ކްރިމިނަލް ކޯޓުން އޮންލައިންކޮށް މައްސަލަތައް ބަލައިގަންނަން ފަށައިފި

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް: އެ އޮފީހުން ފޮނުވާ މައްސަލަތައް ކުރިމިނަލް ކޯޓުން އޮންލައިންކޮށް ބަލައިގަންނަން ވަނީ ފަށާފައި

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް: އެ އޮފީހުން ފޮނުވާ މައްސަލަތައް ކުރިމިނަލް ކޯޓުން އޮންލައިންކޮށް ބަލައިގަންނަން ވަނީ ފަށާފައި

ކްރިމިނަލް ކޯޓަށް އޮންލައިންކޮށް މައްސަލަ ހުށަހަޅައި, ބަލައިގަންނަން ފަށައިފި އެވެ. ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މިކަން ފާހަގަ ކުރެއްވީ ތާރީހީ ކަމެއްގެ ގޮތުގަ އެވެ.

ފުރަތަމަ ފަހަރަށް އޮންލައިންކޮށް ފޮނުވި މައްސަލައެއް ކްރިމިނަލް ކޯޓުން ބަލައިގެންފައިވަނީ އިއްޔެ އެވެ. މީގެކުރިން މައްސަލަތައް ހުށަހަޅަމުން ދިޔައީ ހުރިހާ ލިޔެކިޔުންތަކެއް ކޯޓަށް ގެންގޮސްގެންނެވެ. އޭގެ ސަބަބުން ގިނަ ވަގުތާއި ވަސީލަތްތައް ބޭކާރުވެގެންދާކަން ޕީޖީ ގެންދެވީ ފާހަގަ ކުރައްވަމުންނެވެ.

އެހެންވެ, އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން, ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވި ގޮތުގައި, އޮންލައިންކޮށް މައްސަލަ ހުށަހެޅޭނެ ނިޒާމެއް ގާއިމުކުރުމުގެ މަޝްވަރާތައް ކޮވިޑްގެ ދުވަސްވަރު ކުރިއަށް ދިޔަ އެވެ. އެ މަޝްވަރާތަކުގެ ތެރެއިން، ޕީޖީ އޮފީހުގެ ކޭސް މެނޭޖްމަންޓް ސޮފްޓްވެއާގެ އޭޕީއައިއަކުން ކޯޓާ ގުޅާލާފައިވެ އެވެ.

އެ ލިންކު މެދުވެރިކޮށް، ޕީޖީ އޮފީހުން މައްސަލައެއް އަޕްލޯޑް ކުރުމުން، ކޯޓުން އެ މައްސަލައިގެ ލިޔުންތައް ބަލައިގަނެވެ އެވެ. މީގެ ހަތް މަސް ދުވަސް ކުރިން އެކަން ނިމިފައި އޮތް ނަމަވެސް، ބޭނުމެއް ނުކުރެ އެވެ. މައްސަލަ ބަލައިގަތް ކަމަށް ބަލަމުން ދިޔައީ, ކޯޓަށް ހުރިހާ ލިޔެކިޔުމެއް ފިޒިކަލީ ހުށަހެޅުމުންނެވެ.

އޮންލައިންކޮށް މައްސަލަ ހުށަހެޅުމުގެ ސިސްޓަމް ގާއިމުކުރެވުމުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އަގުލަބިއްޔަތުން ނިންމީ, އޮންލައިންކޮށް މައްސަލަތައް ބަލައިގަތުމަށް ކަމަށް އެނގިފައިވެ އެވެ. އިއްޔެ, ލިންކް މެދުވެރިކޮށް ފޮނުވި މައްސަލަ ބަލައިގަތީ އެ ނިންމުމުގެ ދަށުންނެވެ.

މީގެކުރިން ކޯޓަށް އެ ދުވަހެއްގެ ހުށަހަޅައި މަައްސަލަތައް ތަރުތީބުކޮށް, ގާޒީންނާ ހަވާލު ކުރައްވަނީ އިސްގާޒީ އެވެ. ނަމަވެސް, އޮންލައިންކޮށް މައްސަލަތައް ބަލައިގަންނަން ފެށުމުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ފޮނުވައި މައްސަލަތައް ވަގުތުން ތަރުތީބުވެ, އެ މައްސަލައަކާ ހަވާލުވާ ގާޒީ ވެސް ތަރުތީބުން އެނގެން އޮންނާނެ އެވެ.

"...މައްސަލަ ފޮނުވާ ދުވަހާއި ބަލައިގަތް ދުވަހާއި ވަގުތު، ލޮގް ކުރެވި، ބެލެން ހުންނާނެ, މައްސަލަ ހުށަހެޅި ގޮތުގެ ތަރުތީބާބެހޭ ގޮތުން އެއްވެސް ސުވާލެއް ނުއުފެދޭނެ. މައްސަލަ ފޮނުވާ ގަޑި މުހިންމުވާ ސަބަބަކީ، ބައެއް މައްސަލަތަކަކީ، އެ މައްސަލައެއްގެ ބާވަތުން ވަކި މުއްދަތެއްގެ ތެރޭގައި ދައުވާ ކުރުމާމެދު ގޮތެއް ނިންމައި، ކޯޓަށް ހުށަހަޅަންޖެހޭ މައްސަލަތަކަކަށްވާތީ," ޝަމީމް ވިދާޅުވި އެވެ.

އޮންލައިންކޮށް ފޮނުވާ މައްސަލަތައް ބަލައިގަތުމާމެދު ގޮތެއް ނިންމައި, ޕީޖީ އޮފީހުގެ އިދާރީ މުވައްޒަފަކަށް އެސްއެމްއެސްގެ ޒަރިއްޔާއިންނާއި، ސިސްޓަމް މެދުވެރިކޮށްވެސް އެންގުމާއެކު އެކަމުގައި އިތުރަށް ފިޔަވަޅު އަޅަންޖެހޭނަމަ، އެކަމާބެހޭ މުވައްޒަފަކަށް އެ މައްސަލަ ފޮނުވާނެ އެވެ. އަދި މައްސަލައިގެ ލިޔުންތައް އޮންލައިންކޮށް ބަލައިގަތުމުން، މައްސަލައިގައި ނަގާފައިވާ ބަޔާންތަކާއި ލިޔުންތަކުގެ ކަރުދާސްތައް ފޮނުވާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެ އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި, މިބަދަލާއެކު، ބޮޑެތި ފައިލްތައްވެސް، ސިކުންތު ކޮޅެއްގެ ތެރޭގައި ފޮނުވޭނެ ކަމާއި ޕީޖީ އޮފީހުން މައްސަލަ ފޮނުވާނެތީ، ކޯޓުގެ އިދާރީ މުވައްޒަފުން އޮފީސް ބަންދުނުކޮށް ތިބެން ނުޖެހޭނެ އެވެ. މިކަމުގެ ސަބަބުން، ކްރިމިނަލް ކޯޓާއި ޕީޖީ އޮފީހުގެ މަސައްކަތްތައް ވެސް ހަލުއި ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"...މިއީ، އޭގެ ޒާތުގައި ކުޑަ ބަދަލެއްކަމަށް ފެނިދާނެ, ނަމަވެސް، ކޮންމެ ދުވަހަކު، ދެ އިދާރާގެ މުވައްޒަފުންގެ ވަގުތުން ގަޑިއެއްހައި އިރު ސަލާމަތް ކުރެވޭނަމަ، މުޅި އަހަރުގެ ތެރެއަށް އެ އެއްގަޑިއިރު ބަހާލުމުން ބޮޑު ބަދަލެއް އަންނާނެ. ރާއްޖޭގެ ހުރިހާ ކޯޓުތަކަށް މިގޮތަށް މައްސަލަ ހުށަހެޅޭގޮތް ވެއްޖެނަމަ، އެށްވުރެވެސް ބޮޑު ބަދަލެއް އަންނާނެ. ޕީޖީ އޮފީހުގެ ނިޒާމު އޮތީ، މުޅި ރާއްޖޭގައިވެސް މިކަން ކުރެވޭ ވަރަށް ތައްޔާރަށް," ޝަމީމް ވިދާޅުވި އެވެ.

ފުލުހުން އެ އޮފީހަށް ހުށަހަޅާ މައްސަލަތައް، އޮންލައިން ޕޯޓަލަކަށް އަޕްލޯޑު ކުރުމުން، އެ ލިޔުންތައް ޑައުންލޯޑް ކުރެވޭ ނިޒާމު ވެސް ގާއިމްކޮށް އަންނަނީ ބޭނުން ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox