ފިރިހެން ދަރިއަކު ހޯދަން ޕާކިސްތާން އަންހެނެއްގެ ބޮލަށް މޮހޮރެއް ޖަހައިފި

އަންހެން މީހާގެ ބޮލުގެ އެކްސްރޭއެއް. -- ފޮޓޯ: ޓްވިޓާ

އަންހެން މީހާގެ ބޮލުގެ އެކްސްރޭއެއް. -- ފޮޓޯ: ޓްވިޓާ

ޕެޝާވަރް، ޕާކިސްތާން (ފެބްރުއަރީ 9) - ފިރިހެން ދަރިއަކު ލިބޭނެކަން ކަށަވަރު ކުރުމަށް ރުގްޔާ ކުރާ މީހަކު ޕާކިސްތާނުގެ މާބަނޑު އަންހެނެއްގެ ބޮލަށް މޮހޮރެއް ޖަހައިފި އެވެ.

ރުގްޔާ ކުރުމުގެ ނަމުގައި އެކި ކަހަލަ އަނިޔާވެރި އަމަލު ހިންގާ މީހުން ޕާކިސްތާނުގައި އުޅެ އެވެ. އެކަމާ މެދު ގިނަ ބަޔަކު ހިތްހަމަ ނުޖެހެ އެވެ.

ޑޮކްޓަރު ހައިދަރް ހާން އޭއެފްޕީއަށް ވިދާޅުވީ ހުޅަނގު އުތުރު ޕެޝާވަރް ސިޓީގެ ހޮސްޕިޓަލަށް މާބަނޑު އަންހެން މީހާ ދިޔައީ ބޮލަށް ޖެހި މޮހޮރު ނެއްޓޭތޯ އަމިއްލައަށް ގޭގައި ވެސް މަސައްކަތް ކުރުމަށް ފަހު ކަމަށެވެ.

"އޭނާގެ ފުރިހަމަ ހޭވެރިކަން ހުރި އެކަމަކު އޭރު ދިޔައީ ވަރަށް ބޮޑަށް ތަދުވަމުން،" މޮހޮރު ނައްޓައިދިން ޑޮކްޓަރު ވިދާޅުވި އެވެ.

މާބަނޑު އަންހެން މީހާއަށް އޭގެ ކުރިން ތިން އަންހެން ދަރިން ލިބިފައިވާ އިރު، މި ފަހަރު ވެސް އޭނާ ބަލިވެ އިނީ އަންހެން ކުއްޖަކަށެވެ.

ހޮސްޕިޓަލުން ނެގި އެކްސްރޭއިން ފެންނަނީ ދެ އިންޗި ދިގު މޮހޮރެއް ބޮލުގެ ނާށިގަނޑުގެ ތެރެއަށް ޖަހާފައިވާ މަންޒަރެވެ. ނަމަވެސް އޭތި ސިކުނޑިއާ ހަމައަށް ފޯރާފައެއް ނުވެ އެވެ.

ޑޮކްޓަރު ހާން ވިދާޅުވީ މޮހޮރު ޖަހާފައިވަނީ މަރުތެޔޮ ނުވަތަ އެފަދަ ކޮންމެވެސް ބަރު އެއްޗެއްގެ އެހީގައި ކަމަށެވެ.

މާބަނޑު އަންހެން މީހާ އެންމެ ފުރަތަމަ ބުނީ ބޮލަށް މޮހޮރު ޖެހީ ރުގްޔާ ކުރާ މީހާގެ އިރުޝާދުގެ ދަށުން އޭނާ އަމިއްލައަށް ކަމަށެވެ. ނަމަވެސް ފަހުން ބުނީ އެކަން ކުރީ ރުގްރާ ކުރާ މީހާ ކަމަށެވެ.

ޕެޝާވަރުގެ ފުލުހުން މިހާރު މަސައްކަތް ކުރަމުން ދަނީ އަންހެން މީހާއާ ސުވާލުކޮށް، ރުގްޔާ ކުރި މީހުން ހައްޔަރު ކުރުމަށެވެ.

"ހޮސްޕިޓަލުގެ ސީސީޓީވީ ފުޓޭޖް އަޅުގަނޑުމެން ނަގައިފިން. އުއްމީދަކީ ވަރަށް އަވަހަށް އަންހެން މީހާ ހޯދައި، ސުވާލުކުރުން،" އެ ސިޓީގެ ފުލުހުންގެ ވެރިޔާ އައްބާސް އަހްސަން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox