ބަލި މީހުން ކައިރިއަށް ޒިޔާރަތް ނުކުރެވޭ ގޮތަށް އޭޑީކޭއިން ހަދައިފި

އޭޑީކޭ ހޮސްޕިޓަލް: ހޮސްޕިޓަލުން ބުނީ ކޮންމެހެން ދާން ނުޖެހޭ ހާލަތްތަކުގައި ހޮސްޕިޓަލަށް ނުދިޔުމަށް -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

އޭޑީކޭ ހޮސްޕިޓަލް: ހޮސްޕިޓަލުން ބުނީ ކޮންމެހެން ދާން ނުޖެހޭ ހާލަތްތަކުގައި ހޮސްޕިޓަލަށް ނުދިޔުމަށް -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ކޮވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާތީ އޭޑީކޭ ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާދެމުން އަންނަ ބަލި މީހުން ކައިރިއަށް ޒިޔާރަތް ނުކުރެވޭ ގޮތަށް އޭޑީކޭ އިން ހަދައިފި އެވެ.

އެ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި އޮތީ ބަލި މީހުން ކައިރިއަށް ޒިޔާރަތް ކުރުމުގެ އިންތިޒާމް ހުއްޓާލާނީ މާދަމާއިން ފެށިގެން ކަމަށެވެ. އެއީ އާންމުންނާއި ސިއްހީ ހިދުމަތްދޭ ފަރާތްތަކުގެ ރައްކަލަކަށް އެ ހޮސްޕިޓަލުން އަޅާ ފިޔަވަޅެއް ކަމަށް ވެސް އޭޑީކޭއިން ބުންޏެވެ.

"މި ހޮސްޕިޓަލުގެ އިލްތިމާސަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެންމެންގެ އެއްބާރުލުން ލިބުން،" އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ.

ޒިޔާރަތް ނުކުރެވުނު ނަމަވެސް ކޮންމެ ބަލި މީހެއް ކައިރީގައި ކޮވިޑުގެ އަލާމާތް ނެތް އެކަކަށް ހުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އޭޑީކޭއިން ބުނީ އެ ހޮސްޕިޓަލުގެ އިލްތިމާސަކީ ބަލިވެގެން ނަމަވެސް ކޮންމެހެން ދާންނުޖެހޭ ހާލަތްތަކުގައި އެ ހޮސްޕިޓަލަށް ނުދިޔުން ކަމަށެވެ. އަދި ބުނީ، އެންމެ ރަނގަޅު ގޮތަކީ ހޮސްޕިޓަލަށް ދާ ނަމަ އެކަނި ދިއުން ނުވަތަ އެންމެ އެހީތެރިޔަކާއެކު ދިއުން ކަމަށެވެ.

"އަދި ހިދުމަތް ހޯއްދަވަން ވަޑައިގަންނަވާއިރު ރަނގަޅު ގޮތުގައި މާސްކު އަޅުއްވައި، ހޮސްޕިޓަލުގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ހޭންޑް ސެނިޓައިޒާ ބޭނުން ކުރެއްވުމަށް ވެސް އިލްތިމާސް ކުރަން،" އޭޑީކޭއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox