ލޯބި އެންމެ ލޯބީ އަނިޔާއާ އެކުވީމައެއް ނޫނެވެ.

ލޯބި އެންމެ ލޯބީ އަނިޔާއާ އެކުވީމައެއް ނޫނެވެ.

ނަފްސާނީ އަނިޔާ އަކީ ކޮބައި ހެއްޔެވެ. ނަފްސާނީ އަނިޔާގެ ތެރޭގައި ހަޑިއެއްޗެހި ކިޔާ ހުތުރު ނަންނަމުން މީހަކާ މުހާތަބު ކުރުމާއި އެކި ކަހަލަ އިންޒާރު ދިނުން ހިމެނެ އެވެ. އަބަދުވެސް ދަށްކޮށްލުމާއި ނިކަމެތިކަން އިހުސާސް ކުރެވޭ ގޮތަށް މީހެއްގެ އަމަލުތަކާއި ވާހަކަ ހުރުމާއި ތަކުރާރުކޮށް ކުޑައިމީސްކުރުމުގެ އެކި ބާވަތުގެ އެކި ގިންތީގެ އެކިވަރުގެ އަމަލުތަކެވެ.

ނަފްސާނީ އަނިޔާކުރާ ލޯބިވެރިއެއް ނުވަތަ ހަޔާތުގެ ބައިވެރިޔަކު ދުވަސްކޮޅެއް ވާންދެން ތިބާ ދެކެ ލޯބިވާ އޯގާތެރިއެއް ކަމަށް ހެދިގެން އުޅެފައި ކުއްލިޔަކާ ދުރުވެދާނެ އެވެ. މިކަމާ މެދު ސުވާލު ކުރާ ހިސާބުން މިވެނި ކަމެއް ނުކުރާތީ އޭ ބުނެ ކަމަކަށް ޑިމާންޑުކޮށް ބިރުދައްކާ ބޮލަށް ސަވާރުވެގެން ކަންކަން ހާސިލްކުރަން މަސައްކަތްކޮށްފާނެ އެވެ. މި ފަދަ މީހަކު ތިބާގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ކޮންޓުރޯލުކޮށް ފާރަލާން މަސައްކަތް ކޮށްފާނެ އެވެ. އާއިލާއާއި ރަހުމަތްތެރިންނާއި ދެމެދަށް ވަދެ ދޭތެރެ ޖައްސާ ގުޅުން ގޯސްކުރަން މަސައްކަތްކޮށްފާނެއެވެ. މީގެ ބޭނުމަކީ ކޮންޓްރޯލުކޮށް އަޅުވެތި ކުރުމެވެ. މިއީ ލޯބިވާތީ ކުރާކަމެއް ކަމަށް ހީކުރުމަކީ ވަރަށް ބޮޑު ކުށްހީއެކެވެ. ސުމާރެއް ނެތް ވަރަށް ދޮގު ހެދުމަކީވެސް މި ފަދަ މީހުން އާންމުކޮށް ކުރާ ކަމެކެވެ.

ނަފްސާނީ އަނިޔާ ހިމެނޭ މައްސަލަ ބޮޑު ގުޅުންތަކުން ވަރަށް ގިނަފަހަރަށް ފެންނަ އެއް ސިފައަކީ އިމޯޝަނަލް ކޯޑިޕެންޑެންސީ އެވެ. އަމިއްލަ ޒަމީރު ގަބޫލު ނުކުރާ ކަންކަމާއި މީހާގެ މިޒާޖާއި ޝަހުސިއްޔަތާ ނުގުޅޭ ކަންކަން ލޯބިވާ މީހަކަށްޓަކައި ކޮށްފާނެ އެވެ. ކޮންމެ ފަދަ ބޮޑު އަގެއް ދައްކައިގެން ވިޔަސް ގުޅުން ދެމެހެއްޓުމަށެވެ. އެއީ އަމިއްލަ ނަފްސު ނުރައްކަލުގެ ތެރެޔަށް ވައްޓާލުމެވެ. އަމިއްލަ އިހުސާސްތަކަށް ފުރަގަސް ދިނުމެވެ. ހުރިހާ ކަމެއްގައި ބައިވެރިޔާގެ އިހުސާސްތައް އިސްކުރުމެވެ. ބައިވެރިޔާ ގުޅުން ކަނޑާލަފާނެއޭ ހީވާލެއް ބޮޑުކަމުންނެވެ. ތިމާއަށް ގެއްލުން ވިޔަސް ބައިވެރިޔާ ރުއްސުމަށާއި ބައިވެރިޔާއަށް ދިމާވާ ކޮންމެ މައްސަލައެއް ހައްލުކޮށްދިނުމަކީ އަމިއްލަ ޒިންމާއެއް ކަމުގައި ދެކެގެންނެވެ. ސައިކޮލޮޖިސްޓް ޖޫލިއާ ކްރިސްޓީނާ އިމޯޝަނަލް ކޯޑިޕެންޑެންސީ ސިފަ ކުރަނީ މި ދަންނަވާލެވުނު ގޮތަށެވެ.

Advertisement

ޖޫލިއާ ކްރިސްޓީނާ ދެކޭ ގޮތުގައި އެހެން މީހުން ކޮންމެހެންވެސް ތިމާއަށް ބޭނުންވުމަކީ ތިމާއަށް ލާޒިމު ކަމަކަށް ވުމަކީ ކޯޑިޕެންޑެންސީގެ މައިގަނޑު ސިފައެކެވެ. މިފަދަ މީހުންނަށް ތިމާއަކީ އެއްވެސް އަގެއް ހުރި މީހެއް ކަމުގެ އިހުސާސް ކުރެވެނީ އެހެން މީހުންގެ މައްސަލަ ހައްލުކޮށްދީގެންނެވެ. ކޮންމެ އެދުމެއް ފުއްދައި ދީގެންނެވެ. އެހެން ނޫންނަމަ މުޅިން ބޭކާރު މީހެއް ކަމުގެ އިހުސާސް ތިމާއަށް ކުރެވެ އެވެ. މިއީ ދެމެހެއްޓެނިވި އަދި ފައިދާ ހުރި ކަމެއް ނޫންކަންވެސް ސައިކޮލޮޖިސްޓުން ފާހަގަ ކުރެ އެވެ. މީގެ ސަބަބުން ލިބިދާނެ ގެއްލުންތަކުގެ ތެރޭގައި އަނިޔާ ކުރާ ބައިވެރިއެއްގެ އަނިޔާ ސިއްރުކޮށްގެން ހުރުން ހިމެނެއެވެ.

ކޯޑިޕެންޑެންޓް މީހަކަށް ވާން މެދުވެރިވާ އިތުރު ސަބަބުތަކުގެ ތެރޭގައި ބޮޑުވެގެން އަންނައިރު މައިންބަފައިންނާ އޮތް ގުޅުން ގޯސްވުމާއި އާއިލީ މައްސަލަތަކެއް ތެރޭ ބޮޑުވުމާއި މައިންބަފައިންނަކީ ހަރުދަނާ ކަމެއް ނެތް އަމިއްލަ އެދުން ބޮޑު އަޅާލުން ކުޑަ ބަޔަކަށް ވުން ހިމެނެ އެވެ. މީގެ އިތުރުން އާއިލާގެ ފަރާތުން ނަފްސާނީ، ޖިސްމާނީ އަދި އެނޫންވެސް އަނިޔާ ލިބިފައިވުމަކީ ކޯޑިޕެންޑެންޓް މީހަކަށް ވާން މެދުވެރި ވެދާނެ ކަމެކެވެ. އިމޯޝަނަލް ކޯޑިޕެންޑެންސީ އަކީ ބައްޔެއް ނޫނެވެ. މިޒާޖުގައި ހުންނަ ކަމެކެވެ. މިކަން ފިލުވާލުމަށް އުނދަގޫ ނަމަ ތެރަޕިސްޓެއްގެ އެހީ ހޯދިދާނެ އެވެ.

ކުދިން ތަރުބިއްޔަތު ކުރާ އިރު ހަމައެކަނި ބުނާބަސް އަހަން ކުދިން ތަރުބިއްޔަތު ކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ. "ބުނާ ބަސްއެހުން" އެއީ ރަނގަޅުވުމާއި ދާދި އެއް މާނައެއް ދިވެހިންނަށް ދޭހަވާ ބަހެކެވެ. ބުނާބަސް އަހާއިރު ބަސްބުނާ މީހާ ބަދަލުވެއްޖެ ނަމަ ވާނީ ކިހިނެއްތޯ އެވެ. ބުނާބަސް އަހާއިރު އަހަނީ އަނިޔާކުރާ ލޯބިވެރިއެއް ނުވަތަ އެކުވެރި މިޒާޖެއްގެ ކަންމަތީ ޑުރަގު ޑީލަރުގެ ބަހަށް ވެއްޖެނަމަ ދެން ވާނީ ކިހިނެއްތޯ އެވެ. އަމިއްލަ ވިސްނުން ބޭނުންކުރަން ނޭނގޭ ބަސްއަހާ ކިޔަމަންވާ "ޑުރޯން" އެއްގެ މިސާލަށް ދަރިފުޅު ނުފެތޭނެ ގޮތަކަށް ތަހުޒީބުކުރުމަށް އިސްކަންދިނުމަކީ މުހިންމުކަމަށް ވަނީ އެހެންވެ އެވެ.

ދަރިން ތަރުބިއްޔަތު ކުރުމާ މެދު، ވަކިން ހާއްސަކޮށް އަންހެން ދަރިން ތަރުބިއްޔަތު ކުރުމާމެދު ބައެއް މީހުން ވިސްނުން ހުންނަ ގޮތަކީ ކިޔަމަންތެރި ބަސްއަހާ ގެވެހި ކުއްޖަކަށް ހެދުމަށް އެކަންޏެވެ. އެޔަށް ފަހު ފިރިމީހާ ބަސްއަހައިގެން އުޅުމަށް ފިރިމީހާއާ ހަވާލު ކުރުމަށެވެ. މައިންބަފައިންގެ ބަސްއަހާ މައިންބަފައިންނަށް ބަރޯސާވެގެން އުޅުނު ގޮތަށް ފިރިމީހާގެ ބަސް އަހައި ފިރިމީހާއަށް ބަރޯސާވެގެން އުޅުމަށެވެ. މީގެ ބަދަލުގައި އަމިއްލަ ވިސްނުން ބޭނުންކުރުމަށާއި އެއްވެސް މީހެއްގެ ފަރާތުން އަނިޔާއާއި ކުޑައިމީސްކުރުމާއި ދަށްކޮށްލުން ބަލައިނުގަތުމަށް ކުދިން ތަރުބިއްޔަތު ކުރުމަކީ އެކުދިން ރައްކާތެރިކަމަށްޓަކާ ކުރުން މާ ފައިދާ ހުރި އަދި ހަމަޖެހޭ ކަމެކެވެ. މިކަން ކުރަން ޖެހެނީ ކުދިން ބޮޑުވުމުން އެކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ. ކުޑަކުދިންނަށް އޮންނަ ހާއްސަ ރައްކާތެރިކަން އޮންނަނީ ކުޑަކުއްޖެއްގެ ގޮތުގައި ހުންނަ އިރު އެވެ.

އާއިލާގެ ފަރާތުން ދަރިންނަށް ނަފްސާނީ އަނިޔާއާއި ކުޑައިމީސްކުރުން ފަދަ ކަންކަމާ ދިމާވާނަމަ އެހެން މީހުންގެ ފުށުން އެކަންކަން ދިމާވުމަކީ ވެސް މައްސަލައެއްކަން ނޭނގުމަކީ ވެދާނެ ކަމެކެވެ. ދަރިންނަށް އިހުތިރާމު ކުރުން މުހިންމުވާ އެއް ސަބަބަކީވެސް މިއީ އެވެ. އެކުދިންނަކީ އަގެއް ނެތް އަދި ދަށުދަރަޖައިގެ ބަޔެއް ކަމުގެ އިހުސާސް ކުރެވޭ ގޮތަށް ކަންތައް ނުކުރުމެވެ. އެކުދިން އަގުވެއްޓޭ އަދި ލަދުގަންނަ ގޮތަށް ކަންތައް ނުކުރުމެވެ. އެހެން ކުދިން ކުރިމަތީ ކުއްޖަކަށް އެއްޗެހި ކިޔާ ފަލީހަތް ނުކުރުމެވެ. އެކުދިން ދެރަވާ ކަހަލަ މަލާމާތް ނުކުރުމެވެ. އެ ކުދިންނާ ހުތުރު ބަހުން ވާހަކަ ނުދެއްކުމެވެ. ރީތިކޮށް އޯގާތެރިކަމާ އެކު ވާހަކަ ދެއްކުމެވެ. ދަރިންނަށް އިހުތިރާމް ނުކުރާނަމަ ދަރިންގެ އިހުތިރާމް ނުލިބިދާނެ އެވެ. ނޫނީ އިހުތިރާމަކީ ކޯއްޗެއް ކަންވެސް ނޭނގޭ އަމިއްލަ ނަފްސަށް އިތުބާރު ނުކުރާ ބަޔެއްގެ ގޮތުގައި ކުދިން ބޮޑެތި ވެދާނެ އެވެ.

ނަފްސާނީ އަނިޔާކުރާ މީހަކަށް އެހީވެ އެފަދަ މީހަކު ރަނގަޅު މީހަކަށް ހަދަން ބޭނުންނަމަ އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އަނިޔާ ކުރަން ފުރުސަތު ނުދިނުމެވެ. އެފަދަ މީހުންގެ ވާހަކަ ގަބޫލު ނުކުރުމެވެ. ތިބާގެ އަމިއްލަ ނަފްސަށް އިތުބާރު ކުރުމެވެ. އެފަދަ މީހަކަށް ތިބާގެ ދިރިއުޅުން ކޮންޓުރޯލު ކުރަން ފުރުސަތު ނުދިނުމެވެ. އެންމެ އިސްކަމެއް ދޭންވީ ތިމާގެ ސަލާމަތާއި ރައްކާތެރިކަން ހޯދުމަށެވެ. އެހެން މީހަކަށް އެހީވުމުގެ ހިޔާލު ގެންގުޅެންވާނީ އޭގެ ފަހުންނެވެ. އެންމެ އެކަށީގެންވާ ގޮތުގައި އެހީތެރިވެވޭނީ ވެސް އަމިއްލަ މިނިވަންކަމާއި ރައްކާތެރިކަން އޮވެގެންނެވެ.

އެއްވެސް މީހެއްގެ ފަރާތުން ޖިސްމާނީ އަނިޔާ ލިބޭނަމަ ނުވަތަ އަނިޔާ ދޭނެ ކަމުގެ އިންޒާރުދީ ބިރު ދައްކާ ނަމަ ކަމާބެހޭ ފަރާތަށް މައްސަލަ ރިޕޯޓު ކުރާށެވެ. އެފަދަ މީހަކު ރަނގަޅުވާނެ ކަމުގެ އުންމީދުގައި ރަނގަޅުވާނެ ހާ ދުވަހެއް ވާނދެން ކެތްކޮށްގެން ހުރުމަކީ ކޮންމެ ފަދަ ދެރަ ގޮތެއް ވެސް މެދުވެރި ވެދާނެ ކަމެކެވެ. އެފަދަ މީހަކު އިސްލާހު ވާނީ ކޮން ދުވަހަކުން ކަމެއް ނުވަތަ ދުވަހަކުވެސް އިސްލާހުވާނެ ކަމެއް އިންސާނަކަށް ނޭނގޭނެ އެވެ.

ޖިސްމާނީ އަނިޔާ ކުރުމާއި އަނިޔާ ދޭނެ ކަމައް ބުނެ އިންޒާރު ދިނުމާއި ކުޑަކުއްޖަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ދިނުމަކީ ވަރަށް ސީރިއަސްކޮށް ނަގަން ޖެހޭ ކަންކަމެވެ. ކުޑަ ކުއްޖަކަށް އިންޒާރުދީ ބިރު ދައްކާ ހުތުރު ބަހުން މުހާތަބު ކުރުމަކީ ސީރިއަސް ކުށެކެވެ. ދަރިންނަށް މައިންބަފައިން އިހުމާލު ވުމަކީވެސް ކުޑަ ކަމެއް ނޫނެވެ. މި ބާވަތުގެ އެއްވެސް ކަމެއް ހިނގާކަން އެނގޭނަމަ ކަމާބެހޭ ފަރާތަށް ރިޕޯޓު ކުރުން މުހިންމެވެ.

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox