ޓެރަރިޒަމްގެ ބައެއް މައްސަލަތައް ދަށު ކޯޓުން ބަލައިނުގަތް މައްސަލަ އިސްތިއުނާފްކޮށްފި

ހައި ކޯޓުގެ ބޭރުން ނަގާފައިވާ ފޮޓޯއެއް: އެ ބާވަތުގެ 13 މައްސަލައެއް މިވަގުތު ހައި ކޯޓުން ދަނީ ބަލަމުން -- ފޮޓޯ: ފައިލް

ހައި ކޯޓުގެ ބޭރުން ނަގާފައިވާ ފޮޓޯއެއް: އެ ބާވަތުގެ 13 މައްސަލައެއް މިވަގުތު ހައި ކޯޓުން ދަނީ ބަލަމުން -- ފޮޓޯ: ފައިލް

އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ނުވަތަ އަމީރު ކަމަށް ބުނާ ޓެރަރިޒަމްގެ ތުހުމަތުކުރެވޭ ޏ. ފުވައްމުލައް، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްސަލައިން ނުކުތް ގާނޫނީ މައްސަލައަކާ ގުޅޭ އަޑުއެހުމެއް ހައި ކޯޓުގައި އިއްޔެ ބާއްވައިފި އެވެ.

އަމީންގެ މައްސަލައިން ނުކުތް ގާނޫނީ މައްސަލައަކީ ކުށުގެ ތުހުމަތުގައި ބަންދުކުރަން ހާޒިރުކުރާ މީހުން ދޫކޮށްލަން ކޯޓުން އަމުރުކުރުމާއެކު އެ ނިންމުން އިސްތިއުނާފްކުރަން އޮންނަ މުއްދަތާ ގުޅޭ މައްސަލައެކެވެ. ހައްޔަރުކުރި ތާރީހުން ފެށިގެން 30 ދުވަސްތެރޭގައި ދައުލަތުން އަމީންގެ މައްޗަށް ދައުވާ އުފުލާފައި ނުވާތީ ހައި ކޯޓުން ވަނީ އޭނާ ދޫކޮށްލަން ހުކުމްކޮށްފަ އެވެ. ނަމަވެސް, ފާހަގަވާ ކަމަކީ ޓެރަރިޒަމް ގާނޫނުގެ ދަށުން އެފަދަ މައްސަލަތަކުގައި ދައުވާ އުފުލަން ދައުލަތަށް 45 ދުވަސް ލިބިދީފައިވާ ކަމެވެ.

އެ ގާނޫނީ މައްސަލަ ފެންމަތިވިވީ ސެޕްޓެމްބަރު 16، 2021 ވަނަ ދުވަހު ހައި ކޯޓުން އަމީން ދޫކޮށްލަން ނިންމި އަމުރާ ގުޅިގެންނެވެ.

އެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ހައި ކޯޓުން އަމީން ދޫކޮށްލަން ނިންމި ނިންމުން އަލުން ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. އަދި ސުޕްރީމް ކޯޓުން ވަނީ އެ މައްސަލައިގައި ހައި ކޯޓުގެ ނިންމުން ގޯސްކަމަށް ނިންމައި އަމީން އަލުން ބަންދުކުރަން ނިންމައިފަ އެވެ.

އަމީން މިހާރު ހުރީ ބަންދުގަ އެވެ. ނަމަވެސް ހައި ކޯޓުން އެ މައްސަލައިގައި 30 ދުވަސް ތެރޭ އިސްތިއުނާފް ކުރަން ޖެހޭނެ ކަމަށް ބުނުމުން، ކްރިމިނަލް ކޯޓުން ވަނީ އެ ނިންމުމާ އެއްގޮތަށް އެތައް މައްސަލައެއްގައި ނިންމައިފަ އެވެ.

އެއީ ސުޕްރީމް ކޯޓުން އަމީން ދޫކޮށްލީ ގޯސްކޮށް ކަމަށް ނިންމި ފަހުންނެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ ރެޖިސްޓްރާ ވަނީ 30 ދުވަސް ފަހުން ދައުވާ އުފުލި މައްްސަލަތައް ބަލައިނުގަންނަން ނިންމައިފަ އެވެ. ނަމަވެސް ޕީޖީން ވަނީ 45 ދުވަސް ތެރޭ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ގާނޫނުން ޕީޖީއަށް ލިބިދީފައިވާ ކަމަށް ބުނެފަ އެވެ.

ކްރިމިނަލް ކޯޓުގެ ރެޖިސްޓްރާ އެ މައްސަލަތައް ނުބަލަން ނިންމުމުން ޕީޖީން ވަނީ އެ މައްސަލަތައް އިސްތިއުނާފްކުރުމަށް އޮންނަ 10 ދުވަހުގެ މުއްދަތުގެ ތެރޭގައި އިސްތިއުނާފަށް ހުށަހަޅާފަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަތައް ނުބެލުމަށް ނިންމައިފަ އެވެ. އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވެސް ނިންމީ ހަމަ އެފަދައިންނެވެ.

ޕީޖީން އެ މައްސަލަތައް ހައި ކޯޓަށް އިސްތިއުނާފަށް ހުށަހެޅިއިރު، ރެޖިސްޓްރާގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހެޅި އެ މައްސަލަތަކުގެ އަޑުއެހުމެއް އިއްޔެ ވަނީ ބާއްވައިފަ އެވެ. ގާނޫނީ ނުކުތާއެއްގެ މައްޗަށް ބިނާކޮށް ހުށަހެޅި އެ މައްސަލަައިގައި ޖުމްލަ 18 މައްސަލަ ހިމެނެ އެވެ.

އޭގެ ތެރޭގައި ރަހީނުކޮށްގެން ބްލެކްމެއިލްކުރުމުގެ މައްސަލައެއް ވެސް ހިމެނޭއިރު، އިތުރު ސީރިއަސް މައްސަލަތަކެއް ވެސް ހިމެނޭކަމަށް ޕީޖީން ބުނެ އެވެ. އެ ހުރިހާ މައްސަލައަކަށް ވެސް ހައި ކޯޓުން ނިންމާނީ އެއް ނިންމުމެކެވެ. އެއީ ގާނޫނީ އެއް ނުކުތާގެ މައްޗަށް ބިނާވާ މައްސަލަތަކަކަށްވާތީ އެވެ.

އެ ގާނޫނީ ނުކުތާއާ ގުޅޭ ގޮތުން ހައި ކޯޓުގައި އޮތް އަޑުއެހުމުގައި ޕީޖީގެ ފަރާތުން ހުށަހެޅީ އެ މައްސަލަ އެކްސް ޕާޓޭ ކޮށް ނުވަތަ މައްސަލައިގަ ހިމެނޭ އެއް ބަޔަކު ހިމެނޭހެން އެ ގާނޫނީ ނުކުތާ އޮޅުންފިލުވައިދީ އެކަމުގައި އަމަލުކުރަން އޮންނަ ކޯޓުން ސާފުކޮށްދިނުމަށެވެ.

ޕީޖީން ހައި ކޯޓުގައި ފާހަގަކުރީ, އެ ނިންމުމަކީ ރާއްޖޭގެ އެންމެ މަތީ ކޯޓު ކަމުގައިވާ ސުޕްރީމް ކޯޓުން ބާތިލުކޮށްފައިވާ ނިންމުމަކަށްވާތީވެ، އެ ނިންމުމަށް ކްރިމިނަލް ކޯޓުން އަމަލުކުރުމުގެ ޖާގައެއް ނޯންނާނެ ކަމެވެ.

ޕީޖީން އެދުނީ އެ ނިންމުމަށް ބަރޯސާވެ ކްރިމިނަލް ކޯޓުގެ ރެޖިސްޓްރާ ބަލައިނުގަންނަން ނިންމި 18 މައްސަލަ ބަލައިގަތުމާމެދު ގޮތެއް ނިންމުމަށެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ހުއްޖަތަކީ ސުޕްރީމް ކޯޓުން އަމީންގެ މައްސަލައިގައި ހައި ކޯޓުގެ ނިންމުން ބާތިލުކުރިއިރު، ދައުވާގެ މުއްދަތާ ގުޅޭ ގޮތުން އޮންނަ ބައި އެ ބާތިލުކުރި ނިންމުމުގައި ހިމަނާފައިވާނުވާ ކަމެވެ. ނަމަވެސް ޕީޖީން ވަނީ ސުޕްރީމް ކޯޓުން އެ މައްސަލަ ބާތިލުކޮށްފައިވަނީ މުޅި މައްސަލައަށް ރިއާޔަތްކުރުމަށްފަހު ކަމަށް ބުނެފަ އެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން ހައި ކޯޓުގެ އެ ނިންމުމުގެ މުއްދަތާ ގުޅޭ ބަޔަށް ވެސް ރިއާޔަތްކުރަން ނުޖެހޭނެ ކަމަށް ޕީޖީން ބުނެ އެވެ.

ޕީޖީން އިއްޔެގެ އަޑުއެހުމުގައި އިތުރަށް ބުނީ ހައި ކޯޓުން އެފަދަ މައްސަލަތަކުގައި ދައުވާ އުފުލަން 45 ދުވަސް މީގެ ކުރިން ވެސް ދީފައި އެބަ ހުރި ކަމަށާއި އެ "ޕްރެސިޑެންޓް" ގެ ދަށުން ކްރިމިނަލް ކޯޓުން ވެސް އަމަލުކުރަން ލާޒިމުވާނޭ ކަމަށެވެ.

އެ މައްސަލައިގައި އިއްޔެ އޮތް އަޑުއެހުމުގައި އިސްތިއުނާފީ ނުކުތާތައް ހުށަހެޅިއިރު، ފަނޑިޔާރުން ވަނީ މައްސަލައާއި ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ. ނަމަވެސް އެކްސް ޕާޓޭކޮށް ވެސް އެ މައްސަލަ ކުރިޔަށް ގެންދިޔުމާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ ދެން އެ މައްސަލައިގައި އޮންނަ އަޑުއެހުމެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox