ޑިޕްލޮމެޓިކް ވެހިކަލްތަކުގައި 15 ދިވެހިން ހަންގޭރީއަށް ގެންގޮސްފި

ޔޫކްރެއިނުގެ ހަލާކުވެފައިވާ އިމާރާތެއްގެ ތެރެއިން ސިފައިން މީހަކު ދަނީ: މިހާތަނަށް ޔޫކްރެއިނުގެ 100 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ -- ފޮޓޯ:

ޔޫކްރެއިނުގެ ހަލާކުވެފައިވާ އިމާރާތެއްގެ ތެރެއިން ސިފައިން މީހަކު ދަނީ: މިހާތަނަށް ޔޫކްރެއިނުގެ 100 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ -- ފޮޓޯ:

ރަޝިޔާއިން ޔޫކްރެއިން ހިފުމަށް މިދިޔަ ބުރާސްފަތި ދުވަހު ހަނގުރާމަ ފެށުމާއެކު ޔޫކްރެއިނުގައި ތާށިވެފައި ތިބި ދިވެހިންގެ ތެރެއިން 15 މީހަކު ހަންގޭރީގެ ބުޑަޕެސްޓަށް ގެންގޮސްފި އެވެ.

ރާއްޖެ ގަޑިން ރޭ ދަންވަރު ބުޑަޕެސްޓަށް ގެންދިޔައީ ކުރިން އިވަނޯ-ފްރެންކިވްސްކް ގައި ތިބި ދިވެހިންނެވެ. އެމީހުން އެންމެ ފުރަތަމަ ގެންދިޔައީ ޔޫކްރެއިން/ހަންގޭރީ ބޯޑަރާ ކައިރީގައި އޮންނަ އުޒްހޯޑުގައި ހުންނަ ހަންގޭރީ ކޮންސިއުލޭޓަށެވެ. އެތަނުން ސީދާ ހަންގޭރީއަށް ދިޔައީ އެ ގައުމުގެ ޑިޕްލޮމެޓިކް ވެހިކަލްތަކުގަ އެވެ.

"އެއްވެސް މައްސަލައެއް ނުޖެހޭ އައި ވަގުތު. ތިން ވެހިކަލުގައި އަޅުގަނޑުމެން އައީ. ވެހިކަލްތައް ވެސް ނުހުއްޓުވާ. މިހާރު މިތިބީ ހޮޓަލުގައި،" ދިވެހިންގެ ޓީމުގެ ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވި މީހަކު ނޫހުގައި ނަން ނުޖެހުމަށް އެދި ބުންޏެވެ.

ޔޫކްރެއިނުގައި ބާކީ ތިބީ ނުވަ ދިވެހިންނެވެ. އޭގެ ތެރެއިން އަށް މީހުން ތިބީ ހާރްކީވްގަ އެވެ. އެކަކު ހުރީ ނިޕްރޯގަ އެވެ. އެ އެންމެން ވެސް ވީ އެންމެ އަވަހަކަށް ހަންގޭރީއަށް ގެންދިޔުމަށް ދިވެހި ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ޔޫކްރެއިނަށް ރަޝިޔާއިން ހަމަލާދޭން ފެށީ އެ ގައުމުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވިތާ ދެ ދުވަސް ފަހުންނެވެ. ރައީސްގެ އެންގެވުން އައީ ރަޝިޔާއިން ޔޫކްރެއިނަށް އަރާނެ ކަމަށް އެމެރިކާއިން ހާމަ ކުރުމާ ގުޅިިގެންނެވެ.

ހަނގުރާމައަށް މިއަދަށް ތިން ދުވަސް ވާއިރު ޔޫކްރެއިނުގެ 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އެ ގައުމުން ބުނެ އެވެ. ރަޝިޔާއިން ދަނީ ޔޫކްރެއިނުގެ ބޮޑެތި ހުރިހާ ސިޓީތަކަށް ހަމަލާދެމުންނެވެ. އޭގެ ތެރޭގައި ވެރި ރަށް ކިޔެވް ހިމެނެ އެވެ.

ޔޫކްރެއިނުގެ ފަރާތުން އެއްވެސް ބާވަތެއްގެ ނުރައްކަލެއް ނެތީސް ރަޝިޔާއިން ދުރާ ރާވައިގެން ޔޫކްރެއިން ހިފުމަށް މަސައްކަތް ކުރާތީ ދުނިޔޭގެ ގައުމުތަކުން އަންނަނީ އެކަން ކުށްވެރި ކުރަމުންނެވެ. އަދި އެމެރިކާ އާއި ހުޅަނގުން ވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އިއުލާންކޮށްފަ އެވެ. ނަމަވެސް އެއްވެސް ގައުމަކުން ޔޫކްރެއިނަށް އަސްކަރީ ގޮތުން އެހީއެއްނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox