އިމްރާން ހާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕާލިމެންޓުން ބޭރުކޮށްފި

ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން.

ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން.

ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބޭރު ގައުމުތަކުން ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެ މައްސަލަ ޕާލިމެންޓުން ބޭރުކޮށްފި އެވެ.

ޕާލިމެންޓުގެ ނައިބު ރައީސް އަސަދު ގައިސަރު ޖަލްސާ ފައްޓަވަމުން ވިދާޅުވީ އެ މައްސަލައަކީ ގާނޫނު އަސާސީއާ ހިލާފު މައްސަލައެއް ކަމަށެވެ.

"އެހެންކަމުން، ގާނޫނު އަސާސީއާ އެއް ގޮތްވާ ގޮތުގެ މަތިން، މި މައްސަލަ ބަލައިނުގަންނަން އަޅުގަނޑު ނިންމައިފިން،" އޭނާ ވިދާޅުވި އެވެ.

ޕާކިސްތާނުގެ ތާރީހުގައި އެއްވެސް ބޮޑު ވަޒީރަކު ދައުރު ފުރިހަމަ ކުރައްވާފައެއް ނުވެ އެވެ. އިމްރާން ހާން އެ މަގާމަށް އިންތިހާބުވެވަޑައިގެންނެވީ 2018 ވަނަ އަހަރު އެވެ.

އިތުބާރު ނެތްކަމުގެ ވޯޓަކީ އެމަނިކުފާނުގެ ދައުރުގައި މިހާތަނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ ސަރުކާރުގެ ހާރިޖީ ސިޔާސަތު ހަމަނުޖެހޭ ކަމަށާއި އިގްތިސާދު ވެސް މެނޭޖު ނުކުރެވޭ ކަމަށެވެ.

މިދިޔަ ހަފްތާގައި އިމްރާން ހާން ވަނީ ޕާކިސްތާނުގެ ދާހިލީ ކަންކަމަށް އެމެރިކާއިން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެފަ އެވެ. ޕާކިސްތާނުގެ ނޫސްތަކުން ބުނީ އެމެރިކާއިން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަ ސަފީރު އިމްރާން ހާނަށް ފޮނުއްވި ސިޓީއެއްގައި، އެމަނިކުފާނު މަގާމުން ވަކިވެއްޖެ ނަމަ ދެ ގައުމުގެ ގުޅުން މިހާރަށް ވުރެ ރަނގަޅު ވާނެ ކަމަށް ވިދާޅުވި ކަމަށެވެ.

ނަމަވެސް, ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވީ އެއީ ދޮގު ހަބަރެއް ކަމަށާއި އިމްރާން ހާންގެ ތުހުމަތުގައި ވެސް އެއްވެސް ހަގީގަތެއް ނުވާ ކަމަށެވެ.

އިމްރާން ހާން ވިދާޅުވީ ޕާކިސްތާނުގެ އިދިކޮޅު ގްރޫޕްތަކުން އެމެރިކާއާ ގުޅިގެން މަސައްކަތް ކުރަނީ، ދުނިޔޭގެ ބޮޑެތި މައްސަލަތަކުގައި އެމެރިކާ އާ އެއް ވިސްނުމެއް އެމަނިކުފާނު ނުގެންގުޅޭތީ ކަމަށެވެ. އެގޮތުން, ޗައިނާ އާއި ރަޝިއާގެ މައްސަލަ ފާހަގަކުރެއްވި އެވެ.

ޕާކިސްތާނުގެ އިދިކޮޅުގައި އުޅެނީ މުސްލިމް ލީގް-އެން (ޕީއެމްއެލް-އެން) އަދި ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox