އޭސީސީއަށް އައްޔަން ކުރަން ރައީސް ހުށަހެޅުއްވި ބޭފުޅުންނަށް ރުހުން ދޭން ފަށައިފި

އޭސީސީއަށް އައްޔަން ކުރަން ރައީސް ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން އަބްދުއް ސަލާމް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

އޭސީސީއަށް އައްޔަން ކުރަން ރައީސް ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން އަބްދުއް ސަލާމް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އައްޔަން ކުރައްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުށަހެޅުއްވި ބޭފުޅުންނަށް, ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރުހުން ދޭން ފައްޓައިފި އެވެ.

އޭސީސީއަށް އައްޔަންކުރަން ރައީސް ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު އިންޓަވިއު ކުރީ އޭސީސީގައި އިންވެސްޓިގޭޝަން ހެޑެއްގެ ގޮތުގައި މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ށ. ނަރުދޫ ހަވާ، އަބްދުއް ސަލާމްއާ އެވެ. އެންމެ ފަހުން އޭސީސީގައި ތިއްބެވި ހަތަރު މެމްބަރުން އިސްތިއުފާ ދެއްވި އިރު ވެސް އޭސީސީގައި މަސައްކަތް ކުރެއްވި ބޭފުޅަކަށް ވާތީ ބައެއް މެމްބަރުން، އަބްދުއް ސަލާމްއާ މިއަދު ވަރަށް އުނދަގޫ ސުވާލުތައް ވެސް ކުރިމަތިކުރެއްވި އެވެ. އޭނާއަށް ރުހުންދޭން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކުރީ އެ ސުވާލުތަކަށް ވެސް ޖަވާބު ދެއްވުމަށް ފަހުގަ އެވެ.

އޭނާއަށް ރުހުން ދޭން އެދި ތަޅުމަށް ފޮނުވަން ނެގި ވޯޓްގައި ބައިވެރިވެރި ވެވަޑައިގެންނެވި 11 މެމްބަރުންގެ ތެރެއިން އެކަމަށް ތާއީދުކުރައްވައި ވޯޓްދެއްވީ އަށް މެމްބަރެކެވެ.

އަބްދުއް ސަލާމާ ކޮމިޓީން މިއަދު ކުރި އިންޓަވިއުގައި އޭނާއާ އެންމެ އުނދަގޫ ސުވާލުތަކެއް ކުރެއްވީ ވިލިމާލެ ދާއިރާގެ އެމްއެެންޕީ މެމްބަރު އަހުމަދު އުޝާމެވެ. އިސްތިއުފާދެއްވި މެމްބަރުންނަށް މިނިވަންކަމާ އެކު މަސައްކަތް ކުރެއްވުމަށް ހުރަހެއް އެޅުނުކަމަށް ގަބޫލުކުރައްވަންތޯ ނުވަތަ ނޫންތޯ އުޝާމް ސަލާމާ ސުވާލުކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ސަލާމް ވިދާޅުވީ އޭސީސީގައި މަސައްކަތްކުރާތާ ގާތްގަނޑަކަށް އަށް އަހަރު ވެއްޖެ ކަމަށާއި މިނިވަންކަމާ އެކު މަސައްކަތް ނުކުރެވޭ ކަމަށް ކޮމިޝަންގެ މެމްބަރުންގެ ފަރާތްޕުޅުން އަޑުއިވިވަޑައިގެންފައި ނުވާ ކަމަށެވެ.

"އެކަމަކުވެސް އަަޅުގަނޑުމެން އެންމެން ވެސް ދަންނަން ޖެހޭ ކަމަކީ ކޮރަޕްޝަނުގެ މައްސަލަތަކުގައި ވަގުތު ނަގާނެކަން،" އޭނާ ވިދާޅުވި އެވެ.

ކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވި ބޭފުޅުން ފެއިލްވެފައިވާ ކަމަށް ގަބޫލުކުރައްވަންތޯ ވެސް އުޝާމް ސުވާލުކުރެއްވި އެވެ. ސަލާމް ވިދާޅުވީ އެ ބޭފުޅުން ސީދާ ފެއިލްވިކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެ ބޭފުޅުން މަސައްކަތްތަކެއް ކޮށްފައި އެބަހުރި ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ދެން ފޮނުއްވި ބޭފުޅުންނާ ވެސް މިއަދު ކޮމިޓީން އަންނަނީ އިންޓަވިއު ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox