ދެކުނު ކޮރެއާގެ ރައީސް ކަމަށް ޔޫން ސުކް ޔޯލް އިންތިހާބުވެއްޖެ

ޔޫން ސުކް ޔޯލްއަކީ އަކީ އިންތިހާބުގައި ވާދަކުރެއްވި މައި އިދިކޮޅު ކެންޑިޑޭޓް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޔޫން ސުކް ޔޯލްއަކީ އަކީ އިންތިހާބުގައި ވާދަކުރެއްވި މައި އިދިކޮޅު ކެންޑިޑޭޓް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ދެކުނު ކޮރެއާގެ އިންތިހާބުގައި ވާދަކުރެއްވި މައި އިދިކޮޅު ކެންޑިޑޭޓް، ކޮންޒަވޭޓިވް ޕާޓީގެ ޔޫން ސުލް ޔޯލް ރައީސްކަމަށް އިންތިހާބުވެއްޖެ އެވެ.

ޑިމޮކްރެޓިކް ޕާޓީގެ ޕީ ޖޭ މިޔުންގްގެ މައްޗަށް ޔޫން ކުރި ހޯއްދެވީ އާއްމުންގެ މެދުގައި އޮންނަ ތަފާތު ކުރުން ނައްތާލުމުގެ ވައުދާއެކު އެވެ.

ޔޫން ވިދާޅުވީ "މިއީ ދެކުނު ކޮރެއާގެ ހިތްވަރު ގަދަ ރައްޔިތުންނަށް ލިބުނު ކާމިޔާބެއް" ކަމަށެވެ.

Advertisement

މިއީ ދެކުނު ކޮރެއާގެ ތާރީހުގައި ވެސް އެންމެ ވާދަވެރި އިންތިހާބެވެ. ރަސްމީ ނަތީޖާ ދައްކާ ގޮތުން ޔޫންއަށް ކުރި ލިބިވަޑައިގެންނެވީ އެންމެ ޕަސެންޓެކަށް ވުރެ ވެސް ކުޑަ ތަފާތަކުންނެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ޔޫން ވިދާޅުވީ "ރައްޔިތުންގެ ދިރިއުޅުމަށް ސަމާލުކަން ދީ، އެހީ ބޭނުންވާ ރައްޔިތުންނަށް ދައުލަތުން ފޯރުކޮށްދޭ ހިދުމަތް ރަނގަޅު ކުރާނެ" ކަމަށެވެ.

ކެމްޕެއިންގެ ތެރޭގައި ދެ ކެންޑިޑޭޓުންގެ ވެސް މަގްބޫލްކަން ކުޑަ ކަމަށް ޕޯލްތަކުން ދެއްކި އެވެ. އެހެން ނަމަވެސް ބުދަ ދުވަހުގެ އިންތިހާބުގައި 77 ޕަސެންޓު މީހުން ނުކުމެ ވޯޓުލި އެވެ.

ރައްޔިތުންގެ އެންމެ ކަންބޮޑުވާ މައްސަލަތަކެއްގެ ގޮތުގައި ފާހަގަވެފައި ވަނީ ބޯހިޔާވަހިކަމުގެ އަގު އުފުލުމާއި، އިގްތިސާދީ ކުރިއެރުން މަޑު ޖެހުމާއި، ޒުވާނުންނަށް ވަޒީފާ ނެތުމާއި، ޖިންސުގެ ނަހަމަކަމެވެ.

ޔޫންގެ ރިޔާސީ ވައުދެއްގެ ގޮތުގައި ހިމެނޭ އެއް ކަމަކީ މިނިސްޓްރީ އޮފް ޖެންޑާ އީކުއަލިޓީ އެންޑް ފެމިލީ އުވާލުމެވެ. ދައުލަތުގެ ބަޖެޓުން އެ މިނިސްޓްރީއަށް ލިބެނީ އެންމެ 0.2 ޕަސެންޓެވެ.

ޔޫންގެ ކެމްޕެއިންގައި ޒުވާން ފިރިހެނުންގެ ބޮޑު ތާއީދެއް ލިބިފައިވާ އިރު، ބައެއް ސަޕޯޓަރުން ދެކޭ ގޮތުގައި ދެކުނު ކޮރެއާގައި ޖިންސުގެ ނަހަމަކަމެއް ނޯވެ އެވެ.

ނަތީޖާއިން ދައްކާ ގޮތުގައި އިންތިހާބުގައި ވާދަކުރި ތިން ވަނަ ކެންޑިޑޭޓް، ސިމް ސަންގް ޖޫއަށް ގިނަ އަންހެނުން ވޯޓުލާފައިވެ އެވެ. އެކަމަނާގެ އެންމެ އިސް ވައުދަކީ ޖިންސުގެ ހަމަހަމަކަން ގެނައުމެވެ.

ޔޫންއަށް ރައީސްކަން ލިބިވަޑައިގެންނެވި ނަމަވެސް، ޕާލިމެންޓުގެ މެޖޯރިޓީ އޮތީ ޑިމޮކްރެޓިކް ޕާޓީއަށެވެ. ދެކުނު ކޮރެއާގެ ރައީސްކަމުގެ ދައުރަކީ ފަސް އަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox