ކުރީގެ ލޯބިވެރިން ހުވަފެނުގައި ފެނުމަކީ މައްސަލަ އެއްތަ؟

Mar 7, 2022, 4:14 AM
ކުރީގެ ލޯބިވެރިން ހުވަފެނުގައި ފެނުމަކީ މައްސަލަ އެއްތަ؟

މި ހެޑްލައިން އެއް ކިޔާފައި ފޫއްސަށް ތުން ދަމާފައި "މިއީ ވެސް ދެން މީހުން ލިޔާ ކަހަލަ އެއްޗެއް ހޭ" ބުނެ ވީއްލާލުމުގެ ކުރިން މިއަށް ޖަވާބެއް ވެސް ބުނެބަލާށެވެ. ސުވާލުގައި އެ ބުނާ ގޮތަށް، ކުރީގެ ލޯބިވެރިއަކު ހުވަފެނުގައި ފެނުމަކީ މައްސަލައެއް ހެއްޔެވެ؟ އެއީ ބޭވަފާތެރިވުން ހެއްޔެވެ؟ ނުވަތަ އެއީ ނޭނގި ނަމަވެސް ކުރީގެ ލޯބިވެރިއަކަށް އަދިވެސް ހިތުގައި ޖާގަ އޮތް ކަމުގެ އަލާމާތެއް ހެއްޔެވެ؟

މީހަކާ އެކު ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު، ކުރީގެ ލޯބިވެރިންނާއި ބައިވެރިން ހުވަފެނުން ފެނުމަކީ ބައެއް ފަހަރަށް އުނދަގޫ އިހުސާސްތަކެއް ކުރުވައި ސިކުނޑި ހާސްކޮށްލާނެ ކަމެކެވެ. ފަހަރެއްގައި ހުވަފެނުން އެ ފެންނަ ލޯބިވެރިއަކު މަތިން ހަނދާން ނައްތާލެވިއްޖެ ކަމަށް ގަބޫލުކުރެވިފައި އޮތަސް، ހުވަފެނުން އެގޮތަށް ފެނުމުގެ މާނައަކީ ނޭނގި ނަމަވެސް އެމީހަކަށް އަދިވެސް ހިތުން ޖާގަ އޮތުން ކަމަށް ގަބޫލުކުރެވޭ ފަހަރު ވެސް އައިސްދާނެ އެވެ. އެމީހަކާ އަލުން ގުޅެންވީތޯ ހިތާ ހިތާ ސުވާލު ކުރެވޭ ފަހަރު ވެސް އައިސްދާނެ އެވެ.

އެކަމަކު ފަސޭހައިން މި ހުވަފެނެއް ތައުބީރުކޮށް މީގެއިން މާނަ ނަގައިގެން ގޮތެއް ނިންމާލެވޭ ވަރަށްވުރެ މި ހަގީގަތެއް މާ އޮޅުންބޮޅުން ވެފައި އުނދަގުލެވެ. އެހެންވީމަ މީގެ ފަހަތުގައި އޮތް ސައިންސަކީ ކޮބައިހެއްޔެވެ؟

Advertisement

ފުރަތަމަ ކަމަކަށް، ކުރީގެ ލޯބިވެރިއަކު ހުވަފެނުން ފެނިގެން އެކަމާ ކަންބޮޑުވާ ނަމަ ހަމަޔަކަށް އެޅިލާށެވެ. އެއީ ހަމަ ވަރަށް އާދައިގެ ކަމެކެވެ. ސަބަބަކީ އެ ހުވަފެން އެ ފެންނަ ސަބަބަކީ ފަހަރެއްގައި ސިކުނޑިއަށް އެއް އިރެއްގައި އާދަވެފައިވާ އާދައެއްގެ މަތިން ފެނުނު ހުވަފެނަކަށް ވެސް ވެދާނެ އެވެ. ނުވަތަ ކުރިން ތަހައްމަލު ކޮށްފައި ހުރި ހިތްދަތިކަމަކުން މީހާ ފަސޭހަ ކުރަން ސިކުނޑި ކުރާ މަސައްކަތަކަށް ވެސް ވެދާނެ އެވެ.

ހުވަފެނުން ފެންނަ ލޯބިވެރިއަކީ އެއް އިރެއްގައި އެމީހަކާ މެދު ހިތް ގަޔާވެ ވިސްނި މީހެކެވެ. އެހެންވީމަ އެ އާދައިގެ މަތިން ސިކުނޑީގެ ކަނެއްގައި ހަރުލާފައި ހުރި ހަނދާނަކުން ވެސް ހުވަފެނެއް ފެނިދާނެ އެވެ.

ނުވަތަ ބައެއް ފަހަރަށް މިއަށްވުރެ މާ މާނަ ފުން ވާހަކަތަކެއް ވެސް މިފަދައިން ފެންނަ ހުވަފެންތަކުން ބުނެދެ އެވެ.

ހުވަފެނުގެ މުހިއްމު މީހަކީ ތިމާ، އޭނަ އެއް ނޫން!

ނަފްސާނީ އިލްމުގެ ނަޒަރަކުން ބުނާ ނަމަ، ކުރިން އެކުގައި އުޅުނު މީހަކަށް ތިމާގެ ފަރާތުން ދެވުނު ހުރިހާ ކަމެއް (ރަނގަޅު ކަންތައްތަކާއި ގޯސް ކަންތައްތައް) ގަބޫލުކޮށް، ޒަމީރު އެކަންކަމަށް އެއްބަސްކުރުވަން ނޭނގި ނަމަވެސް ދެވޭ އެފަޓަކަށް ވެސް އެހެން ފެންނަ ހުވަފެންތައް ވެދާނެ އެވެ.

އޭރުން، އަލުން އެހެން މީހަކާ އެކު ދިރިއުޅުމެއް، ނުވަތަ ގުޅުމެއް ފަށާއިރު ކުރިއަށްވުރެ އެތައް ގޮތަކުން ރަނގަޅު މީހަކަށް ވުމަށް ވެސް އެހީއަކަށް ވެދާނެ އެވެ.

އެހެންވީމަ މިހެން ހަމަ ހުވަފެނެއް ފެނިލާ އިރަށް އޮޅުމެއްގެ ތެރޭގައި ހުރެގެން ކުރީގެ ލޯބިވެރިޔާ އަށް މެސެޖު ކުރަން، ނުވަތަ ވާހަކަ ދައްކަން ލިބޭ ޗާންސެއްގެ ގޮތުގައި އެކަން ނުނަގާށެވެ.

މިހާރުގެ ބައިވެރިޔާ އަށް ބޭވަފާތެރި ވާތަން ފެންނަ ނަމަ ހަދާނީ ކިހިނެއް؟

އަނެއްކާ ވެސް ހަނދާން ބަހައްޓަންވީ ކަމަކީ ހުވަފެނަކީ އަމިއްލަ ކޮންޓްރޯލްގައިވާ އެއްޗެއް ނޫން ކަމެވެ.

އަލަތު ގުޅުމެއްގައި އުޅޭ އިރު ކުރީގެ ލޯބިވެރިއަކު ހުވަފެނުގައި ފެންނަ ނަމަ އުނދަގޫ އިހުސާސްތަކެއް ކުރެވިދާނެ އެވެ. އަމުދުން އެ ހުވަފެނުގައި ކުރީގެ ލޯބިވެރިޔާ އާ އެކު މިހާރުގެ ބައިވެރިޔާ އަށް ބޭވަފާތެރިވެވޭ ކަހަލަ ކަމެއް ވާތަން ފެންނަ ނަމަ މި ހާސްކަމެއް މާ ބޮޑު ވެދާނެ އެވެ.

ހުވަފެން ތައުބީރުކުރާ ނަފްސާނީ އެކްސްޕާޓުން ގަބޫލުކުރާ ގޮތުގައި، ކުރިން އުޅެފައި ހުރި ގޮތަކުން ތިމާ އެކަމަކާ މެދު ލަދުގަނެ ދެރަވާ ކަމެއް ކޮށްފައި ހުރިނަމަ މި ފަދަ ހުވަފެނެއް ފެނުން ގާތެވެ. އެހެންވީމަ، މިހާރު އުޅޭ ބައިވެރިއަކަށް ތިމާގެ ފުށުން ދެރައެއް ދެވިދާނެއޭ ވިސްނި އެކަހަލަ ހިޔާކު ސިކުނޑީގައި އެނބުރޭނަމަ ވެސް މިފަދަ ހުވަފެނެެއް ފެނުން އެކަށީގެންވެ އެވެ.

އެހެންވީމަ މިފަދަ ހުވަފެނެއް ފެނިއްޖެ ނަމަ، ކަންބޮޑުވާ ނުވަތަ "ގިލްޓީ" ވާ އެފަދަ ކަމެއް ހުރި ނަމަ އެކަމެއް ދެނެގަނެ، ހުވަފެން އެ ފެނުނު ސަބަބު ހޯދައިގަނެވިދާނެ އެވެ.

އިތުބާރުކުރަންވީ ނިދީގައި ފެންނަ ހުވަފެނަކަށް ނޫނެވެ. އެބުނާ "ގަޓް ފީލިން" އަށް އިތުބާރު ކުރުމުން ތިމާގެ ހިތް އޮތް ދިމާ އެނގޭނެ އެވެ. އެގޮތަށް ފެންނަ ހުވަފެނެއްގައި ފެންނަ އެއްވެސް ކަމަކީ މާ ބޮޑަށް ކަންބޮޑުވެ ހާސްވާންވީ ވަރުގެ ކަމެއް ނޫނެވެ.

ފަހުގެ ޚަބަރު

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

މީހަކަށް ހަމަލާދިނުމުން ކްރިސް ބްރައުންއަށް ޖަލު ހުކުމެއް

ލަންޑަނުގެ ނައިޓްކްލަބެއްގައި މީހަކަށް ހަމަލާދިން މައްސަލައިގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސް ބްރައުންގެ މައްޗަށް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ހުކުމް ތަންފީޒުކުރުން 12 މަހަށް ފަސްކޮށްފިއެވެ. މި މާރާމާރީގައި ބައިވެރިވި އޭނާގެ ވޯކަލް ކޯޗަށް ވެސް ހަތަރު މަހުގެ ސަސްޕެންޑަޑް ހުކުމެއް އިއްވާފައިވާއިރު، ކޯޓުން ވަނީ މި ދެ މީހުން 1,500 ޕައުންޑުން ޖޫރިމަނާކުރުމަށް ވެސް އަމުރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox