ފަނޑިޔާރުންނަށް ވިހެއުމުގެ ޗުއްޓީ ދޭން ހުށަހެޅުމުން، މެމްބަރުން ކުރެއްވީ މައްސަލަތައް ލަސްވުމުގެ ޝަކުވާ!

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ކޯޓްތަކަށް ހުށަހަޅާ މައްސަލަތައް ލަސްވާކަމުގެ ޝަކުވާކުރެއްވި.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ކޯޓްތަކަށް ހުށަހަޅާ މައްސަލަތައް ލަސްވާކަމުގެ ޝަކުވާކުރެއްވި.

ދައުލަތުގެ މުވައްޒަފުންނަށް މިހާރުވެސް ދެމުން އަންނަ ވިހެއުމުގެ ޗުއްޓީ ފަނޑިޔާރުންނަށް ވެސް ދިނުމަށްޓަކައި ފަނޑިޔާރުންގެ ގާނޫނަށް ސަރުކާރުން އިސްލާހެއް ހުށަހެޅުމުން، މެމްބަރުން އެ އިސްލާހަށް ތާއީދުކުރެއްވުމާ އެކުގައި ވެސް ގިނަ ޝަކުވާތަކެއް ކުރައްވައިފި އެވެ.

ފަނޑިޔާރުންނަށް ވިހެއުމުގެ ޗުއްޓީ ދިނުމުގެ ބިލު ސަރުކާރުގެ ފަރާތުން ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ހުށަހެޅުއްވި އިސްލާހުގެ ބަހުސްގައި ގިނަ މެމްބަރުން، އިއްޔެއާއި މިއަދު ވެސް ވިދާޅުވީ ފަނޑިޔާރުގޭގައި ގިނަ މައްސަލަތަކެއް ނުނިމި ވަރަށް ދިގުލައިގެން ގޮސްފައިވާ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ދިން ފުރަތަމަ ފުރުސަތުގައި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ވިދާޅުވީ މައްސަލައެއް ފަނޑިޔާރުގެއަށް ދިއުމަށް ފަހު ދިހަ ބާރަ އަހަރުވެސް ވެފައި އެބަހުރި ކަމަށެވެ. އެގޮތަށް ކަންތައް ވުމުން މީހުންގެ ހައްގު ނުލިބިދާތަން ރާއްޖެއިން ފެންނަނީ މަދެއްކޮށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ މިކަންކަން އެބޭފުޅުން ވެސް ރަނގަޅަށް ވިސްނާވަޑައިގެން، މަސްއޫލިއްޔަތެއްގައިކަން މި ތިއްބަވަނީ، ދައުލަތަށް ހިދުމަތްކުރަން ކަން، އިހުސާސްވާ ވަރު އެބަ ވާން ޖެހޭ ކަންކަމުގައި،" އޭނާ ވިދާޅުވި އެވެ.

ގައްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ޒާހިރު ވިދާޅުވީ ފަނޑިޔާރުގެތައް އިސްލާހުކޮށް، ފަނޑިޔާރުންނަށް އޮންނަ އިތުބާރު ބޮޑުކުރުމަކީ އެމްޑީޕީގެ ވައުދެއް ކަމަށާއި އެ ވައުދާ އެއްގޮތަށް މިހާރު ވެސް ފަނޑިޔާރުންނަށް ގިނަ ކަންތައްތަކެއް ކޮށްދެވިއްޖެ ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުންނަަށް އިންސާފު ލިބޭ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިންސާފެއްނޫން އެއީ އިއްޒަތްތެރި ރައީސް، މައްސަލައެއްގައި އަކުރަކާ ފިއްޔަކާ ހެދީ މައްސަލަ އަނެއް ފުށަށް އނބުރާލައި ދިއުމަކީ ނޫނިއްޔާ މައްސަލަ ޑިސްމިސް ކުުރުމަކީ އިންސާފު ލިބުމެއް ނޫން، " ޒާހިރު ވިދާޅުވި އެވެ.

ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވީ ފަނޑިޔާރުންނަށް ވިހެއުމުގެ ޗުއްޓީ ހަމަޖައްސަން ތާއީދުކުރައްވާ ކަމަށާއި އެއީ ހައްގެއް ކަމަށެވެ. އެހެން ނަމަވެސް ފަނޑިޔާރުން އެބޭފުޅުންގެ މަސްއޫލިއްޔަތު ރަނގަޅަށް އަދާނުކުރައްވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. އޭގެ މިސާލަކަށް ދެއްކެވީ ވާރިސުންގެ ތެރެއިން ބަޔަކު މަރުވެ ދިޔައިރުވެސް ނުނިމި އޮތް ތަރިކައިގެ މައްސަލައެކެވެ.

"މަތިމަރަދޫގޭ ސަކީނާ ނިޔާވީ މީގެ ދުވަސްކޮޅެއް ކުރިން. ނިޔާވުމާ އެއްކޮށް [ގެ ބެހުމުގެ] މައްސަލަ ފަނޑިޔާރުގެއަށް ލައިފި. އޭނާގެ ދަރިފުޅު އޭގެ ހައެއްކަ އަހަރު ފަހުން ނިޔާވެއްޖެ. ނިޔާވި އިރު ވެސް ހަމަ އެއްކަލަ މުދާ ބަހަން، ގެ ބަހަން ލީ މައްސަލަ އަދިވެސް ހަމަ ފަނޑިޔާރުގޭގައި،" ޝަރީފު ވިދާޅުވި އެވެ.

ތަރިކައިގެ މައްސަލަތައް ހިމެނޭ ގޮތުން ގިނަ މައްސަލަތަކެއް ކޯޓްތަކުގައި ނުނިމި ލަސްވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ކެޔޮދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ގާސިމް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކަހަލަ މައްސަލަތައް ނުނިމި ހުއްޓާ ވާރިސުން ނިޔާވަމުން ދާތީ ތަރިކައިން ހައްގުވާ އެތައް ބަޔަކަށް ހައްގު ގެއްލޭ ގޮތް ވެސް މެދުވެރިވާ ކަމަށެވެ.

ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަނަށް ވެސް ފަނޑިޔާރުގޭގެ ނުފޫޒު ފޯރުވި ކަމަށެވެ. އެެ ނުފޫޒަކީ އޭނާ ވިދާޅުވި ގޮތުގައި އެ އިންތިހާބުގެ ކެމްޕޭނުގައި ވަރަށް ބުރަކޮށް އުޅުއްވި ޔޫތު މިނިސްޓަަރު އަހުމަދު މަހްލޫފާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ތާވަލުނުކޮށް ލަސްކުރުމެވެ.

"ފަނޑިޔާރުގެއިން ވަކި ގޮތަކަށް ނިންމާފައި އޮއްވާ ވަކިވަކި ފަނޑިޔާރުން ވަކި މައްސަަލަތަކުގައި ވަކި ގޮތަަކަށް ނިންމާތަން އަަޅުގަނޑުމެންނަށް ފެނިގެން ދިޔަ،" ޝިޔާމް ވިދާޅުވި އެވެ.

ވިހެއުމާ ގުޅިގެން ދައުލަތުގެ މުވައްޒަފުންނަށް ދޭ ޗުއްޓީ މިހާރު ލިބެނީ ސިވިލްސާވިސް މުވައްޒަފުންނާއި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށާއި ބައެއް މިނިވަން މުއައްސަސާތަކުގެ މުވައްޒަފުންނަށެވެ. ވިހެއުމުން މައިމީމާއަށް ހަ މަސްދުވަސް އަދި ކުއްޖާގެ ބައްޕަޔަށް އެއް މަސް ދުވަހުގެ ޗުއްޓީއެއް ދެ އެވެ. ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި އޮތީ ފަނޑިޔާރުންނަށް ވެސް އެ އުސޫލުން ޗުއްޓީދިނުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox