ރޫޓުގެ ހަތަރު ލައްކައަށް ވުރެ ގިނަ ފައިސާ ފޭރުނުކަމަށް އިއުތިރާފްވުމުން އަހަރަކަށް ޖަލަށް

ބޭންކް އޮފް ސިލޯން ކައިރިން ފައިސާ ފޭރެން މަސައްކަތްކުރި މަންޒަރު ފެންނަ ވީޑިއޯއަކުން ނަގާފައި --

ބޭންކް އޮފް ސިލޯން ކައިރިން ފައިސާ ފޭރެން މަސައްކަތްކުރި މަންޒަރު ފެންނަ ވީޑިއޯއަކުން ނަގާފައި --

"ރޫޓް" ފިހާރަ އިން ބޭންކް އޮފް ސިލޯން (ބީއޯސީ)އަށް ޖަމާކުރަން ގެންދިޔަ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޭރިގަންނަން އުޅުނު ކަމަށް ހަތަރު މީހަކު އިއުތިރާފްވެފައިވާތީ، އެމީހުން ބަންދުގައި ތިބި މުއްދަތު ކެނޑުމަށްފަހު އަހަރު ދުވަހުގެ ހުކުމެއް އިއްޔެ ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.

ބީއޯސީ ކައިރިއަށް ރޫޓްގެ ވޭން މަޑުކުރުމާ އެކު، އޮކްޓޫބަރު 25، 2020 ވަނަ ދުވަހު ފޭރެން މަސައްކަތްކުރީ ދެ ސައިކަލެއްގައި އައި ހަތަރު މީހެކެވެ. އޭގެ ތެރެއިން ތިން މީހަކު ހެލްމެޓް އަަޅައިގެން ތިބި އިރު އެކަކު ހުރީ ހެލްމެޓް ނާޅައި ފޭސް މާސްކެއް އަޅައިގެންނެވެ.

ނަމަވެސް ފޭރެން އުޅުނު މީހުންގެ މަސައްކަތް ނާކާމިޔާބުކޮށްލީ ބީއޯސީގެ ސެކިއުރިޓީ ގާޑާއި ރޫޓްގެ މުވައްޒަފުންގެ މަސައްކަތުންނެވެ.

ފުލުހުންގެ ސީރިއެސް އެންޑް އޯގަނައިޒް ކްރައިމްއިން ތަހުގީގު ކުރި މި މައްސަލާގައި ފޭރުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ ލ. ގަން. ތުނޑި، ކީމިޔާގެ، އަބްދުﷲ ރާޝިދުއާއި، ގއ. ވިލިނގިލި، ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރުއާއި، ކ. މާލެ، ދަފްތަރު. ނަންބަރު ރސ 3678، ހުސައިން އަބްދުލްމަޖީދުއާއި، ކ. މާލެ، ވ. ޕިންކްވިލާ، އަހްމަދު އަމީރުގެ މައްޗަށެވެ. އެ ކުށުގައި ބައިވެރިވި ކަމަށް ރ. ރަސްމާދޫ، އޯކިޑްމާގެ، މުހައްމަދު އަޒްމީންއަށް ދައުވާ ކުރެ އެވެ.

ފޭރުމުގެ ކުށަށް އޮންނަ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމެވެ. ނަމަވެސް އެ ކުށަށް އެ އެންމެންވެސް އިއުތިރާފްވެފައި ވާތީއާ، އެ މައްސަލައިގައި ހައްޔަރުކޮށްގެން ބަންދުކޮށްފައި ހުންނަތާ މިހާރު ގާތްގަނޑަކަށް އެއް އަހަރާއި ހަތަރު މަސް ވެފައި ވާތީ، ގާޒީ ހަސަން ސައީދު ހުކުމް އިއްވީ އެބައި އުނިކުރުމަށްފަހު އެވެ.

މި ފޭރުމުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ރޫޓުގެ ވޭން ބީއޯސީ ކުރިމައްޗަށް މަޑުކުރިއިރު، އެ މީހުން ވެސް ވޭނުގެ ކުރިމައްޗަށްވާ ގޮތަށް މަޑުކޮށް ވޭނުގެ ތެރެއިން ނެރުނު ފޮށިގަނޑެއް އަތުލައިގެން ދާން އުޅޭތަން އެ ވީޑިއޯއިން ފެނެ އެވެ. ނަމަވެސް ފޮށިގަނޑު ނެގި އެކަކު ވެއްޓި ބެންކުގެ ގާޑުން އެ މީހާ އަތުން ފޮށިގަނޑު އަތުލި މަންޒަރު ވެސް ފެނެ އެވެ. ވޭނުން އެ ބޭންކުގެ އަންހެން މުވައްޒަފަކު ވެސް ފައިބާ މަންޒަރު ވީޑިއޯތަކުން ފެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox