ޔޫކްރެއިންގައި ތިބި 15 ދިވެހި ދަރިވަރުން ރާއްޖެ ގެނެސްފި

އެމިރޭޓްސްގެ މަތިންދާބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަނީ. ޔޫކްރެއިންގައި ތިބި ދިވެހިން ގެނައީ އެމިރޭޓްސްގެ ބޯޓެއްގައި މިއަދު.

އެމިރޭޓްސްގެ މަތިންދާބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަނީ. ޔޫކްރެއިންގައި ތިބި ދިވެހިން ގެނައީ އެމިރޭޓްސްގެ ބޯޓެއްގައި މިއަދު.

ހަނގުރާމަ ހިނގަމުންދާ ޔޫކްރެއިންގައި ތާށިވެފައި ތިބި ދިވެހިންގެ ތެރެއިން ސަރުކާރުގެ އެހީތެރިކަމާއެކު އެ ގައުމުން ހަންގޭރީއަށް ގެންދިޔަ 15 ދިވެހި ދަރިވަރުން މިއަދު ރާއްޖެ އައިސްފި އެވެ.

މިދިޔަ ބުރަސްފަތި ދުވަހު ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތުމާއެކު ގިނަ އަދަދެއްގެ ދިވެހިންތަކެއް ވަނީ އެގައުމުން ރައްކާތެރިކަމާއެކު ނިކުމެވޭ ގޮތް ނުވެ ތާށިވެފަ އެވެ. ނަމަވެސް ސަރުކާރުގެ އެހީތެރިކަމާއެކު މީގެ ދެ ދުވަސް ކުރިން 15 ދިވެއްސަކު ވަނީ ޔޫކްރެއިންއިން ނެރެ ހަންގޭރީއަށް ރައްކާތެރިކަމާއެކު ގެންގޮސްފަ އެވެ.

އެ 15 ދިވެހިންނަކީ ވެސް ޔޫކްރެއިންގެ އިވަނޯވް-ފްރޭންކްވިސްކްގައި ކިޔަވަމުން ދިޔަ ދަރިވަރުންނެވެ. އިވަނޯވް-ފްރޭންކިވްސްކްއަކީ ރަޝިޔާއިން ޔޫކްރެއިންގައި ފެށި ހަނގުރާމައިގައި އެ ގައުމުން އެންމެ ފުރަތަމަ ހަމަލާތައް އަމާޒުކުރި އެއް ރަށެވެ.

އެމީހުން މިއަދު ރާއްޖެ ގެނެސްފައިވަނީ އެމިރޭޓްސްގެ މަތިންދާބޯޓެއްގަ އެވެ. އޭގެ ތެރޭގައި ހިމެނޭ އެއް ދަރިވަރަކު ވަނީ ރައްކާތެރިކަމާއެކު އެނބުރި ގައުމަށް އާދެވުނު ނަމަވެސް އަދިވެސް ޔޫކްރެއިންގައި ދިވެހިންތަކެއް ތާށިވެފައި ތިބީތީވެ ހިތާމަކުރާކަމަށް ބުނެފަ އެވެ.

ޔޫކްރެއިންގައި އަދިވެސް ޖުމްލަ 12 ދިވެހިން އެބަތިބި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެ އެވެ. އޭގެ ތެރޭގައި ހަނގުރާމަ އެންމެ ގަދަޔަށް ހިނގަމުންދާ ހާރްކީވްގައި އަށް ދިވެހިން އަދި ޔޫކްރެއިންގެ ވެރިރަށް ކީވްގައި ތިބި ތިން ދިވެހިން ހިމެނެ އެވެ. އޭގެ އިތުރުން ވެސް ޑްނީޕްރޯގައި އެއް ދިވެއްސަކު އަދި އެބަ ހުއްޓެވެ.

ފޮރިން މިނިސްޓްރީން ވަނީ އެ މީހުން ރައްކާތެރިކަމާއެކު ޔޫކްރެއިން އިން ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެމީހުން ތިބި ސަރަހައްދުގެ ގޮތުން އެ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކެއް އެބަ ހުރި ކަމަށް ފޮރިން މިނިސްޓްރީން އިއްޔެ ބުންޏެވެ.

އެގޮތުން އެ ހުރިހާ އެންމެންވެސް ތިބީ ޔޫކްރެއިންގެ އިރުމަތީ ފަރާތުގެ ރަށްތަކުގައިކަމުން ރައްކާތެރިކަން ހޯދަން ހަންގޭރީއަށް ދިޔުމަށް ދިގު އަދި ނުރައްކާތެރި ދަތުރެއް ކުރަން ޖެހިދާނެކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

އަދި ހަނގުރާމަ ހިނގަމުންދާތީވެ އެއީ އެންމެ އެދެވޭ ގޮތް ނޫންކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ. ހާރްކީވްގައި ތިބި އަށް ދިވެހިން ވެސް ތިބީ އެ ރަށުގެ ބޮން ޝެލްޓަރެއްގެ ގޮތުގައި ބޭނުންކުރާ ރޭލްވޭ ސްޓޭޝަނެއްގެ ތެރޭގަ އެވެ.

ފޮރިން މިނިސްޓްރީން މިއަދު އެންމެ ފަހުން ބުނީ ކީވްގައި ތިބި ތިން ދިވެހިން ވެސް މިހާރު އަމިއްލައަށް ހަންގޭރީގެ ބޯޑަރާއި ދިމާލަށް ދަތުރުކުރަމުންދާ ކަމަށެވެ. އަދި ސަރުކާރުން ހާރްކީވްގައި ތާށިވެފައި ތިބި ދިވެހިންނަށް މާލީ އެހީތެރިކަން ދޭން ނިންމާފައިވާކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

އޭގެ އިތުރުން ވެސް އެނބުރި ރާއްޖެ އަންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ދޭން ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި ހަމައެއާއެކު ޔޫކްރެއިންގައި ތިބި ދިވެހިންނަށް ސައިކޯ ސޯޝަލް ސަޕޯޓު ދީ، ސަރުކާރުން ދަނީ ބަރާބަރަށް އެމީހުންގެ ހާލަތު ބަލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox