ހުށަހެޅޭ މައްސަލަތަކާ އަޅާބަލާއިރު ކްރިމިނަލް ކޯޓުގައި އެކަށީގެންވާ ވަރަށް މައްސަލަ ނުނިމޭ

ކްރިމިނަލް ކޯޓު: ޖުމްލަ 9973 އަޑުއެހުން ބޭއްވުމަށް ނިންމި ނަމަވެސް 4،852 މައްސަލަ އެކި އެކި ސަބަބުތަކާ ހެދި ކެންސަލްވި-- ފޮޓޯ: އަދަދު

ކްރިމިނަލް ކޯޓު: ޖުމްލަ 9973 އަޑުއެހުން ބޭއްވުމަށް ނިންމި ނަމަވެސް 4،852 މައްސަލަ އެކި އެކި ސަބަބުތަކާ ހެދި ކެންސަލްވި-- ފޮޓޯ: އަދަދު

އަހަރެއްގެ ތެރޭ ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ނިންމެނީ މަދު މައްސަލައެއް ކަމަށް ކްރިމިނަލް ކޯޓުގެ 2021 ވަނަ އަހަރުގެ ތަފާސްހިސާބިތަކުން ދައްކައިފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ އާންމުކުރި މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2020 ވަނަ އަހަރު ނިމި 2021ވަނަ އަހަރު ފެށުނު އިރު 1732 މައްސަލަ ނުނިމި އޮތެވެ. މިދިޔަ އަހަރު 773 މައްސަލައެއް އަލަށް ކޯޓަށް ހުށަހަޅާފައި ވާއިރު ނިމިފައި ވަނީ 701 މައްސަލަ އެވެ. އަދި މިދިޔަ އަހަރު ނިމުނު އިރު 1804 މައްސަލަ ނުނިމި ކޯޓުގައި އޮތެވެ.

ޖުމްލަ 9973 އަޑުއެހުން ބޭއްވުމަށް ނިންމި ނަމަވެސް 4،852 މައްސަލަ އެކި އެކި ސަބަބުތަކާ ހެދި ކެންސަލްވި އެވެ.

ކުށުގެ ތުހުމަތުގައި ބަންދު ކުރެވޭ ނުވަތަ ހައްޔަރު ކުރެވޭ މީހުންނާ މެދު ގޮތެއް ނިންމުމުގެ މަސައްކަތް ކޮށްފައި ވާއިރު، 86 އިންސައްތަ މީހުން ބަންދުގައި ބަހައްޓަން އަމުރު ނެރެފައިވެ އެވެ. އަދި 14 އިންސައްތަ މީހުން ބަންދުން ދޫކޮށްލުމަށް ވަނީ ނިންމާފަ އެވެ.

ކޯޓުން ނެރެފައިވާ އަމުރުތައް;

  1. ބަލާ ފާސްކުރުމުގެ އަމުރު - 405
  2. ހައްޔަރު ކުރުމުގެ އަމުރު - 399
  3. ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު - 112
  4. އެކައުންޓް ފްރީޒް ކުރުމުގެ އަމުރު - 19
  5. ސާމްޕަލް ނެގުމުގެ އަމުރު - 9
  6. އަމުރު މުރާޖާ ކުރުމަށް ދެ މީހަކަށް ކޮށްފައި ވާއިރު ކަފާލާތުގެ ފައިސާ ދޫކުރަން ދެ އަމުރެއްގެ އިތުރުން ދެ އަމުރެއް ބާތިލް ކޮށްފައިވޭ
  7. ޒާތީ މުއާމަލާތުގެ ކޯޓު އަމުރު - 54
  8. އެހެނިހެން ކޯޓު އަމުރު - 525

މިދިޔަ އަހަރު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އާއްމުކުރި ތަފާސްހިސާބުތައް ދެއްކި ގޮތުގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ނިންމާ ޝެޑިއުލް ކުރި އަޑުއެހުންތަކުގެ ތެރެއިން ދެ ބައިކުޅަ އެއް ބަޔަކަށް ވުރެ ގިނަ އަޑުއެހުން ކެންސަލްވީ އިދާރީ ސަބަބުތަކާ ހެދި އެވެ.

އަޑުއެހުންތައް ކެންސަލްކުރި މައްސަލަތަކުގެ ތެރެއިން 11.5 އިންސައްތަ އަކީ ދައުވާ ލިބޭ ފަރާތާއި ގުޅުން ހުރެގެން ކެންސަލް ވެފައިވާ މައްސަލަތަކަށް ވާއިރު، ދިފާއި ވަކީލާ ގުޅުން ހުރި 8.2 މައްސަލައެއް ކެންސަލް ކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox