ދައްތަމެން ޕޮޒިޓިވް ވުމުން, މަސައްކަތަށް ނުކުތީ ޓީޗަރުންނާއި ދަރިވަރުންނާއި ބެލެނެވެރިން

އިހައްދޫ ސްކޫލުގެ ބެލެނިވެރިން އެ ސްކޫލުގެ ގޯތިތެރެ ކުނިކަހަނީ. -- ފޮޓޯ: އިހައްދޫ ސްކޫލު

އިހައްދޫ ސްކޫލުގެ ބެލެނިވެރިން އެ ސްކޫލުގެ ގޯތިތެރެ ކުނިކަހަނީ. -- ފޮޓޯ: އިހައްދޫ ސްކޫލު

ލ. ގަމު އިހައްދޫ ސްކޫލުގެ އެންމެ ބޮޑު ތަފާތަކީ ސަރުކާރުން ނުވަތަ އެހެން ފަރާތަކުން ވިޔަސް އެއްޗެއް ދެންދެން، ކަމެއް ކޮށްދެންދެން މަޑުކޮށްގެން ނުތިބުމެވެ. އެ ސްކޫލަކީ އެވަގުތު ނެރެވެން އޮތް އެންމެ ރަނގަޅު ހައްލެއް ހޯދައި އަބަދުވެސް ކުރިއަށްދާން މަސައްކަތްކުރާ ސްކޫލެކެވެ.

މިހާރު ކުރިމަތިވެފައިވާ ކޮވިޑުގެ ހާލަތުގައި ވެސް އެ ސްކޫލުން ދެއްކީ އެ ނަމޫނާ އެވެ. ކޮވިޑަށް ޕޮޒިޓިވްވެ މުވައްޒަފުންނަށް ނުނުކުމެވޭ ހާލަތެއް ކުރިމަތިވެއްޖެ ނަމަ، ދެން ތިބި ބަޔަކު އެ މަސައްކަތް ފުރިހަމަކޮށްދެނީ އެވެ. މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ގަމަށް ބަލިމަޑުކަން އައިސް ރަށް ވަނީ މޮނިޓަރިން އަށް ލައިފަ އެވެ. ރަށުން 114 މީހުން ޕޮޒިޓިވިޔަސް ސްކޫލުގެ މަސައްކަތް ހުއްޓި ދަރިވަރުންންގެ ކިޔެވުމަށް އޭގެ އަސަރު ކުރާކަށް ސްކޫލުން ބޭނުމެއް ނުވި އެވެ.

އެގޮތުން ސްކޫލުގެ ހައުސް ކީޕިންގެ މަސައްކަތްކުރާ މުވައްޒަފުން، ސްކޫލުގައި މުހާތަބުކުރާ ގޮތުން ނަމަ ދައްތަމެން ޕޮޒިޓިވްވުމުން ވެސް އެ މަސައްކަތަށް ހުއްޓުމެއް އަންނަން ވެސް ބޭނުމެއް ނުވި އެވެ. އެގޮތުން ކޮވިޑްގެ މިހާލަތުގައިވެސް އެ ސްކޫލުން ދެއްކީ ނަމޫނާ އެވެ. ސްކޫލުގައި މަސައްކަތު ދައްތަމެން ކޮންމެ ދުވަހަކު ކުރާ މަސައްކަތް ކުރުމަށް އެހެން ބަޔަކު ނުކުތީ އެވެ.

 ސްކޫލުގެ މުވައްޒަފުންތަކެއް-- ފޮޓޯ: އިހައްދޫ ސްކޫލު
ސްކޫލުގެ މުވައްޒަފުންތަކެއް-- ފޮޓޯ: އިހައްދޫ ސްކޫލު

ސްކޫލުގެ މުވައްޒަފުންތަކެއް-- ފޮޓޯ: އިހައްދޫ ސްކޫލު

ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ނަޒީލް ވިދާޅުވީ މަޝްވަރާ ކުރުމަށްފަހު ނިންމީ ކްލާސްރޫމުތައް ޓީވަރުންނާއި ދަރިވަރުން ލައްވާ ސާފު ކުރުވަން ކަމަށެވެ.

"ސްކޫލުގެ ފާހަނާތަކާއި ސްކޫލު ގޯތިތެރެއާއި ސްކޫލު ވަށައިގެން މާހައުލު ޕީޓީއޭ މީހުން ލައްވާ ސާފު ކުރުވަން ނިންމީ. ޕީޓީއޭ މެމްބަރުން އުޅޭނީ ދެބަޔަކަށް ބަހާލައިގެން ހެނދުނު އެއްބަޔަކު އައިސް ސާފުކޮށްފައި އަނެއްކާ ފަހުން އަންނާނީ އެހެން ބަޔަކު ސާފު ކުރަން. އޮފީސް ތެރެ އޮފީސް މުވައްޒަފުން ލައްވާ ސާފު ކުރުވަނީ އަދި ސްޓާފް ރޫމް ޓީޗަރުން ލައްވާ ސާފު ކުރުވަނީ،" ނަޒީލް ވިދާޅުވި އެވެ.

އަދި ހެނދުނު ދަންފަޅީގައި ފަސް ބެލެނިވެރިން، މެންދުރުފަހު ދަންފަޅީގައި ހަތަރު ބެލެނިވެރިން މަސައްކަތަށް ނުކުމެ ސްކޫލުގެ ގޯތި ތެރެއާއި ފާހާނަތައް ސާފުކޮށްދެ އެވެ.

އެ ސްކޫލުގައި މިވަގުތު ހަ މުވައްޒަފަކު ކުނިކަހާ ސާފުކުރުމަށް މަސައްކަތް ކުރެ އެވެ. އޭގެ ތެރެއިން ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުން ބާކީ ތިބި ތިން މީހުންވެސް ކަރަންޓީނަށް ދާން ޖެހުނީ އެވެ. ޓީޗަރުންނާއެކު ޖުމްލަ 10 މުވައްޒަފަކު މިވަގުތު ޕޮޒިޓިވްވެ, ކަރަންޓީނުގައި އެބަ ތިއްބެވެ. އިހައްދޫ ސްކޫލަކީ އަބަދުވެސް ޓީޗަރުންނާއި ބެލެނެވެރިން ގުޅިގެން މަސައްކަތްކުރާ ސްކޫލަކަށްވާތީ ކޮވިޑް އަޔަސް އެއްވެސް ކަމެއް ހުއްޓެން ބޭނުންނުވީ އެވެ.

"އަޅުގަނޑުމެން ވަރަށް މަޑު ނުކުރާނެ ސަރުކާރުން އެއްޗެހި ދެންދެން. އަޅުގަނޑުމެންގެ ޕީޓީއޭ އާއި މުވައްޒަފުން ނިކުމެ މަސައްކަތް ކޮށްގެން ހުންނާނެ ޑިނާނައިޓް ތަކާ އެއްޗިސްވެސް ކޮންޑަކްޓް ކޮށްގެން ކަންކަން ކޮށްފައި. އެގޮތުން ސްކޫލުވެސް ޑިޖިޓަލް ކުރަމުން އައިސް މިހާރު އަޅުގަނޑުމެން ސްކޫލުގަ ޑިޖިޓަލް ނުކުރެވި ވެސް ހުންނާނީ ތިން ކްލާސް ރޫމް،" ނަޒީލު ވިދާޅުވި އެވެ.

އާބާދީގައި 427 ދަރިވަރުން ކިޔަވަމުންދާ އިހައްދޫ ސްކޫލުގައި ގްރޭޑް އެކަކުން 10އަށް ކިޔަވައިދެ އެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ސްކޫލަށް ގޮސްގެން ކިޔަވައިދެނީ ގްރޭޑް ހަތަކުން ނުވައެއްގެ ދަރިވަރުންނަށެވެ. ނަމަވެސް އެ ދަރިވަރުން ބޭނުންނަމަ އޮންލައިންކޮށްވެސް ކިޔެވޭ ގޮތަށް އެ ސްކޫލުން ވަނީ ނިންމާފަ އެވެ. އެހެން ކަމުން އެ ގްރޭޑްތަކުގެ ދަރިވަރުންގެ ތެރެއިން ސްކޫލަށް އައިސްގެން ކިޔަވަނީ 97 ދަރިވަރުންނެވެ. ދަށް ގްރޭޑްތަކުގެ ދަރިވަރުންނަށް ކިޔަވައިދެނީ އޮންލައިންކޮށެވެ.

ސްކޫލުގެ ބެލެނިވެރިން ކުނިކަހަނީ-- ފޮޓޯ: އިހައްދޫ ސްކޫލު
ސްކޫލުގެ ބެލެނިވެރިން ކުނިކަހަނީ-- ފޮޓޯ: އިހައްދޫ ސްކޫލު

ސްކޫލުގެ ބެލެނިވެރިން ކުނިކަހަނީ-- ފޮޓޯ: އިހައްދޫ ސްކޫލު

ނަޒީލް ވިދާޅުވީ ބޭނުމަކީ ކޮންމެ ހާލަތެއްގައި ވެސް ސްކޫލް ނުހުއްޓި ކުރިއަށް ގެންދިއުމަށް ކަމަށެވެ.

"ނަމަވެސް ވަކި ޑިޕާޓްމެންޓެއް އެއްކޮށް ޕޮޒިޓިވްވެއްޖެއްޔާ އަޅުގަނޑުމެންގެ ވިސްނުމަކީ އެ މީހުންގެ ސަބަބުން އެހެން މީހުންނަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރެވޭނެ ގޮތެއް ބެލުން. އެގޮތަށް ބަލާފައި އަޅުގަނޑުމެން އެންގީ ޑައިރެކްޓް ކޮންޓެކްޓްއެއްވީ ކަމަށް ޝައްކު ކުރެވޭ މުވައްޒަފުން ގާތުވެސް ނަތީޖާއަށް ގޮތެއް ވަންދެން ގޭގަ މަޑުކޮށްލަން،" ނަޒީލު ވިދާޅުވި އެވެ.

ރަށު ތެރޭގައި ކޮވިޑް ފެތުރެމުންދާތީ އެ ސްކޫލުން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުގައި ވަނީ ސްކޫލު ވޯކް ސްޓޭޝަންތައް އަށް ތަނަކަށް ބަހާލާފަ އެވެ.

"ފައުންޑޭޝަން ޓީޗަރުން ތިބޭނީ ވަކިން. ސެން ޓީޗަރުން ތިބޭނީ ވަކިން. ހަމަ އެގޮތަށް ލައިބްރަރީ އާއި ކޮމްޕިއުޓާ ލެބްގެ މުވައްޒަފުންވެސް ތިބޭނީ ހަމަ އެތާ. އިދާރީ މުވައްޒަފުންނަށްވެސް އަންގާފަ އޮންނާނީ އެ މީހުންގެ ސްޓޭޝަނުން ނުކުންނަން ވާނީ ވަރަށް މަޖުބޫރީ ހާލަތެއްގަ އޭ. އެއީ މިސާލަކަށް އެތަނުން ޕޮޒިޓިވް ވެއްޖާ އެ ޓީޗަރުން އެކަނިތާ ދާނީ،" ނަޒީލު ވިދާޅުވި އެވެ.

އެ ސްކޫލުގެ ފިރިހެން ދަރިވަރުން ޑިސްއިންފެކްޓް ކުރުމުގައި ހަރަކަތްތެރިވަނީ-- ފޮޓޯ: އިހައްދޫ ސްކޫލު
އެ ސްކޫލުގެ ފިރިހެން ދަރިވަރުން ޑިސްއިންފެކްޓް ކުރުމުގައި ހަރަކަތްތެރިވަނީ-- ފޮޓޯ: އިހައްދޫ ސްކޫލު

އެ ސްކޫލުގެ ފިރިހެން ދަރިވަރުން ޑިސްއިންފެކްޓް ކުރުމުގައި ހަރަކަތްތެރިވަނީ-- ފޮޓޯ: އިހައްދޫ ސްކޫލު

އެ ސްކޫލުގެ މަސައްކަތު މުވައްޒަފުން އެއްފަހަރާ ކަރަންޓީނަށް ދާން ޖެހުނީ އެއް ތަނެއްގައި އެގޮތަށް އުޅެން ޖެހުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ސްކޫލުގައި މަސައްކަތު މީހުންގެ މަސައްކަތް ނިންމުމަށްފަހު ގިނައިން އުޅޭނީ އެ ސްކޫލުގެ ބަދިގޭގަ އެވެ.

ނަޒީލު ވިދާޅުވީ ސްކޫލު ދަރިވަރުންގެ ތެރެއިން ޖުމްލަ ޕޮޒިޓިވްވީ ކިތައް ދަރިވަރުންކަން ނޭނގޭ ނަމަވެސް ދެ ކުއްޖަކު އެ ސްކޫލުން ޕޮޒިޓިވް ވެފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. ޓީޗަރަކު ޕޮޒިޓިވް ވެއްޖެނަމަ އެ އެ ޓީޗަރެއްގެ ކްލާސްތައް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ.

މި ދުވަސްވަރަކީ މުޅި ރާއްޖޭގައިވެސް ކޮވިޑް ކޭސްތައް މައްޗަށް ގޮސްފައިވާ ދުވަސްވަރަކަށްވީ ނަމަވެސް ކިޔެވުން މެދު ނުކެނޑި ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ. އެގޮތުން މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ވެސް މަދުވެގެން ދެ ދުވަހު ދަރުވަރުން ސްކޫލަށް ހާޒިޒުކޮށް ކިޔަވައިދޭން ވަނީ އަންގާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox