އޭސީސީއަށް އައްޔަނުކުރަން ރައީސް ފޮނުވި ނަންތައް ކޮމިޓީން ފާސްކޮށް ތަޅުމަށް

ރައްޔިތުންގެ މަޖިލިސް ފްލޯގައި މެމްބަރުން ޖަލްސާއެއްގައި. ރައީސް ފޮނުވި ފަސް ނަން ވެސް ކޮމިޓީން ފާސްކޮށް ވަނީ ތަޅުމަށް ފޮނުވާފައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް ފްލޯގައި މެމްބަރުން ޖަލްސާއެއްގައި. ރައީސް ފޮނުވި ފަސް ނަން ވެސް ކޮމިޓީން ފާސްކޮށް ވަނީ ތަޅުމަށް ފޮނުވާފައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގާނޫނީ ހުސްކަމެއްގައި އޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރު ކަމަށް އައްޔަނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުވި ފަސް ބޭފުޅުންގެ ނަން ވެސް ފާސްކޮށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފޮނުވައިފި އެވެ.

އޭސީސީއަށް އައްޔަނުކުރަން ފެބްރުއަރީ 23، ގައި ރައީސް ފޮނުވީ ތަޖުރިބާކާރު ބޭފުޅުންގެ ނަންތަކެކެވެ. އެއީ؛

  1. ޝާމިލް އާދަމް/ ރަތްވިލާގެ، ތ. ވިލުފުށި
  2. އަބްދުއް ސަލާމް/ހަވާ، ށ. ނަރުދޫ
  3. ތޯހާ މުހައްމަދު/ ކަޅިހާރުގެ, އދ. މާމިނގިލި
  4. ޝަޒްނާ އާދަމް/ރިހިވިލު، ހދ. ނޮޅިވަރަންފަރު
  5. ޝިޔާމާ މުހައްމަދު/ ނާރެސް، ރ. ހުޅުދުއްފާރު

އެ މައްސަލަ ކޮމިޓީން ދިރާސާކުރުމުގެ ތެރޭގައި އާންމުންގެ ޝަކުވާއަށް ވެސް ހުޅުވާލި އެވެ. އެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅީ ކާކުކަން ނޭނގޭ މީހެކެވެ. އޭނާ ފޮނުވި މެއިލް ކޮމިޓީގެ ރިޕޯޓް ފާސްކުރުމާ ހަމަޔަށް ވެސް ހުޅުވިފައި ނުވެ އެވެ.

މާޗް 7، ގައި ހުރިހާ ބޭފުޅުންނާ ވެސް އިންޓަވިއުކޮށް ހަމަ އެ ދުވަހު ވަނީ ވޯޓަށް އަހާފަ އެވެ. އެ ބޭފުޅުންގެ ތެރެއިން ހުރިހާ ބޭފުޅުންނަށް ވޯޓު ނުދެއްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް އެވެ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އެއްވެސް ވޯޓެއްގައި ބައިވެރިވެފައެއް ނުވެ އެވެ.

އެގޮތުން، މި ލިސްޓުގެ ދެވަނައިގައި އޮތް އަބްދުއްސަލާމް އަށް މީކާއިލް އާއި އުޝާމްގެ އިތުރުން މުހައްމަދު އަބްދުﷲ ޝަފީގު ވޯޓު ދެއްވާފައެއް ނުވެ އެވެ. އޭގެ އިތުރުން، ތޯހާ އަށް ވެސް އުޝާމް ވޯޓު ދެއްވާފައެއް ނުވެ އެވެ. ތިން ބޭފުޅެއްގެ ވޯޓުގައި މީކާއިލް ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް ވެސް ދެ ބޭފުޅެއްގެ ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

މި ލިސްޓްގެ އެންމެ ކުރީގައި އޮތް ޝާމިލްއަކީ އޭސީސީގައި އިންވެެސްޓިގޭޓަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. ދެވަނަ އަށް އޮތް އަބްދުއް ސަލާމަކީ އޭސީސީގެ އިންވެސްޓިގޭޝަން ހެޑްގެ މަގާމުގައި މިހާރުވެސް ހުންނެވި ބޭފުޅެކެވެ. ތޯހާއަކީ ގާނޫނީ ވަކީލެއް އަދި ރައީސް އުފެއްދެވި ފްލެޓް ކޮމިޓީގެ މެންބަރެކެވެ. ލިސްޓްގެ ފަސް ވަނައިގައިވާ ޝިޔާމާ މުހައްމަދަކީ އިލެކްޝަންސް ކޮމިޝަނުގެ ލީގަލް ޑިޕާޓްމަންޓްގެ ހެޑެވެ.

ޖުމްލަ ފަސް މެމްބަރުން ތިބެންޖެހޭ އޭސީސީގައި މިހާރު އެއްވެސް މެމްބަރަކު ނެތެވެ. އެހެންކަމުން ދެން އޮންނަ މަޖިލިސް ޖަލްސާގައި މި މައްސަލަ އެޖެންޑާކޮށް އެ ބޭފުޅުންނަށް ރުހުން ދިނުމަށް ވޯޓަށް އަހާނެ ކަމަށް ބެލެވެ އެވެ.

އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތަހުގީގުތައް ދިގުލައިގެންދާ ކަމުގެ ޝަކުވާއާއެކު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެ ކޮމިޝަނުގެ ހުރިހާ މެމްބަރުން ވެސް އިސްތިއުފާ ދެއްވީ މެމްބަރުން ވަކިކުރަން މަޖިލީހުން މަސައްކަތް ކުރަމުންދަނިކޮށެވެ.

އޭސީސީގެ މެމްބަރުންގެ ތެރެއިން އަލީ އަޝްރަފް އިސްތިއުފާ ދެއްވުމުން އޭނާގެ ބަދަލުގައި މެމްބަރަކު އައްޔަނު ކުރުމަށް ގާނޫނުން ދީފައި އޮތް 60 ދުވަހުގެ މުއްދަތު މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.

އޭސީސީގެ ގާނޫނުގެ 11 ވަނަ މާއްދާގެ ށ. ގައި ބުނެފައި އޮތީ އެ ކޮމިޝަނުގެ މެމްބަރަކު މަގާމުން އިސްތިއުފާ ދީފިނަމަ އެ މަގާމަށް 60 ދުވަހުގެ ތެރޭގައި އަލުން މީހަކު އައްޔަނުކުރަންޖެހޭނެ ކަމަށެވެ. ނަމަވެސް، މިއަދަށް ވަނީ 98 ދުވަސް ވެފަ އެވެ.

އަޝްރަފަށް ފަހު ޑިސެމްބަރު 15، ގަ އިސްތިއުފާ ދެއްވީ މެމްބަރު އިބްރާހިމް ޝަކީލެވެ. ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތިމަތު އަނޫލާ އާއި މެމްބަރު އައިޝަތު އަބްދުﷲ އިސްތިއުފާ ދެއްވީ ޑިސެމްބަރު 27، ގަ އެވެ. ގާނޫނީ ހުސްކަމެއްގެ އެ ކޮމިޝަން އޮންނަތާ 73 ދުވަސް ވަނީ ވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox