ދަންވަރަށް ގައި ކަހާ ބައެއް ސަބަބުތަކާއި ކުރެވިދާނެ ބައެއް ފަރުވާ

ދަންވަރަށް ގައި ކަހާ ބައެއް ސަބަބުތަކާއި ކުރެވިދާނެ ބައެއް ފަރުވާ

ދަންވި ދަންވިހެން ގައި ހިރުވުމަކީ ބައެއް މީހުންނަށް ދިމާވާ އުނދަގޫ ސިއްހީ މައްސަލައެކެވެ. އާންމުކޮށް މިގޮތަށް ގައި ހިރުވުމަކީ ރޭގަނޑުގެ ނިދީގެ އަރާމު ވެސް ގެއްލެން ދިމާވެދާނެ ސަބަބެކެވެ.

ރޭގަނޑަށް ގައި ހިރުވުމަށް އިނގިރޭސި ބަހުގައި ބޭނުންކުރާ ސިއްހީ ލަފުޒެއް އޮވެ އެވެ. ޕިރުރައިޓިސް ނަމަކަށް ކިޔާ މި ހާލަތަކީ ބައެއް ފަހަރު ބައެއް މީހުންނަށް ވަރަށް ވޭން ހުރި ކަމަކަށް ވެސް ވެ އެވެ. ޕިއުރައިޓިސްް އަކީ ބައެއް ފަހަރު ތަބީއީ ކަމަކުން މެދުވެރިވާ ކަމެކެވެ. އަނެއްބައި ފަހަރު، މިއީ ހަށިގަނޑަށް ކުރިމަތިވެފައިވާ ސިއްހީ ނުރައްކަލެއްގެ އަލާމާތަކަށް ވެސް ވެ އެވެ.

ގުދުރަތީ ސަބަބުތައް

ރޭގަނޑު ގައި ކަހަން އާންމުކޮށް މެދުވެރިވާ ބައެއް ގުދުރަތީ ސަބަބުތަކުގެ ތެރޭގައި ތަބީއީގޮތުން ހަށިގަނޑުގައި ހިނގާ ބައެއް މުހިންމު މަސައްކަތްތައް ހިމެނެ އެވެ. މިސާލަކަށް، އިރުއޮއްސުމުން ހަށިގަނޑުގެ ފިނިހޫނުމިނާއި, ލޭ ދައުރުވުން އިތުރުވެ އެވެ. އޭގެ ސަބަބުން ހަންގަނޑުގައި ކުޑަ ހޫނުކަމެއް ހުންނަ އިރު މިއީވެސް ގައި ކެހުމަށް މެދުވެރިވެދާނެ ސަބަބެކެވެ.

މިފަފަދަ ދެވަނަ ސަބަބަކަށް، ރޭގަނޑު ހަށިގަނޑުގައި އުފައްދާ ސައިޓޯކިންސް މާއްދާ ވެސް ބެލިދާނެ އެވެ. ސައިޓޯކިންސް އަކީ އިންފްލެމޭޓޮރީ (ދިލަނެގުމެއް) އެކުލެވޭ މާއްދާ އެކެވެ. ހަމަ އެހެން، ރޭގަނޑުގެ ވަގުތުތަކުގައި އިންފްލެމޭޝަން ލަސްކޮށްދޭ ހޯމޯން ކަމުގައިވާ ކޯޓިކޯސްޓްރޮއިޑްސް ރިލީޒްކުރާ މިންވަރު މަދުުވުމުން ހަންގަނޑުން ފެން ގެއްލޭ މިންވަރު ދުވާލާއި ބަލާއިރު އިތުރުވެ އެވެ. ފިނި މޫސުމުގައި ހަންގަނޑު ހިކިގެންދަނީ މި ސަބަބާއި ހެދި ހުރެ އެވެ. ހަން ޑްރައިވުމަކީ ހިރުވުމަށް މެދުވެރިވާ ސަބަބެކެވެ.

