ޔޫކްރެއިންގައި ބާކީ ތިބި ނުވަ ދިވެހިން ވެސް ރައްކާތެރިކަމާއެކު ހަންގޭރީ ބޯޑަރު ކައިރިއަށް

ޔޫކްރެއިން އަދި ހަންގޭރީ ގުޅޭ ބޯޑަރުގައި ކާރުތަކެއް މަޑުކޮށްގެން. - -- ފޮޓޯ:

ޔޫކްރެއިން އަދި ހަންގޭރީ ގުޅޭ ބޯޑަރުގައި ކާރުތަކެއް މަޑުކޮށްގެން. - -- ފޮޓޯ:

ރަޝިޔާ އިން ހަމަލާ ދޭން ފެށުމާއެކު ވަރުގަދަ ހަނގުރާމައެއް ކުރަމުން އަންނަ ޔޫކްރެއިންގައި ތާށިވެފައި ތިބި ނުވަ ދިވެހިން ވެސް ރައްކާތެރިކަމާއެކު ހަންގޭރީގެ ބޯޑަރު ކައިރީގައި އޮންނަ ހުޅަނގު ޔޫކްރެއިންގެ ސިޓީއެއް ކަމަށްވާ ލިވީވްއަށް ގޮސްފި އެވެ.

ޖުމްލަ 50 އަށްވުރެ ގިނަ ދިވެހިން ދިރިއުޅެމުންދިޔަ ޔޫކްރެއިންގައި މިވަގުތު ތާށިވެފައި ތިބީ ނުވަ ދިވެހިންނެވެ. އެއީ ރަޝިއާގެ ބޯޑަރާ އެންމެ ކައިރީގައި އޮންނަ ހާރްކީވްގައި ތިބި އަށް ދިވެހިންނާއި ނީޕްރޯގައި ހުރި ދިވެއްސެކެވެ.

އިއްޔެ ހުޅަނގު ޔޫކްރެއިންގައި އޮންނަ ލިވީވްއަށް އެ މީހުން ދަތުރު ފެށިއިރު މިއަދު ފޮރިން މިނިސްޓްރީން ވަނީ އެ ނުވަ ދިވެހިން ވެސް ރައްކާތެރިކަމާއެކު އެ ސިޓީއަށް ގޮސްފައިވާކަން ކަށަވަރު ކޮށްދީފަ އެވެ. އެ އެންމެން ވެސް ދަތުރުކުރީ ރޭލުންނެވެ.

"މިއަދު ބޯޑަރު ހުރަސްކޮށް ހަންގޭރީއަށް އެތެރެވުމުގެ ދަތުރު އެމީހުން ފަށާނެ. ލިވީވް އިން ދާނީ ހަންގޭރީގެ ކޮންސިއުލޭޓަށް. މިނިސްޓްރީން ވަނީ ފަސޭހަކަމާއެކު ހަންގޭރީގެ ބޯޑަރު ހުރަސް ކުރުމަށް އިންތިޒާމްތައް ހަމަޖައްސާފައި،" ފޮރިން މިނިސްޓްރީން މައުލޫމާތު ދިނެވެ.

ހަންގޭރީގެ ފޮރިން މިނިސްޓަރާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ދެ ބޭފުޅުން ވަނީ އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. ހަންގޭރީއަށް އެތެރެވުމާއެކު ފޮރިން މިނިސްޓްރީގެ ޓީމުން އެ ދިވެހިންނާ ބައްދަލުކުރާނެ އެވެ.

ހަމަލާތައް ފެށުނު ދުވަސްވަރު ޔޫކްރެއިނުގައި ތާށިވި ދިވެހިން ވެސް ގެނައީ ހަންގޭރީ މަގުންނެވެ. ހަންގޭރީ އަކީ ޔޫކްރެއިންގެ ހުޅަނގުން އެގައުމާ އިންވެގެން އޮންނަ ގައުމެކެވެ.

އެ ގައުމުގެ ވެރިރަށް ކިއޭވް ކައިރީގައި ދިރިއުޅެމުން ދިޔަ ދިވެހި ވެސް ވަނީ ބޯޑަރު ހުރަސްކޮށް ހަންގޭރީއަށް އެތެރެވެފަ އެވެ. އެެއީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔޫކްރެއިންގެ ރައްޔިތަކާއި އެ ދެމަފިރިންގެ ކުޑަ ދެ ކުދިން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ޔޫކްރެއިނު ހިފުމަށް ރަޝިޔާ އިން ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 1000 އެއްހާ މީހުން މަރުވެފައިވާ ކަމަށް ލަފާ ކުރެ އެވެ. ޔޫކްރެއިނުގެ ބޮޑެތި ހުރިހާ ސިޓީއަކަށް ރަޝިޔާއިން ދަނީ ވަރަށް ބޮޑަށް ހަމަލާދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox