ކޭޕޮޕްގައި ނަން މަޝްހޫރު ބީޓީއެސް ދެ އަހަރަށް ފަހު އެނބުރި ސޯލްގެ ސްޓޭޖަށް

މިއީ 2019 ވަނަ އަހަރަށް ފަހު ބީޓީއެސްއިން ބާއްވާ ފުރަތަމަ ލައިވް ކޮންސެޓް.

މިއީ 2019 ވަނަ އަހަރަށް ފަހު ބީޓީއެސްއިން ބާއްވާ ފުރަތަމަ ލައިވް ކޮންސެޓް.

ދެކުނު ކޮރެއާ، ސޯލް (މާޗް 10) - ކޮވިޑް ބަލިމަޑުކަން ފެށުނު ފަހުން، ކޭޕޮޕްގައި ނަން މަޝްހޫރު ބީޓީއެސްގެ އިން ސޯލްގައި ބާއްވާ ފުރަތަމަ ލައިވް ކޮންސެޓް ފަށަން ތައްޔާރުވެއްޖެ އެވެ.

ބީޓީއެސްގެ އެތައް ހާސް ފޭނުން ނުވަތަ "އާމީ" ދަނީ ބުރާސްފަތި ދުވަހުގެ ކޮންސެޓަށް ސޯލްއަށް ޖަމާވަމުންނެވެ. ނަމަވެސް ކޮވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ފޭނުންނަށް ލަވަ ކިޔުމާއި ނެށުމުގައި ބައިވެރިވުން މަނާ ވާނެ އެވެ.

މިޔުޒިކް ޗާޓުތަކުގެ ކުރި ހޯދާފައިވާ ބީޓީއެސް ތިން ދުވަހަށް ކުރިއަށް ގެންދާ ކޮންސެޓުގެ ނަމަކީ "ޕާމިޝަން ޓު ޑާންސް އޮން ސްޓޭޖް - ސޯލް" އެވެ. ކޮންސެޓް ފަށާނީ ބުރާސްފަތި ދުވަހުގެ ހަވީރު ސޯލްގެ އޮލިމްޕިކް ސްޓޭޑިއަމްގަ އެވެ.

Advertisement

ބީޓީއެސްއިން ދެކުނު ކޮރެއާގައި އެންމެ ފަހުން ޝޯއެއް ދިނީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން ބީޓީއެސްގެ މަގްބޫލުކަން ބޮޑުވެ، ބިލްބޯޑް ޗާޓުގެ އެއް ވަނައިގައި ތިން ލަވަ ހިމެނި، ގްރެމީ އެވޯޑަށް ދެ ނޮމިނޭޝަން ލިބުނެވެ.

ބުރާސްފަތި ދުވަހުގެ ރޭ ފަށާ ކޮންސެޓުގައި 45،000 ސީޓު ވިއްކަން ހުޅުވާލިއިރު، ކުޑަ އިރުކޮޅެއްގެ ތެރޭގައި ހުރިހާ ޓިކެޓެއް ވަނީ ހުސްވެފަ އެވެ.

ދެކުނު ކޮރެއާގައި ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ މި ދަނޑިވަޅުގައި ބުރާސްފަތި ދުވަހު އެކަނިވެސް 300،000 ކޭސް ރިޕޯޓުކޮށްފައިވެ އެވެ. އެހެންވެ، ކޮންސެޓު ކުރިއަށް ގެންދަން ޖެހެނީ ހަރުކަށި ފިޔަވަޅުތަކާ އެކު އެވެ.

އެގޮތުން ހަޅޭއްލެވުމާއި، ހިތްވަރު ދިނުމުގެ ގޮތުން އަޑު ގަދަ ކުރުމާއި، ލަވަ ކިޔުމާއި ގޮނޑިން ކޮޅަށް ތެދުވުން ވެސް މަނާ ވާނެ އެވެ. ބީޓީއެސް ހިންގާ ބިގް ހިޓް މިޔުޒިކް ގްރޫޕުން އެދުނީ ސަޕޯޓް ދެއްކުމުގެ ގޮތުން އަތް ޖެހުމަށެވެ.

ބީޓީއެސްގެ މަސައްކަތުގެ ސަބަބުން ދެކުނު ކޮރެއާގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރެ އެވެ. ބަލިމަޑުކަމުގައި ޝޯތައް ނުބޭއްވި ނަމަވެސް ބީޓީއެސްއަށް ވަނީ ފާއިތުވި ދެ އަހަރު ބޮޑު ފައިދާއެއް ލިބިފަ އެވެ.

ބީޓީއެސް އިން 2020 ވަނަ އަހަރު ބާއްވަން މަސައްކަތް ކުރި ބޮޑު ބައިނަލްއަގްވާމީ ޓުއާއެއް ކޮވިޑާ ހެދި ކެންސަލް ކުރަން ޖެހުނެވެ. ނަމަވެސް އޭގެ ފަހުން ބައެއް ކޮންސެޓުތައް އޮންލައިންކޮށް ބޭއްވި އެވެ.

ކޮވިޑް ބަލިމަޑުކަމުގައި ފުރަތަމަ ފަހަރަށް ބީޓީއެސް އިން ސްޓޭޖުގައި ފޭނުންނާ އެކު ކޮންސެޓެއް ބޭއްވީ މިދިޔަ ނޮވެމްބަރު މަހު ލޮސް އެންޖެލިސްގެ ސޯފައި ސްޓޭޑިއަމްގަ އެވެ. ހަތަރު ރެއަށް ބޭއްވި އެ ކޮންސެޓުން 33.3 މިލިއަން ޑޮލަރު ހޯދި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox