ސިކުނޑީގެ ޓިއުމަރު ނައްތާލާ އޮޕަރޭޝަނެއް ޓްރީޓޮޕް ހޮސްޕިޓަލުން ކާމިޔާބުކޮށްފި

ޓިއުމަރު ނެގުމަށް އޮޕަރޭޝަން ކުރިއަށްގެންދިޔަ ޓީމުގެ ޑޮކްޓަރުން: ފަރުވާ ދިނީ އުމުރުން 66 އަހަރުގެ މީހަކަށް -- ފޮޓޯ: ޓްރީ ޓޮޕް

ޓިއުމަރު ނެގުމަށް އޮޕަރޭޝަން ކުރިއަށްގެންދިޔަ ޓީމުގެ ޑޮކްޓަރުން: ފަރުވާ ދިނީ އުމުރުން 66 އަހަރުގެ މީހަކަށް -- ފޮޓޯ: ޓްރީ ޓޮޕް

ސިކުނޑީގެ ނާށީގަނޑުން ބައެއް ނަގައިގެން ޓިއުމަރެއް ނައްތާލުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ކާމިޔާބު އޮޕަރޭޝަނެއްކޮށްފި އެވެ.

އެ ހޮސްޕިޓަލުން ބުނީ އެ އޮޕަރޭޝަން ކޮށްފައި ވަނީ ސިކުނޑީގެ ޓިއުމަރަށް ފަރުވާ ކުރަމުންދާ އުމުރުން 66 އަހަރުގެ މީހެއްގެ ކަމަށެވެ. އޮޕަރޭޝަން ކުރިއަށްގެންދިޔައީ އެ ހޮސްޕިޓަލުގެ "ކްރެނިއޮޓޮމީ އަދި އިންޓަރކުރޭނިއަލް ޓިއުމާ" ޑިޕާޓްމަންޓުންނެވެ.

"މި އޮޕަރޭޝަން ގޮސްފައިވަނީ ވަރަށް ކާމިޔާބުކޮށްކަން އަޅުގަނޑުމެން ވަރަށް އުފަލާއިއެކު ފާހަގަކޮށްލަން،" ޑރ. ހުއާން ވިދާޅުވި އެވެ.

އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ނާރުގެ އޮޕަރޭޝަންތަކަށް ހާއްސަ ޑޮކްޓަރު، ޑރ. ހުއާން ލޮރީޑޯ އާއި ހޭނައްތާ ޑޮކްޓަރުން ކަމަށްވާ ޑރ. އައިމިނަތު ފިއުނާ އާއި ޑރ. ވިސްވަޖިތް އުދޭކުމާރު އަދި މެޑިކަލް އޮފިސަރު ޑރ. ގާސިމް ނިމާލް އާއި ހޮސްޕިޓަލްގެ ޓެކްނިކަލް ސްޓާފުންނާއި ނަރުހުންގެ ޓީމަކުންނެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ނާރުގެބަލިތަކުގެ ހާއްސަ އަދި ނާރުގެ އޮޕަރޭޝަންތަކަށް ހާއްސަ ޑިޕާޓްމަންޓް ހިންގަމުން ގެންދަނީ އެފަދަ އޮޕަރޭޝަންތަކުގައި އެތަކެއް އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ ކޮންސަލްޓަންޓް ޑޮކްޓަރުންނެވެ.

އެގޮތުން ޑރ. ހުއާން ލޮރީޑޯއަކީ މި ދާއިރާގެ ގިނަގުނަ ތަޖުރިބާތަކެއް ލިބިފައިވާ، ނާރުގެ އޮޕަރޭޝަންތަކަށް ހާއްސަ ޑޮކްޓަރެކެވެ. ޑރ. ހުއާން ފާހަގަ ކޮށްލެވެނީ ތަފާތު ނާރުގެ ބަލިތައް ދެނެގަނެ، ވީހާވެސް ކުޑަކޮށް ފަޅާލައިގެން ކާމިޔާބު ބޮޑެތި އޮޕަރޭޝަންތައް ކުރައްވާފައިވާ ޑޮކްޓަރެއްގެ ގޮތުގަ އެވެ.

އޭނާ ވަނީ ސްޕެއިންގެ ހޮސްޕިޓާލެސް ސެން ރޯގުގެ ނާރުގެ އޮޕަރޭޝަން ޑިވިޒަންގެ އިސްވެރިޔާގެ މަގާމާއި ކެނެރީ އައިލެންޑްސްގެ އައި.ސީ.އެން-އިންސްޓިޓިއުޓޯ ކެނޭރިއޯ ޑި ނިއުރޯސިރިއުޖިއާގެ ޑިރެކްޓަރުގެ މަގާމުފަދަ، އިސް މަގާމުތައް ވެސް ފުރުއްވާފަ އެވެ. އަދި ޒިއުރިކް ސްވިޓްޒަލޭންޑުގައި މައިކްރޯސާރޖަރީ، ލަންޑް ޔުނިވާރސިޓީގައި ނިއުރޯ-އިންޓެންސިވް ކެއާ، ހަވާޑް ޔުނިވާސިޓީ އަދި މެލްބޯންގައި ނިއުރޯ ސާޖަރީ، އަދި ޑެލަސްގައި ވެސްކިއުލޯ އިން އެތަކެއް ވިޒިޓިންގް ފެލޯޝިޕް ކްރެޑިޓްތައް ވެސް އޭނާ ހޯއްދަވާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox