މާލީ ބަޔާން އޮޅުވައިލިފި ނަމަ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ޖަލަށް ލެވޭ ގޮތަށް ބިލެއް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. މާލީ ބަޔާން އޮޅުވައިލުމުން ބޮޑު އަދަބެއް ދެވޭ ގޮތަށް ގާނޫނެއް ހަދަން ހުށަހެޅުއްވީ އީވާ.

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. މާލީ ބަޔާން އޮޅުވައިލުމުން ބޮޑު އަދަބެއް ދެވޭ ގޮތަށް ގާނޫނެއް ހަދަން ހުށަހެޅުއްވީ އީވާ.

މާލީ ބަޔާން ހާމަކުރަން، ގާނޫނުއަސާސީ އާއި ގާނޫނުތަކުން ލާޒިމްކުރާ ފަރާތްތަކުން، އެ ބަޔާން ހާމަކުރުމުގައި ދޮގު ހައިދިފި ނަމަ 500،000ރ. ގެ ޖޫރިމަނާއަކާއި ޖަލު ހުކުމެއް އަންނަ ގޮތަށް ގާނޫނެއް ހަދަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ބިލެއް ހުށަހަޅައިފި އެވެ.

މިދިޔަ މަހުގެ 12 ވަނަ ދުވަހު މަޖިލީހަށް ހުށަހަޅާފައިވާ އެ ބިލުގެ ފުރަތަމަ ކިއުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވި އެވެ.

"މާލީ އަދި އެހެނިހެން މަސްލަހަތުތައް ހާމަކުރުމުގެ ބިލު"ގެ ނަމުގައި އީވާ ހުށަހެޅުއްވި އެ ބިލުގައި، އޮތީ ގާނޫނީ ގޮތުން ލާޒިމްކުރާތީ މާލީ ބަޔާންތައް ހުށަހަޅާ ފަރާތްތަކުން، އަމަލުކުރަން ޖެހޭ އުސޫލުތަކާއި އެ އުސޫލުތައް ތަންފީޒުކުރާ އިދާރާތަކުން އަމަލުކުރާނެ ގޮތްތަކެވެ. މާލީ ބަޔާންތަކާއި ގުޅޭ ކަންކަމުގައި ގާނޫނީ ބާރު އޮންނަ އިދާރާތައް ވެސް ގާނޫނަކުން ކަނޑައަޅަން ބިލުގައި އެބަ އޮތެވެ.

އެ ބިލުގައިވާ ގޮތުން، ތިން ކަމަކަށް ދޭ އަދަބުގެ ގޮތުގައި ގިނަވެގެން 500،000.ރ އާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު، އެ ބިލު ގާނޫނަކަށްވުމަށް ފަހު ކަމާ ބެހޭ އިދާރާތަކަށް ލިބޭނެ އެވެ.

ބޮޑެތި އަދަދުން ޖޫރިމަނާކޮށް އަދަބުދެވޭ ކަންތައްތައް

  1. މާލީ ބަޔާނުގައި ތެދުނޫން މައުލޫމާތެއް ހިމެނުން ނުވަތަ ފުރިހަމައަށް މައުލޫތު ނުހިމެނުން: އެގޮތަށް ކަންތައް ކުރާ ފަރާތްތައް ގިނަވެގެން 500،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. ޖޫރިމަނާކުރުމުގައި ބަލާނީ ކަމުގެ ކުޑަބޮޑުމިނަށެވެ. އަދި ގިނަވެގެން ދެ އަހަރު ދުވަހަށް ޖަލަށް ލެވޭނެ އެވެ.
  2. ގާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި މާލީ ބަޔާން ހުށަނޭޅުން. އެގޮތަށް އަމަލުކޮށްފި ނަމަ ފުރަތަމަ ފަހަރު 100،000.ރ އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެކަން ތަކުރާރުކުރާ ނަމަ ގިނަވެގެން 500،000.ރ އާ ހަަމައަށް ޖޫރިމަނާގެ އަދަދު ބޮޑު ކުރެވޭނެ އެވެ.އަދި ގިނަވެގެން ދެ އަހަރު ދުވަހަށް ޖަލަށް ލެވޭނެ އެވެ.
  3. ބަޔާންތަކުގެ ސައްހަކަން ކަށަވަރުކުރާ އިދާރާއިން އަންގާ އެންގުމަކާ ހިލާފުވުން: އެގޮތަށް ކަންތައް ކޮށްފި ނަމަ ފުރަތަމަ ފަހަރު 100،000ރ. އިން ޖޫރިމަނާކުރެވޭނެ އެވެ. އަދި އެކަން ތަކުރާރުކުރާ ނަމަ ގިނަވެގެން 500،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ގިނަވެގެން ދެ އަހަރު ދުވަހަށް ޖަލަށް ލެވޭނެ އެވެ.

އީވާ ހުުށަހެޅުއްވި ބިލުގައިވާ ގޮތުން އެ ބިލު ގާނޫނަކަށްވުމަށް ފަހު، މިކަންތައްތައް ވާނީ ކުށަކަށެވެ. އެހެންވީމާ މާލީ ބަޔާނުގެ ސައްހަކަން ކަށަވަރުކުރާ އިދާރާއިން އެ މައްސަލަ ހުށަހަޅަން ޖެހޭނީ ތަހުގީގީ އިދާރާއަށެވެ. ޖަލަށްލުމުގެ އަދަބަކީ އެގޮތުން ކުރާ ތަހުގީގަށް ފަހު ކޯޓުން ކުރާ ހުކުމަކުން ދޭނެ އަދަބެކެވެ.

މާލީ ބަޔާން ހުށަހެޅުމުގައި އަމަލުކުރަން ޖެހޭނެ އުސޫލުތައް އެ ބިލުގައި ވަރަށް ތަފްސީލުކޮށް ހިމަނާފައި އެބަހުއްޓެވެ. އެކަމުގައި އެކިއެކި ޒިންމާތައް އަދާކުރާނެ އިދާރާތަކުގެ މަސްއޫލިއްޔަތުތައް ވެސް ބިލުގައި ތަފްސީލްކޮށް ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox