ކޮމަންވެލްތުންދޭ އެވޯޑެއް ލިބޭ ފުރަތަމަ ދިވެއްސަކަށް މައީދު

މައީދު މުހައްމަދު--

މައީދު މުހައްމަދު--

ކޮމަންވެލްތުން ދެމުން އަންނަ ޕޮއިންޓް އޮފް ލައިޓް އެވޯޑު ލިބޭ ފުރަތަމަ ދިވެއްސަކަށް މޯލްޑިވްސް ރެޑްކްރެސެންޓުގެ ޕްރޮގްރާމް އޮފިސަރު މައީދު މުހައްމަދު ޒާހިރު ވެއްޖެ އެވެ.

ޕޮއިންޓް އޮފް ލައިޓް އެވޯޑަކީ ކޮމަންވެލްތްގައި ހިމެނޭ 54 ގައުމުން ކޮންމެ ގައުމަކުން ހޮވާލެވޭ މީހުންގެ މެދުގައި ދެވޭ އެވޯޑެކެވެ. މިއީ ހާއްސަކޮށް ވޮލެންޓިއާކޮށް މަސައްކަތް ކުރާ މީހުންނަށް ކޮމަންވެލްތުން ދެމުން އަންނަ އެވޯޑެކެވެ.

މައީދަށް ލިބުނީ ވޮލެންޓިއާކޮށް މަސައްކަތް ކުރާ ޒުވާނުންނަށް ސަޕޯޓް ކުރުމުގެ އެވޯޑެވެ. އެއީ 174 ޕޮއިންޓުންނެވެ.

މައީދު މުހައްމަދު ޒާހިރަކީ ޒުވާނުންނަށް މަދަދުކުރުމާއި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ގެންދަވާތާ 10 އަހަރަށް ވުރެ ގިނަ ދުވަހު ހިލޭ ސާބަހަށް މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ދެމެހެއްޓެނިވި ތަރައްގީ އާއި މޫސުމަށް އަންނަ ބަދަލުތަކާއި ކާރިސާތަކުގެ ހިރާސްކުޑަކުރުމާއި ކާރިސާތަކުގެ ގެއްލުމުން އަރައިގަތުން ފަދަ ކަންތައްތަކަށް ބޮޑު ޝައުގުވެރިކަމެއް ހުރި ބޭފުޅެކެވެ.

ދިވެހި ރެޑްކްރެސެންޓްގެ ހިދުމަތްތަކާއި ޕްރޮގްރާމްތަކުގައި އިސްކޮށް މިހާރު އުޅުއްވާ އިރު އޭނާއަކީ ތިމާވެއްޓާއި އާތު ސައިންސްގެ ބެކްގްރައުންޑް ހުރި ބޭފުޅެކެވެ.

މައީދަކީ ޒުވާނުންގެ މައްސަލަތަކަށް (ހައްލު ހޯއްދަވަން)، ތިމާވެށީގެ މައްސަލަތައް، ދެމެހެއްޓެނިވި ތަރައްގީ، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ، ކާރިސާތަކުގެ ހިރާސްތައް ކުޑަކުރުން، އަދި ކާރިސާތަކުގެ ގެއްލުމުން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރުމަށް ބޮޑު ޝައުގުވެރިކަމެއް ހުރި، ތިމާވެށީގެ ހިމާޔަތުގައި އަޑުއުފުއްލަވާ ބޭފުޅެކެވެ.

2008 ވަނަ އަހަރުން ފެށިގެން އޭނާ ގެންދަވަނީ މަދަނީ ޖަމިއްޔާތަކުގައި މަސައްކަތްކުރައްވަމުންނެވެ. އޭނާ ބައިވެރި ޖަމިއްޔާތަކުގެ ތެރޭގައި، ރާއްޖޭގައި ތިމާވެށީގެ ކަންކަމުގައި އެންމެ ނަގާކިޔާ ޖަމިއްޔާ ކަމަށްވާ އިކޯކެއާ މޯލްޑިވްސް، އާތު އަވާ މޯލްޑިވްސް އަދި ރާއްޖޭގެ ޒުވާނުންގެ އެންމެ ބޮޑު ޖަމާއަތް ކަމަށްވާ ސްކަައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ހިމެނެ އެވެ.

މުއީދަކީ އިޖުތިމާއީ ހިދުމަތާއި ޒުވާނުން ބާރުވެރިކުރުވުމާއި ހިލޭސާބަހަށް މަސައްކަތްކުރުމުގެ ދާއިރާއިން އާއްމު ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ދޭ ގައުމީ އިނާމު 2020 ވަނަ އަހަރު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

މައީދު ވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގައި މެނޭޖާ ޑިވެލޮޕްމެންޓް އެންޑް ރެޒިލިއެންސްގެ މަގާމު އަދާކުރައްވައިފަ އެވެ.

އަދި އޭނާ ވަނީ ޔުނިސެފް މޯލްޑިވްސް އިން ހިންގި، "ސަޕޯޓިން ދަ ލޯ އެމިޝން ކްލައިމެޓް ރެޒިލިއެންޓް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް" ގައި ނެޝަނަލް ކޮންސަލްޓެންޓެެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox