ކުނި ވަކިކޮށް ނައްތާލާ ނަމޫނާ ރަށަކަށް ކުޑަހުވަދޫ ހަދަން މޯޕާގެ ޕްރޮގްރާމެއް

ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި މޯޕާގެ ޗެއާމާން ތާރިގް (ވ) ކުޑަހުވަދޫ ކައުންސިލްގެ ރައީސް ފިކުރީ (ކ) އާ ރަމްޒީގޮތުން ޑަސްބިން ހަވާލުކުރަނީ -- ފޮޓޯ: މޯޕާ

ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި މޯޕާގެ ޗެއާމާން ތާރިގް (ވ) ކުޑަހުވަދޫ ކައުންސިލްގެ ރައީސް ފިކުރީ (ކ) އާ ރަމްޒީގޮތުން ޑަސްބިން ހަވާލުކުރަނީ -- ފޮޓޯ: މޯޕާ

ކުނި ވަކިކޮށް ނައްތާލުމުގެ ނަމޫނާ ރަށަކަށް ދ. ކުޑަހުވަދޫ ބަދަލުކުރުމުގެ ޕްރޮގްރާމެއް މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އިން މިދިޔަ ބުރާސްފަތި ދުވަހު އެ ރަށުގައި އިފްތިތާހުކޮށްފި އެވެ.

މި ޕްރޮގްރާމަކީ "އޮން ދަ ގްރައުންޑް، އިން ދަ ސީ: ވޭސްޓް ސެގްރެގޭޝަން މޮޑެލް އައިލެންޑް ކުޑަހުވަދޫ" ގެ ނަމުގައި އިފްތިތާހުކޮށްފައިވާ ޕްރޮގްރާމެކެވެ.

"މި ޕްރޮގްރާމަކީ މޯޕާގެ އެންމެ މުހިންމު އެއް ޕްރޮޖެކްޓް. މިދިޔަ އަހަރުގެ ކުރީކޮޅު މި ޕްރޮގްރާމް ހިޔާލަށް ގެނެސް މިއަހަރު މިކަން ފެށިގެން ދިޔުމަކީ ލިބުނު އުފަލެއް. ގޭބިސީތަކުން އުފައްދާ ކުނި ވެސް ވަކިކޮށް، ކުޑަހުވަދޫއަކީ ކުނި ނައްތާލުމުގެ އާ ގަވާއިދަށް ފުރިހަމައަށް އަމަލުކުރާ ފުރަތަމަ ރަށަށް (މި ޕްރޮގްރާމާއެކު) ވެވިދާނެ،" މޯޕާގެ ފައުންޑާ އަދި ޗެއާމަން ތޯރިގް އިބްރާހީމް ވިދާޅުވި އެވެ.

ކުޑަހުވަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ބޭއްވި މި ރަސްމިއްޔާތުގައި މޯޕާ އިން ވަނީ ކުނި ނަގަން ބޭނުންކުރާ ޑަސްބިން ކުޑަހުވަދޫ ކައުންސިލާ ހަވާލުކޮށްފަ އެވެ. އަދި، އެއަށްފަހު ދ. އަތޮޅު ތައުލީމީ މަރުކަޒުގައި ވަނީ ކުނި ވަކިކޮށް ނައްތާލުމާއި، ރީސައިކަލް ކުރުމާ ގުޅޭގޮތުން ހޭލުންތެރިކަމުގެ ސެޝަނެއް ކުރިޔަށް ގެންގޮސްފަ އެވެ.

"ކައުންސިލާއި ރައްޔިތުން ވެސް ތިބީ މޯޕާ އިން ފެށި މި ޕްރޮގްރާމް ކާމިޔާބު ކަމާއެކު ކުރިޔަށްގެންދަން. އަޅުގަނޑުމެންގެ އަމާޒަކީ ކުނި ނައްތާލުމުގެ އާ ގަވާއިދަށް އެންމެ ފުރިހަމައަށް އަމަލުކުރާ ފުރަތަމަ ރަށަކަށް ކުޑަހުވަދޫ ހެދުން،" އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް ފިކުރީ ވިދާޅުވި އެވެ.

މޯޕާގެ މި ޕްރޮގްރާމްގެ ދަށުން ކުޑަހުވަދޫގެ ކޮންމެ ގެޔަކަށް ދެ ޑަސްބިންގެ މަގުން 1000 ޑަސްބިން ހަދިޔާކުރާނެ އެވެ. ހަމައެހެންމެ، ދަގަނޑާއި ބިއްލޫރި އަދި ޕްލާސްޓިކް ކުނީގެ އިތުރުން އެހެނިހެން ބާވަތްތަކުގެ ކުނި ވަކިކުރުމަށް ހަތަރު ގަނީ ބޭގް ވެސް ކޮންމެ ގެޔަކަށް ދޭނެ އެވެ. އޭގެ ސަބަބުން، މި ހަތަރު ވައްތަރުގެ ކުންޏަކީ އުކާލާއިރު ވެސް ވަކިކުރެވިފައިވާ ކުންޏަށް ވާނެ އެވެ.

"ކުޑަހުވަދޫ އަކީ ކޮންމެވެސް ވަރަކަށް ކުނި ވަކިކޮށް ގެންގުޅުމުގައި އިސްނަގާފަ އޮތް ރަށެއް. އެހެން ނަމަވެސް މުޅިން އެކަން ނުވެ އޮތީ. ކައުންސިލް އޮތީ އިސްނަގަން ތައްޔާރަށް. ޕާޓްނާރުން ގޮތުގައި ތިބި ބައެއް ރިސޯޓްތައް ވެސް ކުޑަހުވަދޫ އާ ކައިރީގައި ހުރުމުން އެ ޕްލާސްޓިކް މާލެ ގެންނަން ފަސޭހަވޭ،" މި ޕްރޮޖެކްޓް ކުޑަހުވަދޫގައި ކުރިޔަށް ގެންދިޔުމަށް ނިންމި ސަބަބު ހާމަކުރަމުން މޯޕާގެ އެގްޒެކެޓިވް ބޯޑު މެމްބަރު އަދި ޗީފް އޮޕަރޭޓިން އޮފިސަރު އަހުމަދު މައުމޫން (މާނު) މި ނޫހަށް ވިދާޅުވި އެވެ.

ކުޑަހުވަދޫއިން އުކާލާ ޕްލާސްޓިކް ފުޅި ވެސް މާލެއާ ހަމަޔަށް ގެނެސް ޕާލޭ މޯލްޑިވްސްއާ ހަވާލުކުރުން ވެސް މި ޕްރޮގްރާމްގެ ތެރޭގައި ހިމެނެ އެވެ. މިއާއެކު އެ ރަށުގެ ވޭސްޓް މެނޭޖްމަންޓު ސެންޓަރުން ކުރަން ޖެހޭ މަސައްކަތް ވަރަށް ބޮޑުތަނުން ލުއިވެގެންދާނެ އެވެ.

މޯޕާ އާއެކު މި ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ކުޑަހުވަދޫ ކައުންސިލްގެ އިތުރުން އެ ޖަމިއްޔާގެ ޕާޓްނަރުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

އެގޮތުން، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ލިމިޓެޑް، ދ. އަތޮޅު ތައުލީމީ މަރުކަޒު، ލިވް އެންޑް ލާން، ދާލު އެއާޕޯޓް، މަންޓާ އެއާ، އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފިޝިން، ވެސްޓް މެރިން އަދި ކުޑަހުވަދޫ ވޭސްޓް މެނޭޖްމަންޓު ސެންޓަރާއި ކުޑަހުވަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން މި ޕްރޮގްރާމްގައި އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

މޯޕާއިން އަންނަނީ މިހާރު ވެސް ކ. ތުލުސްދޫ އާއި ބައެއް ރިސޯޓުތަކުން އުކާލާ ޕްލާސްޓިކް ރީސައިކަލް ކުރުމަށް މާލެ ގެންނަމުންނެވެ. 2020 ވަނަ އަހަރުން ފެށިގެން މިހާތަނަށް މޯޕާއިން ވަނީ 40 ޓަނުގެ ޕްލާސްޓިކް ފުޅި ރީސައިކަލިންއާ ހަމަޔަށް ގެނެސްދީފަ އެވެ.

މި ޕްރޮގްރާމްގެ ދަށުން ކުރިޔަށްގެންދާ ހޭލުންތެރިކަމުގެ ސެޝަންތަކަށް ބޭނުންވާ މެޓީރިއަލްތައް މޯޕާއިން ތައްޔާރުކޮށްފައި ވަނީ މިނިސްޓްރީ އޮފް އެންވާރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާ ގުޅިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox