ޕާކިސްތާނުގެ ޕާލިމެންޓު އުވާލަން ބޮޑު ވަޒީރު ރައީސަށް ދަންނަވައިފި

ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން އަދި އެ ގައުމުގެ ރައީސް އާރިފް އަލްވީ.

ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން އަދި އެ ގައުމުގެ ރައީސް އާރިފް އަލްވީ.

ޕާކިސްތާނުގެ ޕާލިމެންޓު އުވާލަން ބޮޑު ވަޒީރު އިމްރާން ހާން އެ ގައުމުގެ ރައީސް އާރިފް އަލްވީއަށް ލަފާ އަރުވައިފި އެވެ.

ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި އިމްރާން ހާން ވިދާޅުވީ ލަފައާ އެއް ގޮތަށް ޕާލިމެންޓު އުވާލުމާ އެކު އިންތިގާލީ ސަރުކާރެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ޕާލިމެންޓު އުވާލަން އެދިވަޑައިގެންނެވީ، އިމްރާން ހާންގެ އިތުބާރު ނެތްކަމުގެ މައްސަލައެއްގައި އާދީއްތަ ދުވަހު ބަހުސްކޮށް، ވޯޓަށް އަހަން އިދިކޮޅު ހުށަހަޅާފައި ވަނިކޮށެވެ.

ނަމަވެސް ޕާލިމެންޓުން ނިންމީ އެ މައްސަލައިގެ ތެރެއަށް ބޭރު ގައުމަކުން ނުފޫޒު ފޯރުވާ ކަމަށް ބެލެވޭތީ، މައްސަލަ ބަލައިނުގަތުމަށެވެ.

ޕާކިސްތާނުގެ ތާރީހުގައި އެއްވެސް ބޮޑު ވަޒީރަކު ދައުރު ފުރިހަމަ ކުރައްވާފައެއް ނުވެ އެވެ. އިމްރާން ހާން އެ މަގާމަށް އިންތިހާބުވެވަޑައިގެންނެވީ 2018 ވަނަ އަހަރު އެވެ.

އިތުބާރު ނެތްކަމުގެ ވޯޓަކީ އެމަނިކުފާނުގެ ދައުރުގައި މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ ސަރުކާރުގެ ހާރިޖީ ސިޔާސަތު ހަމަނުޖެހޭ ކަމަށާއި އިގްތިސާދު ވެސް މެނޭޖު ނުކުރެވޭ ކަމަށެވެ.

މިދިޔަ ހަފްތާގައި އިމްރާން ހާން ވަނީ ޕާކިސްތާނުގެ ދާހިލީ ކަންކަމަށް އެމެރިކާއިން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެފަ އެވެ. ޕާކިސްތާނުގެ ނޫސްތަކުން ބުނީ އެމެރިކާއިން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަ ސަފީރު އިމްރާން ހާނަށް ފޮނުއްވި ސިޓީއެއްގައި، އެމަނިކުފާނު މަގާމުން ވަކިވެއްޖެ ނަމަ ދެ ގައުމުގެ ގުޅުން މިހާރަށް ވުރެ ރަނގަޅު ވާނެ ކަމަށް ވިދާޅުވި ކަމަށެވެ.

ނަމަވެސް, ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވީ އެއީ ދޮގު ހަބަރެއް ކަމަށާއި އިމްރާން ހާންގެ ތުހުމަތުގައި ވެސް އެއްވެސް ހަގީގަތެއް ނުވާ ކަމަށެވެ.

އިމްރާން ހާން ވިދާޅުވީ ޕާކިސްތާނުގެ އިދިކޮޅު ގްރޫޕްތަކުން އެމެރިކާއާ ގުޅިގެން މަސައްކަތް ކުރަނީ، ދުނިޔޭގެ ބޮޑެތި މައްސަލަތަކުގައި އެމެރިކާ އާ އެއް ވިސްނުމެއް އެމަނިކުފާނު ނުގެންގުޅޭތީ ކަމަށެވެ. އެގޮތުން, ޗައިނާ އާއި ރަޝިއާގެ މައްސަލަ ފާހަގަކުރެއްވި އެވެ.

ޕާކިސްތާނުގެ އިދިކޮޅުގައި އުޅެނީ މުސްލިމް ލީގް-އެން (ޕީއެމްއެލް-އެން) އަދި ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox