ޔޫކްރެއިނުގައި ތާށިވި ހުރިހާ ދިވެހިން ސަލާމަތްކޮށްފި

ޔޫކްރެެއިން ހަނގުރާމައިގެ ތެރެއިން: އެ ގައުމުގައި ތާށިވި ހުރިހާ ދިވެހިން މިހާރު ގައުމުން ނެރެފި -- ފޮޓޯ: އޭއެފްޕީ

ޔޫކްރެެއިން ހަނގުރާމައިގެ ތެރެއިން: އެ ގައުމުގައި ތާށިވި ހުރިހާ ދިވެހިން މިހާރު ގައުމުން ނެރެފި -- ފޮޓޯ: އޭއެފްޕީ

ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދޭން ފެށިއިރު އެ ގައުމުގައި ތިބި 24 ދިވެހިންގެ ތެރެއިން ބާކީ ތިބި ނުވަ މީހުން ވެސް ރެ ދަންވަރު އެ ގައުމުން ނެރެފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި އޮތީ ހާރްކީވްގައި ތިބި އަށް މީހުންނާއި ޑިނީޕްރޯގައި ހުރި ދިވެހި މީހާ ރޭ ދަންވަރު ހަންގޭރީއަށް ގެންގޮސްފައިވާ ކަމަށެވެ. އެހެންކަމުން ޔޫކްރެއިނުގައި މިހާރު ދިވެއްސަކު ނުހުންނާނެ އެވެ.

"މިހާ ބޮޑު ކާރިސާއެއްގައި، ކެތްތެރިކަމާއި މެޗުއަރިޓީ ދެއްކި ކަމަށްޓަކައި ދިވެހި ޒުވާން ކިޔަވާ ކުދިންނަށް އަޅުގަނޑު ސާބަސް ދެން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދުގެ ޓުވީޓުގައި ވިދާޅުވީ ހާރްކީވްގައި ތިބީ ފަސް ކިޔަވާ ކުދިންނާއި ތިން މީހުންގެ އާއިލާއެއް ކަމަށެވެ. ހާރްކީވުން އެމީހުން ނެރުނީ އަންގާރަ ދުވަހެވެ. އެއިރު އެ ސިޓީގައި ވަރަށް ގަދަޔަށް ދިޔައީ ހަނގުރާމަ ކުރަމުންނެވެ.

އެންމެ ފުރަތަމަ ޔޫކްރެއިނުން ނެރުނު 15 ދިވެހިން ގެންދިޔައީ ހަންގޭރީގެ ބުޑަޕެސްޓަށެވެ. އެ މީހުން ބުޑަޕެސްޓަށް ދިޔައީ ޔޫކްރެއިން/ހަންގޭރީ ބޯޑަރު ކައިރި ހުންނަ ހަންގޭރީ ކޮންސިއުލޭޓަށް ގޮސް، އެތަނުން ޑިޕްލޮމެޓިކް ވެހިކަލްތަކުގަ އެވެ.

ރޭ އެ ގައުމުން ސަލާމަތްވި މީހުން ވެސް ގެންދާނީ ބުޑަޕެސްޓަށް ކަމަށް ބެލެވެ އެވެ. އަދި އެމީހުން ވެސް ޔޫކްރެއިނުން ނެރުނީ ޑިޕްލޮމެޓިކް ވެހިކަލްތަކުގައި ކަމަށް ބެލެވެ އެވެ. އެންމެ ފުރަތަމަ ހަންގޭރީއަށް ގެންދިޔަ 15 ދިވެހިން މިހާރު ތިބީ ރާއްޖޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox