އަމިއްލަ މަންމައަށް އެކި ފަހަރުމަތިން ހަނގާކޮށް، ބިރު ދައްކަމުންދިޔަ ފިރިހެނަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މުހައްމަދު ޒިހުފާން ޖަލަށްލީ، އޭނާގެ މަންމައަށް ދުއްތުރާ ނުކުރުމަށް އޭނާގެ މައްޗަށް ނެރެފައިވާ އަމުރާ ހިލާފުވެ، މަންމަ ދިރިއުޅޭ ގެއަށް ގޮސް ހަޅޭއްލަވައި، ގާބުރިއަކުން ޖަހައި ބިއްލޫރިގަނޑު ތަޅާލުމުންނެވެ. ޖަލަށްލީ ހަތަރު މަހާއި 18 ދުވަހަށެވެ.
ޒިހާން ވަނީ އަމުރާ ހިލާފްވިކަން ކޯޓުގައި އިއުތިރާފްވެފަ އެވެ. އަދި އެދުނީ އަވަހަށް ހުކުމްކޮށް އަދަބު ތަންފީޒު ކުރަން ފެށުމަށެވެ. އެހެންވެ، ގާޒީ އަލީ އާދަމް އޭނާގެ މައްސަލަ ކުރިއަށް ގެންގޮސްފައި އަވަސް ނިޔާގެ ދަށުންނެވެ.
ޝަރީއަތުން އެ މައްސަލާގައި ގޮތެއް ކަނޑައަޅުމާއި ހަމައަށް ބަންދުގައި ހުރުމުން ޒިހުފާންގެ މައްޗަށް ހުކުމެއް އިއްވީ ބަންދުގައި ހުރި މުއްދަތު ކެނޑުމަށްފަހު އެވެ.













