ވިޔަފާރި މޮނޮޕޮލައިޒްކޮށްގެން ތިބުމުގެ ވިސްނުމެއް އެޗްސީޔޫގެ ނެތް، ބޭނުމީ ވާދަވެރިން

Feb 1, 2022, 10:26 AM
އެޗްސީޔޫ މާޓަށް ވެއްދުމަށް ގެނެސްފައި ހުރި މުދާތައް ކޯޓްޔާޑުގައި ބަހައްޓާފައި -- ފޮޓޯ: އަދަދު

އެޗްސީޔޫ މާޓަށް ވެއްދުމަށް ގެނެސްފައި ހުރި މުދާތައް ކޯޓްޔާޑުގައި ބަހައްޓާފައި -- ފޮޓޯ: އަދަދު

ދެ ނަމާދު ދޭތެރޭ ވަގުތަކީ ކަސްޓަމަރުން ވަރަށް މަދު ވަގުތެކެވެ. ގިނަ ފިހާރަތައް އެވަގުތު ނުހުޅުވަނީ ވެސް އެހެންވެ ކަމަށް ވެދާނެ އެވެ. އެކަމަކު ހިޔާ ފްލެޓްގެ 12 ވަނަ ޓަވަރުގައި ހުންނަ އެޗްސީޔޫ މާޓްގައި އެ ވަގުތުވެސް ވަރަށް ބައިބޮލެވެ. ދެ ކައުންޓަރުގެ ކިއުގައި ވެސް ހައެއްކަ މީހުން ތިއްބެވެ. ތިންވަނަ ކައުންޓަރު އެ ވަގުތަށް ބަންދެވެ.

އެ ފިހާރައަށް އެހާ ބާރު ބޮޑީ ހިޔާ ޓަވަރުތަކުގައި އުޅޭ އެތައް ހާސް އާއިލާތަކުން ވިޔަފާރިކުރާނެ އެހެން ފިހާރައެއް އެ މުޅި ސަރަހައްދުގައި ވެސް އަދި ނެތީމަ އެވެ. އެޗްސީޔޫ މާޓް ހިންގާ ހޮޓެލްކެއާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ގައްްޒާމް މުހައްމަދު ވިދާޅުވި ގޮތުގައި ހިޔާގައި ދިރިއުޅޭ އެތައް ހާސް އާއިލާތަކަކަށް ހިދުމަތްދޭ އެޗްސީޔޫ މާޓް ހިންގުމުގައި، ނަފަޔާއި އެކުގައިމެ ބޮޑެތި ގޮންޖެހުންތަކެއް ވެސް އެބަހުއްޓެވެ.

ޖާގައިގެ ދަތިކަން

ގައްޒާމް ވިދާޅުވިގޮތުގަައި އެޗްސީޔޫ މާޓް ހިންގުމުގައި ހޮޓެލްކެއާއަށް އޮތް އެންމެ ބޮޑު ދައްޗަކީ ޖާގައިގެ ދަތިކަމެވެ. ވަކިން ހާއްސަކޮށް، އެތަނާ ކައިރި ހިސާބެއްގައި ވެސް މުދާ ގުދަން ކުރާނެ ކުޑަނަމަވެސް ޖާގައެއް ނެތުމެވެ.

"މިސާލަކަށް އަޅުގަނޑުމެންނަށް އެބަ އެނގޭ މަސްދަޅު، ދުވާލަކަށް ތިން ހަތަރު ކޭސް އެބަ ދާކަން. އެކަމަކު އަޅުގަނޑުމެންނަށް މަސްދަޅު،މ 50 ކޭސް ގެނެސް ބެހެއްޓޭނެ ޖާގައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކުގެ 12 ވަނަ ޓަވަރުގައި ހުންނަ އެޗްސީޔޫ މާޓް
ހިޔާ ފްލެޓްތަކުގެ 12 ވަނަ ޓަވަރުގައި ހުންނަ އެޗްސީޔޫ މާޓް

ހިޔާ ފްލެޓްތަކުގެ 12 ވަނަ ޓަވަރުގައި ހުންނަ އެޗްސީޔޫ މާޓް

ޖާގައިގެ ދަތިކަމުގެ އެ މައްސަލައެއް ހައްލެއް ލިބޭތޯ އެޗްސީޔޫއިން އެޗްޑީސީއަށް ވެސް ހުށަހެޅި އެވެ. ގައްޒާމް ވިދާޅުވީ އެޗްޑީސީއަށް ދެ ފަހަރެއްގެ މަތިން ސިޓީ ފޮނުވުމުން ވަގުތީ ހައްލެއް ވެސް އެޗްޑީސީން ދިން ކަމަށެވެ.

"ޓެމްޕެރަރީ ސޮލިއުޝަނެކޭ ކިޔާފައި އެެއް މަސްދުވަހަށް ދިން ސޮލިއުޝަނެއް. ދެން އެތަނަށް [އެޗްޑީސީން ދެއްކި ވަގުތީ ޖާގަ އަށް] އަޅުގަނޑުމެން ޖެހީ ހަނޑޫ ހަކުރުފުށް، ބަލްކްކޮށް ގެނެސްފައި،" އޭނާ ވިދާޅުވި އެވެ.

ފިހާރައަށް ޖާގައިގެ ދަތިކަން އެވަރަށް އޮތް އިތު އެެތަނުގެ ބޭރުގައި އޮތް ހުސްތަންކޮޅުގެ ބޭނުންކުރަން ހުއްދަ ލިބޭތޯ ސުވާލުކުުރުމުން ގައްޒާމް ވިދާޅުވީ އެ ހުއްދަ ހަގީގަތުގައި ނޯންނަ ކަަމަށެވެ.

ގުދަން ކުރުމުގެ އެ ދަތިކަމަށް އެޗްސީޔޫ އިން މިހާރު ވަނީ ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައިފަ އެވެ. އެއީ ހުޅުމާލޭގެ ސިނާއީ ސަރަހައްދުން ގުދަނެއް ކުއްޔަށް ހިފައިގެންނެވެ. ހަލާކުނުވާ ޒާތުގެ ހުރިހާ މުދަލެއް ވެސް ފިހާއަށް ބޭނުންވާ ވަރަށް މިހާރު ގުދަންކޮށްފައި އެބަ ހުއްޓެވެ.

އެޗްސީޔޫ މާޓްގެ ބޭރުގަައި ފެން ކޭސްތައް އަތުރާފައި. ޖާގައިގެ ދަތިކަން ބޮޑު
އެޗްސީޔޫ މާޓްގެ ބޭރުގަައި ފެން ކޭސްތައް އަތުރާފައި. ޖާގައިގެ ދަތިކަން ބޮޑު

އެޗްސީޔޫ މާޓްގެ ބޭރުގަައި ފެން ކޭސްތައް އަތުރާފައި. ޖާގައިގެ ދަތިކަން ބޮޑު

"އަޅުގަނޑުމެންނަށް ގުދަނަށް އެޅޭނީ ހަލާކުނުވާ ޒާތުގެ އެއްޗިހި. މިސާލަކަށް ތަރުކާރީ އެއްޗިހި ނުބެހެއްޓޭނެ. ދެން ހަނޑޫ ހަކުރު މިސާލަކަށް ދުވާލަކަށް 10 ބަސްތާ މިތަނަށް މި ޖަހަނީ. އެ ވިއްކަނީ ލިމިޓްކޮށްގެން. މީހަކަށް ތިން ކިލޯ،" ގައްޒާމް ވިދާޅުވި އެވެ.

ބޭނުންވަނީ ވާދަވެރިން

ވިޔަފާރީގައި އާއްމު އުސޫލަކީ ވާދަވެރިން ބޭނުން ނުވުމެވެ. އެކަމަކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެޗްސީޔޫއިން ބޭނުން ވަނީ އޭގެ އިދިކޮޅެވެ. ގައްޒާމް ވިދާޅުވިގޮތުގައި އެޗްސީޔޫއިން އިންތިޒާކުރަނީ ވާދަވެރި އެހެން އައުޓްލެޓްތައް، ހިޔާ ޓަވަރުތަކުގައި ހުޅުވާނެ އިރަކަށެވެ.

އެޗްސީޔޫ މާޓުން ވިއްކާ ތަކެތީގެ އަގުބޮޑުކަމަށް ބުނެ ބައެއް މީހުން ދައްކާ ވާހަކަތަކަށް ވެސް ހަގީގީ ޖަވާބެއް ލިބޭނީ އޭރުންނެވެ. ކުރިއަށް އޮތް ރޯދަމަސް ފެށޭއިރު ހިޔާ ސަރަހައްދުގައި ހުންނަ ހަމަ އެކަނި ފިހާރަޔަކީ އެޗްސީޔޫ މާޓަށް ނުވުމަކީ ވެސް އެދޭ ކަމެކެވެ.

"ރޯދަމަހު އަޅުގަނޑުމެންނަށް ވަރަށް ބޮޑު ތަކުލީފަކަށް ވާނެ އިތުރު ތަނެއް ނުުހުޅުވައިފިއްޔާ،" އޭނާ ވިދާޅުވި އެވެ.

އޭނާގެ ވިސްނުމަކީ ރޯދަމަސް އަންނަ އިރު، އިތުރު އައުޓްލެޓެެއް ނުހުޅުވައިފިނަމަ، 12 ވަނަ ޓަވަރުގެ ކޯޓްޔާޑް، ބޭނުންކުރަަން އެޗްޑީސީގެ ހުއްދައަކަށް އެދުމެވެ. އެތަނުގައި ސެކިއުރިޓީ ގާޑުން ބައިތިއްބައިގެން ވިޔަސް، ތަރުކާރީ އާއި މޭވާ ވިއްކުމުގެ އިންތިޒާމް ހަމަޖައްސަން އެޗްސީޔޫ މާޓުން މަސައްކަތް ކުރާނެ އެވެ.

އެކަމަކު މިހާރު އޮތް ހެން، ހިޔާ ފްލެޓް ސަރަހައްދުގެ ގްރޯސަރީ ވިޔަފާރި މޮނޮޕޮލައިޒްވެފައި އޮންނާކަށް އެކުންފުންޏަކުން ނޭދެ އެވެ. އެދެނީ ވާދަވެރި އެހެން އައުޓްލެޓްތައް އައުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox