ހުލާސާކޮށް އިއްޔެ: ޔޫކްރެއިނުން 15 ދިވެހިން ގެނައުން

ހުލާސާކޮށް އިއްޔެ: ޔޫކްރެއިނުން 15 ދިވެހިން ގެނައުން

ހަނގުރާމަ ހިނގަމުންދާ ޔޫކްރެއިންގައި ތާށިވެފައި ތިބި ދިވެހިންގެ ތެރެއިން ސަރުކާރުގެ އެހީތެރިކަމާއެކު އެ ގައުމުން ހަންގޭރީއަށް ގެންދިޔަ 15 ދިވެހި ދަރިވަރުން ރާއްޖެ ގެނައީ އިއްޔެ އެވެ.

މިދިޔަ ބުރަސްފަތި ދުވަހު ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތުމާއެކު ގިނަ އަދަދެއްގެ ދިވެހިންތަކެއް ވަނީ އެގައުމުން ރައްކާތެރިކަމާއެކު ނިކުމެވޭ ގޮތް ނުވެ ތާށިވެފަ އެވެ. ނަމަވެސް ސަރުކާރުގެ އެހީތެރިކަމާއެކު މީގެ ދެ ދުވަސް ކުރިން 15 ދިވެއްސަކު ވަނީ ޔޫކްރެއިންއިން ނެރެ ހަންގޭރީއަށް ރައްކާތެރިކަމާއެކު ގެންގޮސްފަ އެވެ.

އެ 15 ދިވެހިންނަކީ ވެސް ޔޫކްރެއިންގެ އިވަނޯވް-ފްރޭންކްވިސްކްގައި ކިޔަވަމުން ދިޔަ ދަރިވަރުންނެވެ. އިވަނޯވް-ފްރޭންކިވްސްކްއަކީ ރަޝިޔާއިން ޔޫކްރެއިންގައި ފެށި ހަނގުރާމައިގައި އެ ގައުމުން އެންމެ ފުރަތަމަ ހަމަލާތައް އަމާޒުކުރި އެއް ރަށެވެ.

އެމީހުން އިއްޔެ ރާއްޖެ ގެނެސްފައިވަނީ އެމިރޭޓްސްގެ މަތިންދާބޯޓެއްގަ އެވެ. އޭގެ ތެރޭގައި ހިމެނޭ އެއް ދަރިވަރަކު ވަނީ ރައްކާތެރިކަމާއެކު އެނބުރި ގައުމަށް އާދެވުނު ނަމަވެސް އަދިވެސް ޔޫކްރެއިންގައި ދިވެހިންތަކެއް ތާށިވެފައި ތިބީތީވެ ހިތާމަކުރާކަމަށް އިއްޔެ ބުނެފަ އެވެ.

ޔޫކްރެއިންގައި އަދިވެސް ޖުމްލަ 12 ދިވެހިން އެބަތިބި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެ އެވެ. އޭގެ ތެރޭގައި ހަނގުރާމަ އެންމެ ގަދަޔަށް ހިނގަމުންދާ ހާރްކީވްގައި އަށް ދިވެހިން އަދި ޔޫކްރެއިންގެ ވެރިރަށް ކީވްގައި ތިބި ތިން ދިވެހިން ހިމެނެ އެވެ. އޭގެ އިތުރުން ވެސް ޑްނީޕްރޯގައި އެއް ދިވެއްސަކު އަދި އެބަ ހުއްޓެވެ.

ފޮރިން މިނިސްޓްރީން ވަނީ އެ މީހުން ރައްކާތެރިކަމާއެކު ޔޫކްރެއިން އިން ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެމީހުން ތިބި ސަރަހައްދުގެ ގޮތުން އެ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ.

ޔޫކްރެއިން މައްސަލައިގެ ފަހުގެ އަޕްޑޭޓް

ރަޝިއާ އާއި ޔޫކްރެއިންގެ މަންދޫބުން ބެލަރޫސްގައި މަޝްވަރާ ކުރަން އިއްޔެ ވަނީ ފަށާފަ އެވެ. އެ މަޝްވަރާތައް ކުރިއަށް ދަނީ ޔޫކްރެއިނާއި ބެލަރޫސް ގުޅޭ ބޯޑަރު ކައިރީގަ އެވެ.

ޔޫކްރެއިންގެ މަންދޫބުން ބެލަރޫސްއަށް ދިޔައީ އިއްޔެ މެންދުރެވެ. ޔޫކްރެއިނުން ދެކޭ ގޮތުގައި މަޝްވަރާގެ އެޖެންޑާގައި ހިމެނޭ އެންމެ މުހިއްމު ކަމަކީ ހަމަލާތައް ހުއްޓުމާއި، ރަޝިއާ ސިފައިން ޔޫކްރެއިނުން ފޭބުމެވެ.

ޔޫކްރެއިން ވަފުދުގައި އިސްކޮށް ތިއްބެވީ ޑިފެންސް މިނިސްޓަރު އޮލެކްސީ ރެޒްނިކޯވް އާއި ވެރިކަން ކުރާ ޕާޓީގެ ލީޑަރު ޑޭވިޑް އަރަހާމިއާ އެވެ. އިއްޔެގެ ބައެއް ރިޕޯޓުތައް ބުނާ ގޮތުން ލޮޖިސްޓިކްސް އާއި ސެކިއުރިޓީއާ ގުޅޭ ސަބަބުތަކާ ހެދި މަޝްވަރާ ފެށުނީ ވަރަށް ފަހަރު ފަސްކުރުމަށް ފަހު އެވެ.

ހަމައެހެންމެ، ބެލާރުސް އިން ވަނީ އިއްޔެ އެ ގައުމުގައި ނިއުކްލިއާ ހަތިޔާރު ބެހެއްޓުމުގެ ހުއްދަ ރަޝިއާ އަށް ދީފަ އެވެ. އަދި، ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމުގެ ހުއްދަ ޑެންމާކްގެ ރައްޔިތުންނަށް އެބަ އޮތް ކަމަށް އެ ގައުމުހެ ބޮޑު ވަޒީރު މެޓް ފްރެޑެރިކްސަން ވިދާޅުވީ ވެސް އިއްޔެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ޕާޓީގެ އެތެރޭގެ އިންތިހާބުތަކާ ގުޅުވައި ވަކި ކެންޑިޑޭޓަކަށް ސަޕޯޓު ނުކޮށްފިނަމަ ވަޒީފާގެ ބިރުދެއްކުމުގެ ޝަކުވާތަކެއް ލިބެމުންދާ ކަމަށް ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީގެ ކެމްޕޭން ޓީމުން ބުނީ އިއްޔެ އެވެ.
  • ސުޕްރީމް ކޯޓްގެ ބައެއް ނިންމުންތައް އުވައިލުން ހިމެނޭ ގޮތުން، ކޯޓްތަކުގެ ގާނޫނަށް ބަދަލުތަކެއް ގެންނަން ސަރުކާރުން ހުށަހެޅި ބިލަކަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން ވަނީ އިއްޔެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
  • ސަރުކާރުގެ ހިއްސާ އޮންނަ ގިނަ ކުންފުނިތަކުގެ ހިންގުމަށް ބަދަލުގެންނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް ހުށަހަޅުއްވާފައިވާކަން އިނގުނީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ސުޕްރީމް ކޯޓުން ނިންމާފައިވާ ގިނަ ނިންމުންތަކެއް އުވައިލެވޭ ގޮތަށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ:

"މިއީ ސުވާލު އުފެދޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން. ސުޕްރީމް ކޯޓެއްގެ ރޫލިންއެއް އަޅުގަނޑު ހިތުން، ބާތިލުކުރަން ޖެހޭނީ ހަމަ ސުޕްރީމް ކޯޓުން. ގާނޫނެއް އަޅުގަނޑުމެން ލިޔެގެން ރޫލިން އެއް ބާތިލުކުރެެވިދާނެތޯ އެއީ އަޅުގަނޑު ސުވާލު އުފައްދާ ކަމެއް،"

ދުވަހުގެ ފޮޓޯ

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ގެ އަތޮޅު މުބާރާތުގެ ޗެމްޕިއަންކަން ހދ. ނާވައިދޫން ހޯދުން. ދ. ވައިކަރަދޫ އަތުން އެ އަތޮޅު ފައިނަލުގައި ނާވައިދޫ މޮޅުވީ 7-1 އިން. -- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ގެ އަތޮޅު މުބާރާތުގެ ޗެމްޕިއަންކަން ހދ. ނާވައިދޫން ހޯދުން. ދ. ވައިކަރަދޫ އަތުން އެ އަތޮޅު ފައިނަލުގައި ނާވައިދޫ މޮޅުވީ 7-1 އިން. -- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ގެ އަތޮޅު މުބާރާތުގެ ޗެމްޕިއަންކަން ހދ. ނާވައިދޫން ހޯދުން. ދ. ވައިކަރަދޫ އަތުން އެ އަތޮޅު ފައިނަލުގައި ނާވައިދޫ މޮޅުވީ 7-1 އިން. -- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ދިރާސާތަކުން ކިޔާލުމަށް

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox