ދިގު ވާހަކަ: ރަންދާ

ދިގު ވާހަކަ: ރަންދާ

ހަތަރު ވަނަ ބަޔާ ގުޅޭ

ނަޒީހާ ދިޔައީ އޭނާގެ ރަހުމަތްތެރިއެއްކަމަށްވާ ސުދޭފާގެ އެދުމުގެ މަތިން އެ ގޭގައި އެ ރޭ މަޑުކޮށްލާށެވެ. ސުދޭފާއަކީ ވިލިގިނލީގައި ދިރިއުޅޭ އެކަނިވެރި މަޔެކެވެ. އޭނާގެ ހުންނަނީ އެންމެ ކުއްޖެކެވެ. ޖެހިގެން އޮތީ ޓީޗަރުންގެ ދުވަސްކަމަށް ވާތީ ދުވަހަށް ތައްޔާރުވުމުގައި ސުދޭފާމެންގެ ޓީމުން ނުނިދާ އެރޭ މަސައްކަތްކުރާން ބޭނުންވި އެވެ. އެހެންވެ، އޭނާ ނަޒީހާއަށް އެދުނީ ސުދޭފާގެ ގޭގައި އެރޭ މަޑުކޮށްލަދޭށެވެ. ސުދޭފާ އާއި ދަރިފުޅު ނަޒީހާގެ ގޭގައި މަޑުކޮށްލާ ގޮތަށެވެ.

ނަޒީހާ ގޮސް ދޮރުހުޅުވާލުމަށްފަހު ފަހަތް ބަލައިލި އެވެ. މަގުމަތިން ކޯޅިކޯޅިއަށް މީހުން ހޭލަމޭލަވަމުންދާ މަންޒަރު ފެނުނެވެ. އޭނާ ބަލައިލީ ޝަރުވާނުގެ ހަބަރެއް ވޭތޯ އެވެ. އޭނާ ފެންނާކަށް ނެތެވެ. ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު އޭނާ އެތެރެއަށް ވަނެވެ.

Advertisement

އިރުކޮޅެއް ނުވަނީސް ދޮރުގައި މީހަކު ޓަކިދިނެވެ. ނަޒީހާ ހިތް ނުތަނަވަސްވި އެވެ. އޭނާ ނޭވާ ކުރުވާ ގޮތްވި އެވެ. އެކަނިމާއެކަނި ހުރުމުންނެވެ. ކިތައްމެ ގަދަވެލައިފައި އުޅުނަސް އޭނާއަކީ އަންހެނެކެވެ. އަންހެނަކަށް ވީތީ ލިބެން ޖެހޭ ރައްކާތެރިކަމާއި ހިމާޔަތްތައް ހުންނާން ޖެހޭނެ އެވެ. ވިސްނާން ޖެހޭ ކަންކަން ހުންނާނެ އެވެ. ޖިސްމާނީ ގޮތުން އަންހެނުންނަކީ ބަލިކަށި ބަޔެކެވެ. ނިކަމެތި ބަޔެކެވެ. އެކަން ނަޒީހާ ގަބޫލުކުރެ އެވެ.

ލަސް ފިޔަވަޅުތަކެއް އަޅަމުން ނަޒީހާ ގޮސް މަޑުމަޑުން ދޮރު ހުޅުވާލި އެވެ. އޭނާއަށް ލިބުނީ ހައިރާން ކަމެކެވެ. އެއްވެސް މީހަކު ނެތީމަ އެވެ. ލޮލަށް ގޮތެއް ހަދައިލަމުން އޭނާ ބަލައިލީ ގެއަށް ވަންނަން އޮތް ހަނި ދިގު މަގަށެވެ. އެތަނުގައި ވެސް މީހަކު ނެތެވެ. ނަޒީހާ ބޯ އަރިކޮށްލި އެވެ. ދޮރުކައިރި ބަލައިލުމަށެވެ.

"ކާކު؟ ނުވާނެ އެ ޝަރޭގެ ކަމަކަށް ނޫނީ." ނަޒީހާއަށް މަޑުމަޑުން ބުނެލެވުނެވެ.

ޕޮއް ކިޔައިފައި މީހަކު އޭނާގެ ކުރިމައްޗަށް ފުންމާލި އެވެ. އެއާއެކު ނަޒީހާ ސިއްސައިގެން ގޮސް ހަޅޭއްލަވާ ގަތެވެ. ނަމަވެސް އޭނާގެ އަޑެއް ބޭރެއް ނުވި އެވެ. މީހަކު އޭނާގެ އަނގަމަތީގައި އަތްއެޅީ އެވެ. އޭނާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ގަދަކަމުން އެ މީހާގެ ކިބައިން ވީއްލިގަނެވޭތޯ ލައްކަ މަސައްކަތްކުރި އެވެ. އޭނާ ބަލައިލީ ސިއްސުވާލީ ކާކުތޯ އެވެ. ހީވީ ހަމަ ރަނގަޅަށެވެ. އެއީ ޝަރުވާނެވެ. ޝަރުވާނު ހުރީ އޭނާގެ ފަހަތަށް ވަދެ އަނގަމަތީ އަތް އަޅައިގެންނެވެ.

"އެހާ ބާރަށް ހަޅޭއްލެވީމަ ކިހިނެއް ވާނީ؟" ނަޒީހާގެ އަނގަމަތީ އޮތް އަތް ނަގަމުން ޝަރުވާނު ބުނެލި އެވެ.

"މަށަށް ހީވިއޭ އޭރު ވެސް. ރަނގަޅަށް ވެސް މަ މިހުރީ ޖިންނި އަވަލައިފައޭ." ނަޒީހާ ސިއްރުސިއްރުން ކުދިކިޔައިލި އެވެ.

"އޭނ! ކީކޭ؟" ނަޒީހާ ދެއްކި ވާހަކައެއް ސާފު ނުވުމުން ޝަރުވާނު އަހައިލި އެވެ.

"ކީއް ކުރަންހޭ ތިޔަ އައީ؟ އަހަރެން ބުނީމެއްނު ނާންނާށޭ!"

"ތިހެންނެއް ނޫން ކުރިން ބުނީ. ޖިންނި އަވަލީއޭ އެއްނު ބުނީ،" ޝަރުވާނުން މޫނުމަތީގައި ބޮޑު ހިނިތުންވުމެއް ކުރަހައިލި އެވެ. "މަށަކީ ޖިންނި އެކޭދޯ އެ ބުނެވުނީ!"

"ނޭނގެނީއެއް ނޫން ދޯ!"

"އާން، ނަޒީގެ ރުންކުރު ރާގު ވަރަށް ހިތްގައިމު. ހިނގައިބަލަ އެތެރެއަށް ވަންނަމާ. މި ތަނުގައިތަ އަހަރެން ބަހައްޓާނީ ވެސް."

ނަޒީހާއަށް ބޭއިހުތިޔާރުގައި ކޮށްލެވުނީ އެތެރެއަށް ވަންނަންވީކަން ދޭހަވާ ކަހަލަ ހަރަކާތެކެވެ.

"އޯހް ނޯ! ކަޑަ ކަމެއް ދޯ މި ކުރެވުނީ؟" ނަޒީހާގެ އަމިއްލަ ނަފުސަށް އިވޭ ވަރަށް ބުނެލެވުނެވެ.

"ކިހިނެއްވީ؟ އަހަރެން ކަމެއް ނުކުރާނަމޭ. ނަޒީ ބޭނުން ކަމެއް އަހަރެން ކުރާނީ. ނަޒީ ބުނީމަ ބުނާ ކަމެއް ކުރާނީ ވެސް."

"އަހަރެން ނޫޅެން ކަމެއް ކޮށްފާނެތީއެއް. މިހާރު ދެން ނުކުރާކަމެއް ނެތެއްނު. އެންމެން ކުރިމަތީގައި ލައްކަ ގޮތްގޮތް ހެދިއްޖެއްނު."

މާނަ ފުން ރާގެއްގައި ނަޒީހާ އެހެން ބުނެލުމުން ޝަރުވާނުން ބަލައިލީ ސީދާ އޭނާގެ މޫނަށެވެ. ޝަރުވާނުގެ އެ ބަލައިލުމުން އެތައް ވާހަކައެއް ބުނެދެމުން ދިޔަ އެވެ. އޭނާއަކީ ޖެހިލުން ނުވާ މީހެއްކަމެވެ. ކާމިޔާބު މީހެއް ކަމެވެ.

"އޯކޭ. ދެން ދޭ." ނަޒީހާ ވިސްނަން ހުރެފައި ބުނެލި އެވެ.

"އެކަނިވީމަ ފޫއްސެއްނު. އަހަރެން މަޑުކޮށްފާނަމޭ."

"އުހުނ! އާން. އެކަމަކު، މަޑުކުރޭ! ދޭ." ނަޒީހާއަށް އެކި ތަނުން އެކި ވާހަކަ އެއްކޮށްލައިގެން ބުނެވުނެވެ.

"ކޮންވެސް އެއްގޮތެއް ނިންމާ!" ޝަރުވާނު ހިފައިލީ ނަޒީހާގެ ކޮނޑުގަ އެވެ. "އަމިއްލަ ނަފުސަށް އޮޅުވާނުލާ! ހިތުގައި އޮތް ގޮތަކަށް ބުނެލާ. އަހަރެން އެއްވެސް ކަމެއް ނުކުރާނަން."

ނަޒީހާގެ ފުރަގަހުން އޭނާގެ ކޮނޑުގައި ޝަރުވާނުގެ ދަތްދޮޅި ޖައްސާލި އެވެ. ޝަރުވާނު ވާހަކަދައްކަމުން ދިޔައީ ވައި އަޑުންނެވެ. އޭނާގެ ވާހަކައިގެ މިސްރާބު ހުރީ މުޅީން އެހެން ދިމާއަކަށެވެ. އެ އަޑު އިވުމުން ނަޒީހާގެ ހިއްސުތަކަށް ގޮތްތަކެއް ވާން ފެށި އެވެ. އޭނާގެ ހަށިގަނޑުގައި ނޭނގޭ ތުރުތުރެއް ދުވަމުން ދިޔަ އެވެ.

"އަހަންނަށް އެނގޭ، ނަޒީ ވިސްނަނީ އަހަންނާ މެދުކަން. ފިކުރުތައް އެނބުރެމުން ދަނީ ސީދާ އަހަންނާ ދިމާއަށްކަން. ހުރިހާ ވިސްނުމެއް، ހުރިހާ ފިކުރެއްގެ ނާރެހަކީ ސީދާ އަހަރެންކަން."

"އަހަރެން ނުވިސް." ނަޒީހާ ހުއްޓައިލީ ޝަރުވާނު ފެށުމުނެވެ.

"ދޮގު ހެދުމަކުން ވާނެ ފައިދާއެއް ނެތެއްނު."

"ނޭނގެ. އަހަރެން ނޫޅެން ކަމެއް ބޭނުންވެގެން ވެސް."

"ދެން ހިނގައިބަލަ ހަމަޖެހިލައިގެން ދެމީހުން ތަޢާރަފުވެލާ، ސުލްހަވެރި ރީތި، އޮމާން، އަމާން ގޮތަކަށް މި ވާހަކަތައް ފަށަން." ޝަރުވާނު ފުން ނޭވާއެއް ބޭރުކޮށްލި އެވެ.

ޝަރުވާން އެތެރެއަށް ވަދެ ސިޓިން ރޫމުގައި ހުރި ސޯފާގައި އިށީނެވެ. އެ މަންޒަރު ބަލަން ނަޒީހާ ހުއްޓެވެ. ގަނޑުވެފައި ހުންނަ ކަހަލަ ގޮތަކަށެވެ. ޝަރުވާނު އިޝާރާތްކޮށްލީ އަތުންނެވެ. އެތެރެއަށް އައު މަށެވެ. ލަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް ޝަރުވާނުގެ ކައިރިއަށް ނަޒީހާއަށް ހުއްޓެވުނެވެ. އޭރު ވެސް ނަޒީހާގެ މުޅި ވިސްނުން ބިނާވެފައި ހުރީ ސީދާ ޝަރުވާނަށެވެ. އޭނާގެ ޢަމަލުތަކަށެވެ. އޭނާގެ ވާހަކަދެއްކުމަށެވެ. އޭނާގެ ޖެހިލުން ނުވުމުގެ ސިފަ އަށެވެ.

އެއަށްވުރެ ބޮޑަށް އޭނާގެ ދެ ލޯ އަމާޒުވެފައި ހުރީ ޝަރުވާނުގެ ރީތިކަމުގެ ސިފައިގަ އެވެ. ފިރިހެންވަންތަ އެ ބަލައިލުމެވެ. ބަރުބަރު އެ އަޑެވެ. ދިގުދިގު ނޭފަތާއި އެންމެ ގުޅޭ ތުންފަތެވެ. ކަންހުޅިން ފެށިގެން ކަންހުޅިއަށް ގުޅިފައިވާ ތުނިތުނި ތުނބުޅި އެވެ. އޮމާން ހަންގަނޑެވެ. ބާޒުގެ ދެ ލޮލަށެވެ. ބަލާ މީހަކަށް ފޫހިކަމެއް ނުލިބޭ ފަދަ ރީތި އެ މޫނަށެވެ. ފަތިހަށި ބައިމަތި ފުޅާ ތަނަވަސް މޭމައްޗަށެވެ. ނަޒީހާ ނޫންކަމަށް ހެދި ހުރެ ވެސް ބަލަނީ ސީދާ ޝަރުވާނުގެ މޫނަށެވެ.

"މަށަށް އެނގޭ ހަމްދާނަކީ ނަޒީގެ ކާކުކަން. އެކަމަކު ނަޒީއަށް މަ މާ ކަމުދާނެ. މަށަކީ ސީދާ ނަޒީގެ ސްޓައިލް މީހެއް. ހަމްދާނުގެ އެ ހުންނަ އަބުއި ގޮތްގަނޑާއި މާ ބޭފުޅިޒަމް ސިފަތަކަކީ ނަޒީ އެހާ ގަޔާވާ ސިފަތަކެއް ނޫނެއްނު ދޯ! އަނެއް ކޮޅުން، އޭނާއަކީ މި ޒަމާނުގެ މީހަކަށް ނުވޭ. އަދިވެސް ޕްރޮމޯޓް ކުރަނީ މާ ކުރީގެ ސްޓައިލެއް. އޭތި ކަޑަވެގެން ނަޒީ އެ ވާހަކަ އޭނާ ގާތު ދައްކަމެއްނު." ޝަރުވާނު ހިނިތުންވެލައިގެން އިނދެ ބުނެލި އެވެ.

ނަޒީހާ ފާޑަކަށް ހައިރާން ކަމާއެކު ބަލައިލި އެވެ. ޝަރުވާނަށް މާ ބޮޑަށް ވެސް ކަންކަން އެނގޭތީ އެވެ.

"އާދޭ، އަހަރެންގެ އަތުގައި ހިފާ. މައްސަލައެއް ނެތް ހަމްދާނާއެކު އުޅުނަސް. ނަޒީއަށް ކަމުދާ މީހަކު ނަގާނީ. ފުރަތަމަ ހިނގާ އަހަރެން ވެސް ބަލައިލަން ދޯ."

ނަޒީހާއަށް ތާއިދުކުރެވުނީ ޝަރުވާނުގެ އެ ޚިޔާލަށެވެ. އެހެންވެ އޭނާ ލެނބެމުން ގެނބެމުން ދިޔައީ ސީދާ ޝަރުވާނުގެ ވާހަކަ އަށެވެ. ކުއްލިއަކަށް ވިދައިލި ވިދުވަރާއެކު މުޅި ގޭތެރެ، މެންދުރުގެ އަލިކަން ފަދައިން ސިކުންތު ކޮޅަކަށް ދިއްލުނެވެ. ނަޒީހާއަށް ލިބުނީ ކުއްލި ސިހުމެކެވެ.

"މޫސުން ގޯސްވީތަ؟" ޝަރުވާނަށް ވެސް ބުނެލެވުނެވެ.

އެއާއެކު ބާރުބާރަށް ގުގުރައިލި އެވެ. ހީވީ ބަން ކިޔައިފަ އެއްޗެހި ތަކެއް ފައި ބުޑަށް ވެރިގަތްހެންނެވެ. ގުގުރީގެ އަޑު ކެނޑުނީ ވިއްސަކަށް ސިކުންތު ފަހުންނެވެ. އެއާއެކު ދެވަނަ ގުގުރީގެ އަޑު އެއަށްވުރެ ބާރަށް އިވުނެވެ. ހީވަނީ ވާދައަށް ގުގުރާން ފެށިހެންނެވެ. ނަޒީހާއަށް ދުވެފައި ގޮސް ޝަރުވާނުގެ އުނގަށް ވަދެވުނެވެ. އޭނާއަށް ހިފައިލެވުނީ ސީދާ ޝަރުވާނުގެ ގަމީހުގަ އެވެ. ގުގުރީގެ ސިލްސިލާ އަޑު ކެނޑުނީ މިނެޓެއް ފަހުންނެވެ. އެއާއެކު ބޯކޮށް ވާރޭ ވެހިގަތެވެ. ހީވަނީ ޕްރޮގުރާމުކޮށް ތަރުތީބުކޮށްފައިވާ ހަރަކާތްތަކެއް ހެންނެވެ. ވާރޭ ކަނިތަކުގެ ރުޅިވެރިކަމުން ހީވަނީ ޓިނުތައް ފޫ އަޅުވާލަފާނެހެންނެވެ. އެހައި ވެސް ރުޅިވެރި ގޮތަކަށް ވާރޭ ތިކިތައް ޓިނު ގަނޑަށް ހަމަލާ ދެމުން ދިޔަ އެވެ.

ނަޒީހާގެ ކޮނޑުގެ ދެ ފަރާތުން ޝަރުވާނު އަތް އަޅުވާލި އެވެ. އޭނާގެ މެޔާ ލައި ފިއްތައިލި އެވެ. އެހައި ހިސާބުން މުޅި މާހައުލު ބަދަލުވި އެވެ. ތެތްކަން މުޅި މާހައުލަށް ވެރިވެގަތެވެ. ތިއްކަކުން ތިއްކަކުން ވެހެންމުންދާ ވާރޭ ކަނިތަކުގެ ހަމަލާތަކުގެ ޝިކާރައަކަށް ވަމުން ދިޔައީ ސީދާ ނަޒީހާ އެވެ. އޭނާ ބޭނުންވާ ރައްކާތެރިކަން ހޯދަމުން ދިޔައީ ޝަރުވާނުގެ އަސްކަނިންނެވެ. އޭނާގެ މުލައްދަނޑިންނެވެ. ކުއްލިކުއްލިއަށް އިވޭ ގުގުރީގެ އަޑުތަކާއެކު ހޭރިގަންނަނީ ފުރާޅުގެ ޓިނުތަކެއް ނޫނެވެ. ގަސްގަހުގެ ގޮފިތަކާއި ރުއްތަކުގެ ފަންތަކެވެ. ފެނާއެކުވަމުން ގޮފިތައް ބަރުޖެހި ތިރިއަށް ސޮހެމުން ދިޔަ އެވެ. ހުރިހާ ކަމެއް ނިމިގެން ދިޔައީ މުޅި ތަނުގައި ފެން ބޮޑުކޮށްލުމަށް ފަހުގަ އެވެ. ކޯރު ހައްދައިލުމަށް ފަހުގަ އެވެ. ވިލާގަނޑުގެ އަސަރު ކެނޑުމާއެކު ފަޒާއިން އިވުނީ މާނޭވާގެ އަޑެވެ. ހިމޭންކަމަށް ބަދަލުވާން ފެށި ދަތުރުގެ އަޑެވެ.

ޝަރުވާނުގެ ވެސް މާނޭވާއެއް ބޭރުކޮށްލި އެވެ. ނަޒީހާގެ މޫނަށް ބަލައިލަމުން ހިނިތުންވެލި އެވެ. އެއާއެކު ނަޒީހާ ހިތްހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮށްލި އެވެ. (ނުނިމޭ)

ފަހުގެ ޚަބަރު

އެޒްޓެކް ލިޔުމެއް 186 އަހަރަށްފަހު މެކްސިކޯއަށް

ސްޕޭނުގެ އިސްތިއުމާރީ ދުވަސްވަރުގެ އެޒްޓެކް ހަޟާރަތުގެ ތާރީޚު ކިޔައިދޭ "ކޯޑެކްސް އަޒްކަޓިޓްލާން" ކުރެހުން، 186 އަހަރަށްފަހު ފަރަންސޭސިވިލާތުން މެކްސިކޯއަށް ގެންގޮސްފިއެވެ. މި ލިޔުން މެކްސިކޯއަށް ދޫކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ގައުމުގެ އާސާރީ ދެ ލިޔުމެއް ވަގުތީގޮތުން ބަދަލުކުރުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ގަނޑުވަރުން ދޮގުކޮށްފި

ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ނެރުއްވާ ފޮތެއްގައި، ޑަޔާނާގެ ޖަނާޒާގެ ކުރިން ރަސްގެފާނު ޗާލްސް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފިއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއިލާގެ މީހަކު ވަކިވުމުން ލިބޭ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މީދަލުގެ ސިކުނޑީގެ ތެރޭގައި އިންސާނުންގެ ސެލް ހިމަނައިފި

އެމެރިކާގެ ސައިންސްވެރިން މީދަލުގެ ސިކުނޑީގައި އިންސާނުންގެ ސެލްތައް އަށަގަންނުވައިގެން ކާމިޔާބު ތަހުލީލެއް ކޮށްފިއެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ އިންސާނުންނަށް މެދުވެރިވާ ނަފްސާނީ އަދި ސިކުނޑީގެ ބަލިތައް ދެނެގަނެ، އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

އެޑް ދިފާއުކުރަން ނުކުތީ ކޮންސެޓް ބާއްވާ ތަނުގެ ޔަހޫދީ ވެރިޔާ

ފަލަސްތީނަށް ތާއީދުކުރާ ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ކޮންސަޓުން ވަކިކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު، ސްޓޭޑިއަމްގެ ވެރިޔާ ރޮބަޓް ކްރާފްޓް ވަނީ ޝީރަންގެ ދިފާއުގައި ވާހަކަދައްކާފައެވެ. ކްރާފްޓް ހާމަކުރި ގޮތުގައި ޝީރަން ވަނީ ފަލަސްތީނު ހިމެނޭ ސަރަހައްދަށް އިންސާނީ އެހީގެ ގޮތުގައި ދެ މިލިއަން ޑޮލަރު ހަދިޔާކުރުމަށް އެދިފައެވެ. މީގެ އިތުރުން، މެކްލްމޯ ވަކިކުރީ އޭނާ ނަފުރަތު އުފައްދާ ވާހަކަދައްކާތީ ކަމަށާއި، ޝީރަން އަކީ އެ ސަރަހައްދުގެ ސުލްހައަށް މަސައްކަތްކުރާ ފަރާތެއްކަން ކްރާފްޓް ފާހަގަކުރިއެވެ.

މެކްލްމޯ ވަކިކުރުމުން އެހެން ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ޓުއާ އިން ވަކިކުރުމާ ގުޅިގެން އެ ދަތުރުގައި ބައިވެރިވާ އެހެން ހުރިހާ ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފިއެވެ. މީގެ ތެރޭގައި ފިނިއަސް އާއި ލޫކަސް ގްރަހަމް ފަދަ މަޝްހޫރު ފަންނާނުން ހިމެނޭއިރު، އެ ފަރާތްތަކުން ބުނެފައިވަނީ މިއީ ހައްގު ބަސް ބުނާ ފަންނާނުންގެ އަޑު ކަނޑުވާލުމާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއްލައްކައަށް ވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މިގޮތަށް އުމުރު ދިގުވުމުގެ މައިގަނޑު ސަބަބުތަކަކީ އެ ގައުމުގެ މީހުންގެ ދުޅަހެޔޮ ކެއުމުގެ އާދަތަކާއި ހަރަކާތްތެރި ދިރިއުޅުމެވެ. ނަމަވެސް، އާބާދީ މުސްކުޅިވަމުންދާތީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ދެމެހެއްޓުމުގައި ޖަޕާނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ސިންގަޕޫރު މީހުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި

ދުނިޔޭގެ އެންމެ ދިގު އުމުރެއް އޮންނަ ގައުމުގެ ގޮތުގައި ސިންގަޕޫރު ފާހަގަވި ނަމަވެސް، އެ ގައުމުގެ ރައްޔިތުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. ސިންގަޕޫރުގެ ހަރުދަނާ ސިއްހީ ނިޒާމުގެ ސަބަބުން އެވްރެޖް އުމުރު 85 އަހަރަށް ވުރެ މަތިވެފައިވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ އުމުރާއި މަރުވާ އުމުރާ ދެމެދު އޮންނަ ފަރަގު ނުވަތަ "މޯބިޑިޓީ ގެޕް" ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.

Newsletter

Get the latest news delivered straight to your inbox