ސިއްހީ ސަބަބުތައް

ގައިހިރުވުމަކީ ކޮންމެ ފަހަރަކު އަދި އާދައިގެ ކަމެކޭ ހިތާ ދޫކޮށްލެވޭ ކަހަަލަ ކަމެއް ނޫނެވެ. ރޭގަނޑަށް ގައި ކަހަން މެދުވެރިކުރުވާ ސިއްހީ ސަބަބުތަކެއް ވެސް ހުރެ އެވެ.

  • ހަމުގެ ބަލިތައް (އެކްޒެމާ, ސޮރޭސިސް, ހައިވްސް)
  • ބައެއްކަހަލަ ބަގްސްތައް (ސްކޭބީސް, އުކުނު, ޕިންވޯމްސް)
  • ކިޑްނީ އަދި ލިވާގެ ބަލިތައް
  • ދަގަނޑު ދައްވުން (އެނީމިއާ)
  • ތައިރޮއިޑް މައްސަލަތައް
  • ސައިކޮލޮޖިކަލް މައްސަލަތައް (ސްޓްރެސް, ޑިޕްރެޝަން, ސްކިޓްސަފްރީނިއާ)
  • ލިއުކީމިއާ އަދި ލިމްފޯމާ
  • ނާރުގެ މައްސަލަތަކާއި, ހަކުރު ބަލި
  • އެލާޖީ
  • މާބަނޑުވުން

ފައިގައި ލޯޝަން ހާކަނީ--
ފައިގައި ލޯޝަން ހާކަނީ--

ފައިގައި ލޯޝަން ހާކަނީ--

ފަރުވާ އެއް އެބަ އޮތްތަ؟

ރޭގަނޑު ގައި ކަހަން މެދުވެރިވާ ސަބަބު ހޯދުމަކީ މި ވޭނީ ތުރާލުން ސަލާމަތްވުމަށްޓަކައި ކޮންމެހެންވެސް މުހިންމު ކަމެކެވެ. ކެހުން ހުއްޓުވުމަށްޓަކައި ބޭނުންކުރެވިދާނެ ތަފާތު ބޭސްތަކާއި ކްރީމްތައް ފަސޭހައިން ލިބެން ހުރެ އެެވެ. ނަމަވެސް އެބައި ކުރިއަށްގެންދަންވާނީ ޑޮކްޓަރަކަށް ދެއްކުމަށްފަހު ޑޮކްޓަރެއްގެ ލަފާއާ އެކުގަ އެވެ.

ޕިއުރައިޓިސް ގެ ވޭން ކުޑަ ކުރުމަށް ގޭގައި އަޖުމަ ބަލާލެވިދާނެ ބައެއް ހޯމް ރެމެޑީސް ތަކާއި, ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވިދާނެ ބައެއް ބަދަލުތަކެއް އެބަހުއްޓެވެ. އެންމެ މުހިންމީ ނުތަނަވަސް ހިޔާލުތަކާއި ދުރުން ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅުމެވެ. މިގޮތުން ހަށިގަނޑުގެ މަސްތައް ރިލެކްސްކުރުވުމަށްޓަކައި މެޑިޓޭޓްކުރުމާއި, ޔޯގާ ފަދަ ލުއި ކަސްރަތުތަކެއް ކުރެވިދާނެ އެވެ.

އެއާއެކު ހަންގަނޑު ޑްރައިވެ ކަހައިގަތުމުގެ ކުރިން ލުބްރިކޭޓްކޮށްދޭނޭ އަލްކޮހޯލް ފްރީ މޮއިސްޗަރައިޒާއެއް ވެސް ބޭނުންކުރެވިދާނެ އެވެ. ހާއްސަކޮށް ނިދުމުގެ ކުރިން މިފަދަ މޮއިސްޗަރައިޒާއެއް މުޅި ގަޔާއި، ހިރުވާ ހިސާބުތަކުގައި އުނގުޅާލުމުން ވެސް ލުޔެއް ލިބޭނެ އެވެ.

ފަސޭހައިން ލިބެން ހުރި ރަނގަޅު ބައެއް މޮއިސްޗަރައިޒާ ތަކުގެ ތެރޭގައި ސެރާވީ, ސެޓަފިލް ޔޫސެރިން އަދި ވެނީކްރީމް ހިމެނެ އެވެ.

މީގެއިތުރުން ހިރުވުން ކަހާ ދިމާލެއްގައި ފިނި އެއްޗެއް ހާކަލާ, ހަމަށް ކުޑަ މަސާޖެއް ދިނުމަކީ ވެސް ހިރުވުން ލުއިކޮށްދޭނެ ކަމެކެވެ.

ހަމައެޔާއެކު ނިދާކޮޓަރީގައި ހިއުމިޑިފައާއެއް ބޭނުންކުރާނަމަ ކޮޓަރީގެ ވައިގެ ތެރެއަށް އިތުރު ތެތްކަމެއް ގެެނެސްދީ ހަންގަނޑު ޑްރައިވުމުން ދުރުކޮށްދޭނޭ އެވެ.

ރޭގަނޑު ގައި ކަހާނަމަ ކޮށްގެން ނުވާނެ ކަންތައްތައް

  • ގައި ހިރުވާނެކަހަލަ މެޓީރިއަލްއެއްގެ ނިދާ ހެދުން ބޭނުން ނުކުރުން. ނިދާ ގަޑިއަށް އެންމެ ރަނގަޅުވާނީ މަޑު, ނެޗުރަލް ފައިބާއިން ތައްޔާރުކުރެވިފައިވާ ސިލްކް ނުވަތަ ކޮޓަން ފޮތީގެ ހެދުން
  • ކޮޓަރީ އާދައިގެ ވަރަކަށް ފިނިކޮށް ބެހެއްޓުން. މާ ބޮޑަށް ހޫނުވާނަމަ ގައި ކަހާނެ.
  • ނިދުމުގެ ކުރިން ކެފެއިން ބޭނުންނުކުރުން. ކެފެއިންގެ ސަބަބުން ލޭ ހޮޅިތައް ފުޅާވެ, ހަންގަނޑުގައި އިތުރު ހޫނުކަމެއް ހުރުމަށް މަގުފަހިކޮށްދޭ.
  • ކެހިޔަސް ނުކަހާތި. ކަހާ ކޮންމެފަހަަރަކީ އަދި އިތުރަށް ހިރުވާނެ އަދި ކަހަން ބޭނުންވާނެ ކަމެއް.
  • އަބަދުވެސް ނިޔަފަތިތައް ވީހާވެސް ކުރުކޮށް ކަނޑާފައި ބަހައްޓާ

ޑޮކްޓަރަކަށް ދައްކާލުން ބުއްދިވެރި!

ހަމަކީވެސް ހަށިގަނޑުގެ މުހިންމު ގުނަވަނެކެވެ. އެހެންކަމުން މާބޮޑަށް ގައި ހިރުވާ ކަހަންޖެހޭނަމަ ހަމުގެ ޑޮކްޓަރަކަށް ނުވަތަ ޖެނެރަލް ޑޮކްޓަރަށް ދައްކާލެވިދާނެ އެވެ. ހާއްސަކޮށް މެދުނުކެނޑި ދެ ހަފްތާއެއްވަރު ކަހާނަމަ ނުވަތަ ކެހުމަކާއި ހެދި ނިންޖަށް އަސަރުކުރާނަމަ އެ ދެނީ މިކަމުގެ ސީރިއަސް ކަމުގެ ސިގްނަލްތަކެކެވެ. އަަދި ކެހުމާއެކު ބަރުދަން ލުއިވުމާ, ހުންއައުމާ ހަންގަނޑަށް އެއްވެސް ކަހަލަ ބަދަލެއް އަންނަނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކާލަންވާނެ އެވެ.

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox