އަދަދުގެ ދީނީ ޕްރޮގްރާމް ހުށަހަޅައިދެއްވާނީ ޑރ. ޝަހީމް

Mar 13, 2022, 4:16 AM
ސުންދުން ޕްރޮފްރާމްގެ ކަވާ ފޮޓޯއެއް: މިއީ ރޯދަ މަހުގެ ކޮންމެ ދުވަހަކު ވެސް ގެނެސްދިނުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް -- ފޮޓޯ: އަދަދު ފައިލް

ސުންދުން ޕްރޮފްރާމްގެ ކަވާ ފޮޓޯއެއް: މިއީ ރޯދަ މަހުގެ ކޮންމެ ދުވަހަކު ވެސް ގެނެސްދިނުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް -- ފޮޓޯ: އަދަދު ފައިލް

ރޯދަ މަހަށް ހާއްސަކޮށްގެން "އަދަދު" ނޫހުން ތައްޔާރުކުރާ ދީނީ ޕްރޮގްރާމް ހުށަހަޅައިދެއްވާނީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަމަށް އެ ނޫހުގެ މެނޭޖްމެންޓުން މިއަދު ބުނެފި އެވެ.

ރޯދަ މަހުގެ ކޮންމެ ދުވަހަކު، "ސުންދުސް" ގެ ނަމުގައި ގެނެސްދޭ އެ ވީޑިއޯ ޕްރޮގްރާމް ނޫހުން އުފައްދަނީ އިލްމު އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީސްއާ ގުޅިގެންނެވެ. އެކަމުގެ އެއްބަސްވުމުގައި "އަދަދު" އާއި އެ އިންސްޓިއުޓާ ދެމެދު ވަނީ މިހާރު ސޮއިކޮށްފަ އެވެ.

އެ ޕްރޮގްރާމުން އިޖުތިމާއީ އަހުލާގު ދިރުވުމަށް ބާރު ލިބޭ ހާއްސަ މެސެޖްތަކެއް ގެނެސްދޭނެ ކަމަށް އިލްމު އިންސްޓިއުޓުގެ ޑިރެކްޓަ ޖެނެރަލް ޑރ. ޝަހީމް ވިދާޅުވި އެވެ.

"އިޖުތިމާއީ އަހުލާގު އާލާކޮށް ދިރުވުމަށްޓަކައި އަދަދު އޮންލައިނުން އިސްނަންގަވައިގެން ސުންދުސް ޕްރޮގްރާމް ފައްޓަވަން ނިންމެވިކަމަށްޓަކައި ޝުކުރު ދަންނަވަން. އިސްލާމީ ރިވެތި އަހުލާގު އާލާކޮށް ދިރިވުމަށް މިއަދު ދިވެހި މުޖުތަމައު ވަނީ ވަރަށް ބޮޑަށް ބޭނުންވެފަ. މި ޕްރޮގްރާމަކީ އެކަމަށް ކޮށާލެވޭ ރާސްތާއަކަށް ވެގެން ދާނެ ކަމަށް އުންމީދުކުރަން،" ޝަހީމް ވިދާޅުވި އެވެ.

ސުންދުސްގެ އިތުރުން މި ރޯދަ މަހު "އަދަދު"ން ގިނަ ޝޯތަކެއް ގެނެސްދޭނެ އެވެ. އަދި އޮންލައިން ކޮންޓެންޓްގެ އިތުރުން ރޯދައަށް ހާއްސަ ޕްރިންޓް މެގެޒިނެއް ނެރުމަށް ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox