އޭޑީކޭން ޑޮކްޓަރަށް ދެއްކުމަށް ހައްދާ އެޕޮއިންޓްމެންޓްތަކަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމް އެ ހޮސްޕިޓަލުން ހަމަޖައްސައިފި އެވެ.
އޭޑީކޭން ބުނީ އެޕޮއިންޓްމެންޓް ހެދުމުން ލިބޭ އެސްއެމްއެސްގައިވާ ފައިސާ ދައްކާނެ ލިންކެއް ލިބޭނެ ކަމަށެވެ. ނުވަތަ އެ ހޮސްޕިޓަލުގެ ވެބްސައިޓުން ވެސް ފައިސާ ދެއްކޭނެ ކަމަށް ބުންޏެވެ.
އޮންލައިންކޮށް އެޕޮއިންޓްމެންޓަށް ފައިސާ ދެއްކޭ ގޮތަށް ބަދަލު ކޮށްފައި ވާއިރު، ހޮސްޕިޓަލަށް ނުގޮސް އެޕޮއިންޓްމެންޓަށް ނަމްބަރު ނެގޭ ގޮތައް އޭޑީކޭން ބަދަލު ކޮށްފައި ވަނީ 2017 ވަނަ އަހަރު އެވެ.

އޭޑީކޭން ތަފާތު ހިދުމަތްތައް ތައާރަފް ކުރަމުން އަންނަ އިރު، ދާދި ފަހުން އެ ހޮސްޕިޓަލުން ވަނީ ރާއްޖެ ބައްޔަށް ފަރުވާދޭ ހާއްސަ ޑިޕާޓްމެންޓަކާއި ހަޖަމުކުރުމުގެ ނިޒާމަށް ޖެހޭ ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަ ޑިޕާޓްމެންޓެއް ހުޅުވާ ފަރުވާ ދޭން ފަށާފަަ އެވެ.
މީގެ އިތުރުން އެ ހޮސްޕިޓަލުން ވަނީ ދުނިޔޭގެ އެންމެ މަގުބޫލު ހެއާ ރިމޫވަލް ޓްރީޓްމެންޓް ކަމުގައިވާ "ލޭޒާ ހެއާ ރިމޫވަލް ޓްރީޓްމެންޓް" ދެސް ތައާރަފްކޮށްފަ އެވެ.












