާކައިގެ ތެރެއަށް ގެންނަވައި، އާޒިމް އެއަށް ޖޯކު ޖެއްސެވި އެވެ.

"ދައުލަތް ހިންގާލަން، ސަރުކާރު ހިންގާލުމުގެ ވިސްނުމުގައި 12 ކުންފުނި އެބަ އޮތް މި ތިން އަހަރުގެ ތެރޭ އުފައްދާފައި. ދެން އަޅުގަނޑު ބަލައިލި އިރުގައި، ހިންގާލުމުގެ ޑެފިނިޝަނަކަށް މި އޮންނަނީ ޖީބު ބޮޑުކުރުން، ދައްކާ ވާހަކައާ ކުރާ ކަންތަކާ ދިމާ ނުވުން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް އެގޮތަށް ވާހަކަ ކުރިއަށް ގެންދަވަން ފެއްޓެވުމުން ނިޒާމާ ބެހޭ ނުކުތާއެއް ކަމަށް ވިދާޅުވެ، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު އެކަން ފާހަގަވެސް ކުރެއްވި އެވެ. އާޒިމްގެ ވާހަކަ ނިންމަވައިލެއްވި ފަހުން ވެސް ފައްޔާޒަށް ތާއީދުކުރައްވާ މެމްބަރުން އޭނާއާ "ދިމާކުރުމުގެ" ވާހަކަތައް ދައްކަވާ އަޑު އިވުނެވެ.

ބައެއް މެމްބަރުން ވިދާޅުވާ އަޑު އިވުނީ އެމްޑީޕީގެ ޕީޖީ ލީޑަރުކަން އާޒިމަށް މިފަހަރު ލިބިވަޑައިނުގެންނެވުމުން "ވަރަށް ހާޓްވެފައި" ހުންނެވި ކަމަށެވެ.

މިއަދުގެ ހާޒިރީ

  • ހާޒިރުވެވަޑައިގެންނެވީ: 26 މެމްބަރުން
  • ސަލާމުގައި: 07 މެމްބަރުން
  • ރަސްމީ ދަތުރުތަކުގައި: 02 މެމްބަރުން

ބަހުސްގައި އޭގެ ފަހުން ސަނީފަށް ލިބިވަަޑައިގެންނެވި ފުރުސަތުގައި ވެސް އޭނާ އާޒިމަށް ރައްދު ދެއްވި އެވެ. އާޒިމް އެގޮތަށް ވާހަކަ ދައްކަވަން ފުރުސަތު ދެއްވީތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވެސް އޭނާ ފާޑުވިދާޅުވި އެވެ.

"ކުރީގެ ޕީޖީ ލީޑަރު، ޚުދުމުޚުތާރު ސިޔާސަތެއްގެ ދަށުން، އަޅުގަނޑުމެންގެ ޕާޓީގެ އިއްޒަތްތެރި ރައީސް ހުރެމެ، އެފަދަ ވާހަކަތަކެއް މިމަޖިލީހުގައި ދައްކަން ފުރުސަތު ދެއްވިކަމީ އަޅުގަނޑު ހަމަ ހިތާމަކުރާ ކަމެއް. އެއީ މި މަޖިލީހުގެ ތަޅުމަކީ އެތެރޭގެ އިންތިހާބެއްގެ ކެމްޕޭނެއް.." ސަނީފުގެ ވާހަކަ މިހިސާބަށް ގެންދަވާ އިރަށް ރިޔާސަތުން ނަޝީދު އިންޓަރަޕްޓް ކުރެއްވި އެވެ.

ދުވަހުގެ ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ވާހަކަ ދައްކަވަނީ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ވާހަކަ ދައްކަވަނީ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ވާހަކަ ދައްކަވަނީ.

ދުވަހުގެ ކޯޓޭޝަން

ކުރީގެ ޕީޖީ ލީޑަރު، ޚުދުމުޚުތާރު ސިޔާސަތެއްގެ ދަށުން، އަޅުގަނޑުމެންގެ ޕާޓީގެ އިއްޒަތްތެރި ރައީސް ހުރެމެ، އެފަދަ ވާހަކަތަކެއް މިމަޖިލީހުގައި ދައްކަން ފުރުސަތު ދެއްވިކަމީ އަޅުގަނޑު ހަމަ ހިތާމަކުރާ ކަމެއް. އެއީ މި މަޖިލީހުގެ ތަޅުމަކީ އެތެރޭގެ އިންތިހާބެއްގެ ކެމްޕޭނެއް [ކުރިއަށް ގެންދަން އޮތް ތަނެއް ނޫންވީމާ]-- ސަނީފް

އެމަނިކުފާނު ވިދާޅުވީ މަޖިލީހުގައި ވާހަކަ ކުރިއަށް ގެންދަވަން މެމްބަރަކަށް ފުރުސަތު ދެއްވަނީ ވަކި މެމްބަރަކު ރުހިވަޑައިގަންނަވާ ގޮތަށް ވާހަކަ ދައްކަވާ އިރުގައި އެކަނި ނޫން ކަމަށެވެ.

ނަޝީދުގެ އެވާހަކަފުޅަށް ފަހު ވެސް ސަނީފު ވިދާޅުވީ މަޖިލީހުގެ ތަޅުމަކީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕޭންކުރާ ތަނަކަށް ވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ. އެހިސާބުން އެމަނިކުފާނު ދެވަނަ ފަހަރަށް އިންޓަރަޕްޓްކުރައްވައި ވިދާޅުވީ އާޒިމް ދެއްކެވީ ސަރުކާރުން ކުންފުނިތައް އުފެއްދި ގޮތްތަކާ ބެހޭ ވާހަކަތަކެއް ކަމަށާއި އެވާހަކަ އެހެން ކަމަކާ ގުޅުއްްވައިލެއްވީ ސަނީފު ކަަމަށެވެ.

އެހެން ވިދާޅުވުމުން ސަނީފު ވެސް ރާގު ބަދަލުކުރައްވައި ސީދާ ޒާތީ ގޮތުން އާޒިމަށް ބަހުގެ ހަމަލާތައް ރައްދު ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox