ފިރިހެނުންނަށް ކުރާ ގެވެށި އަނިޔާގެ މައްސަލަތައް އެންމެ ގިނައީ މިދިޔަ އަހަރު

ގެވެށި އަނިޔާ ލިބިފައިވާ ފިރިހެނެއް: މިދިޔަ ހަތަރު އަހަރުތެރޭ 193 ފިރިހެނުންނަށް ގެވެށި އަނިޔާ ލިބިގެން ޖެންޑާއަށް ރިޕޯޓުކޮށްފައިވޭ-- ފޮޓޯ: ބްރިޓިޝް އެކަޑަމީ

ގެވެށި އަނިޔާ ލިބިފައިވާ ފިރިހެނެއް: މިދިޔަ ހަތަރު އަހަރުތެރޭ 193 ފިރިހެނުންނަށް ގެވެށި އަނިޔާ ލިބިގެން ޖެންޑާއަށް ރިޕޯޓުކޮށްފައިވޭ-- ފޮޓޯ: ބްރިޓިޝް އެކަޑަމީ

މިދިޔަ ހަތަރު އަހަރާ އަޅާ ބަލާއިރު ފިރިހެނުންނަށް އެންމެ ގިނައިން ގެވެށި އަނިޔާ ލިބިގެން ރިޕޯޓު ކުރީ މިދިޔަ އަހަރު ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގައި ހިނގާ ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވާ އެކަމަށް ހޭލުންތެރިކަން އިތުރު ކުރުމަށް 2020 ވަނަ އަހަރުގެ ޖުލައިގައި ޖެންޑާ މިނިސްޓްރީން އިސްނަގައިގެން "ގެވެށި ގުޅުން" ނަމުގައި ކެމްޕޭނެއް ފެށި އެވެ.

ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހާއްސަ އަހައްމިއްޔަތު ކަމެއް ދޭ ކަމެކެވެ.

ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެއް އަހަރުން އަނެއް އަހަރަށް ގެވެށި އަނިޔާ ލިބޭ މީހުންގެ އަދަދަ އިތުރުވަމުން އަންނަނީ ކަންބޮޑުވާ މިންވަރަށެވެ. އޭގެ ތެރޭގައި ގިނައި އަންހެނުން ނަމަވެސް ފިރިހެނުންނަށް އަނިޔާ ލިބޭ މިންވަރުވެސް އަންނަނީ އިތުރުވަމުންނެވެ.

ޖެންޑާގެ ތާފާސްހިސާބުތައް

  • 2018: ޖުމްލަ 383 ކޭސް ރިޕޯޓުކޯށްފައިވޭ، އޭގެ ތެރޭގައި 347 އަންހެނުންނާއި 36 ފިރިހެނުން ހިމެނޭ.
  • 2019: ޖުމްލަ 433 ކޭސް ރިޕޯޓުކޯށްފައިވޭ، އޭގެ ތެރޭގައި 378 އަންހެނުންނާއި 55 ފިރިހެނުން ހިމެނޭ.
  • 2020: ޖުމްލަ 419 ކޭސް ރިޕޯޓުކޮށްފައިވޭ، އޭގެ ތެރޭގައި 375 އަންހެނުންނާއި 44 ފިރިހެނުން ހިމެނޭ.
  • 2021 (ނޮވެމްބަރުގެ ނިޔަލަށް): ޖުމްލަ 446 ކޭސް ރިޕޯޓުކޮށްފައި ވާއިރު ހިމެނެނީ 388 އަންހެނުންނާއި 58 ފިރިހެނުން.

ގެވެށި އަނިޔާއަކީ ކޮބާ؟

ގެވެށި އަނިޔާއަކީ ގެވެށި ގުޅުމަކުން ގުޅިފައި ތިބޭ މީހުންގެ ތެރެއިން އެކަކު އެގުޅުމުގައި ހިމެނޭ އަނެކާގެ މައްޗަށް ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ އަމަލެއް ހިންގުމެވެ. އޭގެ ތެރޭގައި، އަންހެނެއް ފިރިހެނެއް، ކުޑަކުއްޖެއް ދުވަސްވީ މީހެއް އިސްތިސްނާއެއް ނުވެ އެވެ.

ގެވެށި އަނިޔާ އަކީ ހަމައެކަނި ޖިސްމާނީ ގޮތުން ލިބޭ އަނިޔާއެއް ނޫނެވެ. ނަފްސާނީ ގޮތުންނާއި ޖިންސީ ގޮތުން ދެވޭ އަނިޔާ ވެސް ގެވެށި އަނިޔާގެ ތެރޭގައި ހިމެނޭނެ އެވެ. ބިރުދެއްކުމާއި މާލީ ގޮތުން ދަތި ކުރުމާއި އެއްތަނުން އަނެއް ތަނަށް ދިއުން މަނާކުރުމާއި ގެވެށި އަނިޔާގެ އަމަލެއް ހިންގާތަން ކުޑަ ކުއްޖަކަށް ދެއްކުން ނުވަތަ އަޑުއިއްވުން ފަދަ އެތައް ކަމެއް ގެވެށި އަނިޔާގެ ތެރޭގައި ބެލެވޭނެ އެވެ.

އެއީ އަދަބި ކަނޑައެޅިގެންވާ ގާނޫނީ ގޮތުން ބޮޑު ކުށެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox