ތ. ގުރައިދޫގެ އަނިޔާވެރި ގަތުލުގެ ތުހުމަތުވާ މީހާއަށްވެސް ބޮޑެތި ޒަހަމްތަކެއް

ގަތުލުގެ ތުހުމަތުވާ ބަހުލް މިއަހް މިއަދުގެ އަޑުއެހުމުގެ ތެރެއިން: އޭނާ ވަނީ ހެކިވެރިއެއް ހެކިބަސްދެމުން ދޮގު ހެދި ކަމަށް ބުނެފައި -- ފ

ގަތުލުގެ ތުހުމަތުވާ ބަހުލް މިއަހް މިއަދުގެ އަޑުއެހުމުގެ ތެރެއިން: އޭނާ ވަނީ ހެކިވެރިއެއް ހެކިބަސްދެމުން ދޮގު ހެދި ކަމަށް ބުނެފައި -- ފ

ތ. ގުރައިދޫ ކަންޑަރު ސަރަހައްދުގައި އަނިޔާވެރި ގޮތަކަށް ބިދޭސީއެއް މަރާލި ކަމުގެ ތުހުމަތުވާ ބަހުލް މިއަހް ފުލުހުންނަށް ފެނުނުއިރު އޮތީ ހޭނެތިފާ ކަމަށް އެ މައްސަލާގައި ހަރަކާތްތެރިވި އޮފިސަރުން މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސް ދެމުން ބުނެފި އެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު ގެ ފަސް ވަނަ މާއްދާގެ ދަށުން ބަހުލްގެ މައްޗަށް ކޮށްފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

ދެ ބިދޭސީއެއްގެ މެދުގައި ހިނގި މާރާމާރީއެއްގެ ތެރެއިން މެއި 20، 2020 ގައި އަނިޔާވެރިގޮތަކަށް މަރާލާފައި ވަނީ ބަންގްލޭޝަށް ނިސްބަތްވާ ޝާހުއާލަމް ނަމަކަށް ކިޔާ މީހެކެވެ.

އޭނާގެ ބުރަކައްޓަށާއި، އަރިކައްޓަށާއި، ކަރުގެ ކަނާއަތް ފަރާތަށް ވަޅިން ފުން ޒަހަމްތަކެއްދީގެން އޭނާ މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުންދިޔަ ސައިޓު ކުރިމަތިންނެވެ. މުޅި އެ ސަރަހައްދު އޮތީ ލެއިން ތަގައްޔަރުވެފައި ކަމަށް ކްރައިމް ސީންގައި ހަރަކާތްތެރިވި ފުލުހުން މިއަދު ކިޔައިދިނެވެ.

ގުރައިދޫގައި ދަނޑުވެރިކަން ކުރުމުގައި އުޅެމުން އައި އުމުރުން 35-40 އަހަރުގެ އެ މީހާ ހޮސްޕިޓަލަށް ގެންދެވުނީރުވެސް އޮތީ މަރުވެފައި ކަމަށާއި، އެވަގުތު އެ ސައިޓުގައި އުޅުނު ހުރިހާ ބިދޭސީން ފުލުހަށް ހާޒިރުކުރަން ވަތްއިރު، އެ ގަތުލުގެ ތުހުމަތުވާ ބަހުލް މިއާހް ނުތެދުވެވިފައި އޮތް ކަމަށް ބުންޏެވެ.

އެހެންވެ ފުލުހުންގެ އޮފިސަރުން ގޮސް ބެލިއިރު، އޭނާ ބޯ އަޅާއިގެން އޮތް ބާލީހުން ލޭ ފެނުނު ކަމަށާއި، ފުން ޒަހަމްތަކެއް ލިބިފައިވާކަންވެސް ފާހަގަކުރެވުމުން، އެއްވެސް ހަރަކާތެއް ނެތް އޭނާގެ ހަށިގަނޑު ވީ އެންމެ އަވަހަކަށް އެރަށު ހޮސްޕިޓަލަށް ގެންދިޔަ ކަމަށް މިއަދު އެ އޮފިސަރުން ކޯޓުގައި ފާހަގަކުރި އެވެ.

ނަމަވެސް ތަހުގީގުގައި އެ ގަތުލުގެ ތުހުމަތު އޭނާއަށް އަމާޒުވީ އޭނާގެ ވާހަތައް ހަމަނުޖެހުމުން ކަމަށް ވެއެވެ. އެންމެ ފުރަތަމަ އޭނާއާ ފުލުހުން ސުވާލުކުރުމުން، އެ އަނިޔާތަކަކީ މާސްކުއަޅައިގެން ތިބި ބަޔަކު އޭނާގެ ފޯނު ފޭރެން އުޅުމުގެ ތެރޭގައި ލިބުނު ޒަހަމްތަކެއް ކަމުގައި ބުނި ނަމަވެސް، ފަހުން އޭނާއަތުން ފޯނު ފެނިގެން ސުވާލުކުރުމުން ހަނު ހުރި ކަމަށް ފުލުސް އޮފިސަރުން މިއަދު ކޯޓުގައި ބުންޏެވެ.

އަދި އެ ސައިޓުން ލޭހުރި ކަތިވަޅިއެއް ފެނިފައިވާއިރު، ޑަޒަނެއްގެ ޕޮކެޓް ނައިފްތަކެއްވެސް ފެނިފައިވާކަން ފުލުހުން ފާހަގަކުރި އެވެ. އެ އޮފިސަރުންގެ ހެކިބަހުން އެނގުނު ގޮތުގައި އޭނާ އޮތީ އެ މާރާމާރީއަށްފަހު ލިބުނު ގެއްލުންތައް ފޮރުވުމަށް، ފެންވަރައި، ސާފުވެ، ޒަހަމްވި ތަންތަނުގައި ބެންޑޭޖް އޮޅައިގެންނެވެ. އެ މާރާމާރީ ހިނގިއިރު އޭނާ ލައިގެން ހުރި މުންޑާއި އަންނައުނުތައްވެސް ފުލުހުންނަށް ފެނިފައިވާއިރު، ގިނަ އަދަދެއްގެ ގަރީނާ މި މަރު ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައި ވެއެވެ.

އެގޮތުން މޯބައިލް ފޮރިންސިކް ރިޕޯޓާއި، ބްލަޑް އެނަލެސިސް ރިޕޯޓްތަކާއެކު ޝަފައީ ހަ ހެކިވެރިން ދައުލަތުން މައްސަލަ ސާބިތުކުރަން ހުށަހެޅި އެވެ. އޭގެ ތެރެއިން ތިން އޮފިސަރުންގެ ހެކިބަހާއި، އެ ބިދޭސީން ގެންގުޅޭ ވެރިފަރާތުގެ ހެކިބަސް މިއަދު މެންދުރުން ފެށިގެން ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައި ނެގި އެވެ. އަނެއް ދެ ހެކިވެރިންގެ ހެކިބަސް ނުނެގުނީ އެމީހުންގެ ބަލިހާލަތު ހުރިގޮތުންނެވެ.

މިއަދުގެ އަޑުއެހުމުގައި އޮފިސަރެއް ހެކިބަސް ދިނުމަށްފަހު، އެ ވާހަކަތައް ގާތިލުގެ ތުހުމަތުވާ ބަހުލް މިއަހްއަށް ތަރުޖަމާކޮށްދިނުމުން އޭނާ ވަނީ އެ ހެކިވެރިޔާގެ ވާހަކަތަކަކީ ދޮގެއް ކަމަށްވެސް ވަރަށް ނުރުހުންވެ ހުރެ ބުނެފަ އެވެ.

ކްރިމިނަލް ކޯޓުގައި މަޑު ޖެހިފައި އޮތް އެ މައްސަލަ އަވަހަށް ނިންމުމަށްޓަކައި، ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ މިމަހުގެ ތެރޭގައި އަދި އިތުރު އަޑުއެހުމެއްވެސް ބާއްވާނެ ކަމަށެވެ. އެއީ ދައުލަތުގެ ހެކިވެރިންގެ ހެކިބަސް ނެގުމަށްފަހު، ދިފާއީ ހެކިން ތިބި ނަމަ އެ ހެކިންގެ ހެކިބަސް ނެގުމަށެވެ.

އެއަށްފަހު ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުމެއް ތާވަލްކުރުމަށްފަހު މި އަހަރުގެ ތެރޭގައި މި މައްސަލަ ނިންމާނެކަމަށް ގާޒީ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox