އޭޑީކޭއިން މި އަހަރުތެރޭ 10 މިލިއަން ޑޮލަރުގެ މަޝްރޫއުތަކެއް ކުރިއަށް ގެންދާނެ: ނާޝިދު

އޭޑީކޭ ގުރޫޕުގެ ސީއީއޯ އަހުމަދު ނާޝިދު އޭޑީކޭ ހޮސްޕިޓަލަށް 35 އަހަރު ފުރުމުގެ މުނާސަބަތުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަނީ. ފޮޓޯ": ރައީސް އޮފީސް

އޭޑީކޭ ގުރޫޕުގެ ސީއީއޯ އަހުމަދު ނާޝިދު އޭޑީކޭ ހޮސްޕިޓަލަށް 35 އަހަރު ފުރުމުގެ މުނާސަބަތުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަނީ. ފޮޓޯ": ރައީސް އޮފީސް

މި އަހަރު އޭޑީކޭ ހޮސްޕިޓަލުން 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ)ގެ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އޭޑީކޭ ގުރޫޕްގެ ޗެއާމަން އަދި ޗީފް އެގްޒެކެޓިވް އޮފިސަރު އަހުމަދު ނާޝިދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ފުރަތަމަ ޕްރައިވެޓް ހޮސްޕިޓަލްގެ ގޮތުގައި ހިދުމަތް ދޭން ފެށި އޭޑީކޭ ހޮސްޕިޓަލަށް 35 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ހެންވޭރު ދަނޑުގައި ރޭ ބޭއްވި ޖަލްސާގައި ނާޝިދު ވިދާޅުވީ މި އަހަރު ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުތަކުގެ ތެރޭގައި އެންމެ ފަހުގެ އެމްއާރުއައި މެޝިނެއް ގެނެސް ހިދުމަތް ދިނުމާއި، ޑައިވިނަށް ގޮސްގެން ނޭވާލުމަށް ދަތިވާ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ހައިޕަބެރިކް ޗެމްބަރެއް ގާއިމުކުރުން ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން ވެލްނެސް ސެންޓަރެއް މި އަހަރު ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހޮސްޕިޓަލަށް އައުމުގެ ބަދަލުގަ، ނައިސް ވެވޭތޯ ބެލުމުގެ ގޮތުން، އަޅުގަނޑުމެން ވެލްނެސް ކުލަބެއް، ހީޓް (ހީޓް ހެލްތު އެންޑް ފިޓްނެސް) އާ ގުޅިގެން މި އަހަރު ތެރޭ އިރާދަކުރެއްވިއްޔާ ހުޅުވާނަން،" އޭނާ ވިދާޅުވި އެވެ.

އެ ވެލްނެސް ސެންޓަރު ހުންނާނީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ.

ސިއްހީ ފަރުވާއަށް ރަށްރަށުން މާލެ އަންނަ މީހުން ތިބުމަށް 21 ކޮޓަރި ހޮސްޕިޓަލް ތެރޭގައި ހަދައި މި އަހަރު ހުޅުވާނެ ކަމަށް ނާޝީދު ވިދާޅުވި އެވެ.

އުމުރުން ދުވަސްވީ މީހުންނަށް ހޮސްޕިޓަލުން ދޭ ފަރުވާ އިތުރަށް ކުރިއަރުވަން ނިންމާފައިވާ ކަމަށާއި ފިޒިއޮތެރަޕީ ސެންޓަރު ވެސް މިހާރަށް ވުރެ ތަރައްގީކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އަހަރު ތެރޭގައި، ފާޓިލިޓީ ސެންޓަރަކާއި އިންޓަވެންޝަން އެންޑޮސްކޮޕީ ސެންޓަރެއް ވެސް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް ނާޝިދު ވިދާޅުވި އެވެ. އަދި އެ ހޮސްޕިޓަލްގެ މެޑިކަލް ސްކޫލް، ޝާފިޔާ އިންސްޓިޓިއުޓް އޮފް ހެލްތު ރަސްމީކޮށް މިއަހަރު ހުޅުވުމަށް ވަނީ ނިންމައިފަ އެވެ.

"މި ޕްރޮޖެކްޓްތަކަކީ އޭގެ ޒާތުގަ، 10 މިލިއަން ޑޮލަރަށްވުރެ އަގު ބޮޑެތި މަސައްކަތްތަކެއް، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާމުން މި މަސައްކަތްތައް ނިންމާލުމުން، އޭޑީކޭ ހޮސްޕިޓަލުގެ މިހާރު މި ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާވެ، އަޅުގަނޑުމެންގެ މުވައްޒަފުންގެ އަދަދު އިތުރުވެ، އަޅުގަނޑުމެންނަށް މި މަސައްކަތާއިގެން ކުރިޔަށްދިޔުމުގައި ވަރަށް ބޮޑު އެހީތެރިކަމަކަށް ވެގެންދާނެ،" ނާޝިދު ވިދާޅުވި އެވެ.

އޭޑީކޭގައި މިހާރު 900 އެއްހާ މުވައްޒަފުން މަސައްކަތްކުރާއިރު، އޭގެ ތެރެއިން 450 އަށް ވުރެ ގިނަ މުވައްޒަފުންނަކީ ދިވެހިން ކަމަށާއި ހޮސްޕިޓަލުގެ ހަޔާތުގެ 35 އަހަރުގެ ހިދުމަތުގައި، އެތައް ބަޔަކު ގިނަ، ބުރަ މަސައްކަތްތަކެއް ކޮށްދީފައިވާ ކަމަށް ނާޝިދު ފާހަގަ ކުރެއްވެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox