މަހުމޫދުގެ އާއިލާއިން ބޭނުންވަނީ މަރަށް މަރު; އިއުތިރާފު އެއްބަސްވުމަކަށް ޕީޖީން ނުދާނެ

މަހުމޫދު މަރާލި ކަމަށް އެއްބަސްވެފައިވާ ސާލިމް: އިއުތިރާފު އެއްބަސްވުމަކަށް ވަނީ އެދިފައި

މަހުމޫދު މަރާލި ކަމަށް އެއްބަސްވެފައިވާ ސާލިމް: އިއުތިރާފު އެއްބަސްވުމަކަށް ވަނީ އެދިފައި

އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް އެ ރަށު ވިޔަފާރިވެރިޔާ މަހްމޫދް އަބޫބަކުރުގެ މަރައިލި ކަމަށް ތުހުމަތު ކުރެވޭ ބަންގްލަދޭޝްގެ ޝާ އޮލަމް މިއާ (ސާލިމް) ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފުވެއްޖެ އެވެ.

މަހްމޫދް، 57، މަރާލުމަށްފަހު ފަޅު ގޯއްޗެއްގެ ފެންވަޅު ތެރެއަށް އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ އޮކްޓޯބަރު 13، ގަ އެވެ. ފައިސާގެ ބޭނުމަށް މަހްމޫދް މަރާލީ އޭނާ ކަމަށް ފުލުހުންގެ ތަހުގީގުގައި ވެސް ސާލިމް އެއްބަސްވެފައިވާއިރު އޭނާގެ މައްޗަށް ދައުލަތުން ކުރަނީ ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އާއި މައްޔިތެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ އެވެ.

ސާލިމަކީ ދަނގެތީގައި ދިރިއުޅޭ އެރަށުގެ އުމުރުން ދުވަސްވީ މީހެއް ބެލުމަށް ގެނެސްފައި ހުރި މީހެކެވެ. މަހްމޫދު މަރާލީ އޭނާއަށް ގުޅައިގެން ސާލިމް ދިރިއުޅޭ ގެއަށް ގެންގޮސް ވަޅިން ހަމަލާދިނުމަށްފަހު އެވެ. އޭނާ މަރާލުމަށްފަހު ހަށިގަނޑު ގޯންޏަކަށް ލައިގެން ގެންދިޔައީ ފަޅު ގެއަކަށެވެ. އެއީ މަހްމޫދު އިމާރާތް ކުރަމުންދިޔަ ގެއެކެވެ.

މިއަދު މި މައްސަލާގައި ބޭއްވި އިބްތިދާއީ ފުރަތަމަ އަޑުއެހުމުގައި ދައުވާ އިއްވުމުން ސާލިމް ހަމައެކަނި ބުނީ ދައުވާގައިވާ ހުރިހާ ކަމަކަށް އެއްބަސްވާ ކަމަށާއި އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. އޭނާއަށް ދައުލަތުން ވަކީލަކު ހަމަޖައްސައިދީފައިވާއިރު އަމިއްލައަށް ވަކީލަކު ހޯދަން ފައިސާ ނެތުމުން ކުރިއަށް ދާން ބޭނުންވަނީ އެ ވަކީލާއެކު ފާހަގަކުރި އެވެ.

ސާލިމަށް ދައުލަތުން ހަމަޖައްސައިދީފައިވާ ވަކީލް މަޖީދު އަލީ ވިދާޅުވީ މަހުމޫދު މަރާލެވުނީ ސައިތާނާ އޭނާގެ ބޮލަށް ވެރިވެގެން ކަމަށް ބުނެފައިވާ ކަމަށާއި އެކަމާ ދެރަވެ މާފަށް އެދިފައިވާ ކަމަށެވެ. އޭނާ ބޭނުން ވަނީ ތަހުގީގުވީ އިއުތިރާފު ދަމަހައްޓައި, ދައުލަތާއެކު އިއުތިރާފު އެއްބަސްވުމަކަށް ދާން ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

ނަމަވެސް, ދައުލަތުގެ އައިޝަތު މުނާ ވިދާޅުވީ ސާލިމާއެކު އިއުތިރާފު އެއްބަސްވުމަކަށް ދާން ދައުލަތުން ބޭނުން ނުވާ ކަމަށެވެ. އެއީ މިއީ މަރުގެ މައްސަލައަކަށްވެފައިވާ, ވާރިސުންގެ ބަސް ހޯދިއިރު ސާލިމްގެ ކިބައިން ގިޞޯޞް (މަރަށް މަރު) ހިފަން ބޭނުންވާ ކަމަށް އާއިލާއިން އަންގާފައިވާތީ ކަމަށް ވަކީލް ފާހަގަކުރެއްވި އެވެ.

ސާލިމްގެ ދިފާއީ ވަކީލް ވިދާޅުވީ މަރުގެ މައްސަލައެއް ނަމަވެސް, އިއުތިރާފު އެއްބަސްވުމަކަށް ދިޔުމުގެ ފުރުސަތު އޮންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެއީ, ސާލިމް ވަނީ ކުރެވުނު ކުށަށް މާފަށް އެދި ތައުބާވެފައިވާތީކަން އޭނާ ފާހަގަކުރެއްވި އެވެ.

އިއުތިރާފު މައްސަލަތަކަކީ އަވަސް ނިޔާގެ ދަށުން ކުރިއަށް ގެންދާ މައްސަލަތަކެއް ނަމަވެސް, ދައުލަތުން ވަނީ މި މައްސަލަ ހެކި ހުށަހަޅައިގެން ކުރިއަށް ގެންދަން ބޭނުންވާކަން ހާމަކުރައްވާފަ އެވެ. ނަމަވެސް, ދިފާއީ ވަކީލް އެކަމަށް އިއުތިރާޒު ކުރައްވަމުން ވިދާޅުވީ އިއުތިރާފު މައްސަލަތައް ކުރިއަށް ގެންދަން ގާނޫނުގައި އޮތް ގޮތަކީ އަވަސް ނިޔާ ކަމަށެވެ. އެކަމަށް މައްސަލަ ބައްލަވާ ގާޒީ, ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވެސް ތާއިދު ކުރެއްވި އެވެ.

އިސްގާޒީ ވިދާޅުވީ މައްސަލާގައި ދެން އޮންނާނީ އަވަސް ނިޔާގެ އަޑުއެހުމެއް ކަމަށާއި އެއީ, މި މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. އެ އިއުލާނަށްފަހު, މިއަދުގެ އަޑުއެހުން ނިންމާލި އެވެ.

މި މައްސަލާގެ ތަހުގީގު ނިންމައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނި ގޮތުގައި މަހުމޫދު މަރާލި ކަމަށް ތަހުގީގުގައި އެއްބަސްވެ ސާލިމް ކޯޓަށް އިއުތިރާފުގެ ބަޔާނެއް ދީފައިވާ ކަމަށެވެ. އަދި މަރާލި ކަމަށް ބެލެވޭ ސަބަބަކީ ނުވަތަ މޯޓިވަކީ ފައިސާ ހޯދުންކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މަހުމޫދު އަތުން ފައިސާ ހޯދުމަށް ސާލިމް ބޭނުންވި ސަބަބުތައް ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށާއި އަދި އެ ރޭ މަހުމޫދަށް ސާލިމް ދިރިއުޅޭ ގެއަށް ދައުވަތު ދިން ސަބަބު ވެސް ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox