ހުސް ފައިގައި މަލްސާ ސޮނެވާ ޖާނީގެ ބުކްޝޮޕަށް

ހުސް ފައިގައި މަލްސާ ސޮނެވާ ޖާނީގެ ބުކްޝޮޕަށް

މިދިޔަ ހަ އަހަރު އިނގިރޭސިވިލާތުގައި ކިޔަވަން ހުރި މަލްސާ މާޒް އަށް، ޔުނިވަސިޓީ ހަމަ ނިމުމާ އެކު ރާއްޖެ އައިސް އުޅޭނީ ސޮނޭވާ ޖާނި ފަދަ ތަނެއްގެ ޕޮޕްއަޕް ބުކްޝޮޕެއް ހިންގަން ކަމަށް މީގެކުރިން މީހަކު ބުނިނަމަ ގަބޫލު ވެސް ނުކުރެވުނީ ހެވެ. ހުސް ފައިގައި އުޅުމުގެ ސަގާފަތެއް އޮންނަ ސޮނެވާ ޖާނީގެ ފުރަތަމަ ދިވެހި "ބެއާފުޓް ބުކް ސެލާ"، މަލްސާ އެ ވަޒީފާ އަށް އޭނާ ނިކުމެ ފުރަތަމަ ލިޔުނު ބްލޮގް ޕޯސްޓުގައި ވެސް ބުނެފައިވަނީ މިހެންނެވެ.

އެކަމަކު ވަށައިގެންވީ ރީތި ނޫ ވިލާއި ގުދުރަތީ ފެހިކަމުގެ ތެރެއަށް ގެއްލިގެން އިނުމުގެ ފުރުސަތު ލިބޭ އެ ވަޒީފާއަކީ އޭނާއަށް ހުވަފެނެއް ފަދަ އެވެ. ކުޑަ އިރުއްސުރެ އޭނާގެ އެންމެ ބޮޑު ޝައުގުވެރިކަމަކީ ފޮތް ކިޔުމެވެ.

ކޮންމެ ދުވަހަކީ ވެސް އާ ބަޔަކާ ބައްދަލުވެ އާ ތަޖުރިބާތަކެއް ކުރެވި, އާ ވާހަކަތަކާއި މައުލޫމާތުތަކެއް ބަދަލުކުރެވިގެންދާ ދުވަހަކަށް ވާއިރު, އޭނާގެ ތަފާތު ވަޒީފާ އަކީ ހަމައެކަނި ފޮތް ވިއްކުމަށްވުރެ ބޮޑަށް މީހާގެ ހުނަރާއި ގާބިލްކަން އިތުރުކޮށްދޭ މަސައްކަތެއް ކަމުގައި މަލްސާ ބުންޏެވެ. ވަޒީފާގައި މި ހޭދަވި ހަތަރު ވަރަކަށް މަސް ތެރޭގައި މަލްސާ ވަނީ އުފެއްދުންތެރި ލިޔުންތެރިކަމުގެ ކްލާސްތަކާއި, ބިބްލިއޯ ޑައިލޮގް ސެޝަންތަކާއި, ވަކި ވަކި ގެސްޓުންގެ ޝައުގާއި އެއްގޮތްވާ ގޮތަށް ރީޑިން ރެކޮމެންޑޭޝަން ލިސްޓް ހަދައިދީ އަދި ރީޑިން ސެޝަންތައް ވެސް ނަގައިދީފަ އެވެ.

Advertisement

މި އާޓިކަލް ގައި، މި ގެނެސްދެނީ ރާއްޖޭގެ ފުރަތަމަ ބެއާފުޓް ބުކްސެލާ މަލްސާ "އަދަދަށް" ދިން ހާއްސަ އިންޓަވިއު އެކެވެ. މަލްސާ މި ކިޔައިދެނީ ތަފާތު މި ވަޒީފާގައި މަލްސާ ކުރާ މަސައްކަތްތަކާއި އޭނާއާ ބެހޭ ބައެއް ވާހަކަ ތަކެވެ.

މަލްސާ މީގެ ކުރިން އަދާކުރީ ކޮން ވަޒީފާ އެއް؟

ކިޔަވާ ނިންމުމަށްފަހު އެންމެ ފުރަތަމަ މަސައްކަތްކުރީ ހެރިޓޭޖް ޑިޕާޓްމަންޓުގައި. އޭރު ކުރެވުނު އެންމެ ހާޢްސަ މަސައްކަތަކީ ޔުނެސްކޯގެ ހެރިޓޭޖް ލިސްޓުގަ ހިރިގަލުން ހަދާފަހުރި ރާއްޖޭގެ ހަ މިސްކިތެއް ހިމެނުމުގެ މަސައްކަތް. މައުރޫފް ޖަމީލްގެ ދަށުން އެ މަސައްކަތަށްފަހު ޔުނިވާސިިޓީއަށް ދިއުމުގެ ކުރިން ލޯމާ ރިސޯޓްގެ މިއުޒިއަމް ގައިޑްއެއްގެ ގޮތުގައިވެސް މަސައްކަތް ކުރިން. އެ ރިސޯޓުގައި އާސާރީ ތަކެތީގެ ކަލެކްޝަން ދިރާސާކުރުމުގެ މަސައްކަތްވެސް ކުރެވުނު.

މަތީ ތައުލީމު ހާސިލްކުރީ ކޮން ދާއިރާއަކުން؟

ބެޗްލާ އޮފް އާޓްސް ހެދީ އާކިއޮލޮޖީ އާއި އެންތްރޮޕޮލޮޖީ އިން. ދެން އެންމެފަހުން މާސްޓާސް މި ނިންމީ އިނގިރޭސިވިލާތުގެ ވޭލްސް އިން އެންގޭޖްޑް އެންތްރޮޕޮލޮޖީ އިން. މަލްސާގެ މެއިން ފޯކަސްއަކީ ސަގާފީ އާސާރުތައް ޑޮކިއުމެންޓް ކުރުން. ދެން ފީލްޑް ވޯކްގެ ތެރެއިން, އެންމެ ބޮޑު މަސައްކަތަކަށްވީ ފަންގި ވިޔުމާ, ރޯނު ވެށުމާ ކަސަބު ވިޔުމުގެ މަސައްކަތް އެންމެ އިހުގައި ކުރި ގޮތަށް ދަސްކުރުން.

ދެން ކިޔަވާނިމިގެން އައިސް ރިސޯޓެއްގައި ކަލްޗަރަލް އެންތްރޮޕޮލޮޖިސްޓެއްގެ ވަޒީފާ އަދާކުރިން. އެތަނުގައި ބޮޑަށް ދިރާސާކުރެވުނީ ރާއްޖެ އިސްލާމްވުމުގެ ކުރީގެ ތާރީހުތަކާއި, ޕޯސެލިން ޓްރޭޑް ޓްރޭސްކުރުމަށްޓަކައި ރާއްޖެއާ ޗައިނާ ދެމެދުގައި އޮތް ގުޅުމުގެ ތާރިހުް. އެ ރިސޯޓުން ފެނުނު ސީނު ތަށިތަކެއްވަނީ އެ ދިރާސާގެ އެހީގައި 15 ވަނަ ގަރުނާ 17 ވަނަ ގަރުނާ ދެމެދަށް ޑޭޓް ކުރެވިފައި.

ސޮނޭވާގެ ބެއާފުޓް ބުކްސެލާގެ ވަޒީފާގައި މަލްސާގެ ޒިންމާތަކަކީ ކޮބާ؟

މިއީ ހަމައެކަނި ފޮތް ވިއްކުމެއް އެކަންޏެއް ނޫން. ކްރިއޭޓިވް ރައިޓިން ކްލާސްތައް ހިންގުމާއި, ޕްރައިވެޓް ޓޫޓަރިން ނަގައިދިނުމާއި ދުނިޔޭގެ އެކި ހިސާބުތަކުން އަންނަ ގެސްޓުންނަށް ޕާސަނަލް ރީޑިން ރިކޮމެންޑޭޝަންސް ދިނުމާ, ރީޑިން ސެޝަންތައްވެސް ނަގައިދެން.

މީގެ ކުރިން އެހެން ބެއާފުޓް ބުކްސެލާސް ވެސް ހިންގި ބެއާފުޓް ބުކް ކްލަބް އަލުން ފެށުމުގެ މަސައްކަތްވެސް އެބަކުރެވޭ. މިއީ ހަމައެކަނި އިން ހައުސް ގެސްޓުންގެ އިތުރުން ހުރިހާ ރިޕީޓާ ގެސްޓުންނަށްވެސް ބައިވެރިވެ, އެމީހަކަށް ކަމުދިޔަ ފޮތްތަކާއި ބެހޭގޮތުން ހިޔާލު ބަދަލުކޮށްލަން ހުޅުވާލެވިފައި އޮންނަ ޕްލެޓްފޯމެއް. ދެން ކްލައެންޓަކު ވަކި ފޮތެއް ކިޔާލަން ބޭނުންނަމަ ދެން އެމީހަކު އަންނަ ޑޭޓަކަށް އެ ފޮތެއް ހޯދަދޭންވެސް މަސައްކަތްކުރަން.

ސޮނޭވާ ޖާނީގެ ތަޖުރިބާ ކިހިނެއް؟

ވަރަށް މިނިވަންކަމާއި އެކީ މަސައްކަތްކުރެވޭ އަބަދުވެސް އާ ހިޔާލުތަކަށް ޖާގަދޭ, ގިނަ ފުރުސަތުތަކެއް ތަނަވަސް ވަޒީފާއެކޭ ބުނެވޭނީ.

ރިސޯޓުގައި ވަރަށް ގިނައިން ބޭނުންކުރެވޭ އެއްޗެއް, "ނޯ ނިއުސް, ނޯ ޝޫޒް" އަކީ. އެހެންވީމަ ޑިސްކަނެކްޓްކޮށް, މީހާ މުޅިން ހަމަޖެހިލާ, ގުދުރަތްތެރިކަމާއި ކަނެކްޓްކޮށްލަދޭ. ހާއްސަކޮށް އަބަދުވެސް ހުސްފައިގައި އުޅޭތީ ކުރިން އަމިއްލަ ވެއްޓާއި ނޯންނަ ކަހަލަ ހާއްސަ ގުޅުމެއް އޮވޭ.

ދެން ސޮނޭވާ މި ބްރޭންޑްގެ އެންމެ ހާއްސަކަމަކީ އެކި ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުން ވަރަށް ގިނަ. މެރިން ބައޮލޮޖިސްޓުންނަށާ, އިންޖިނިއަރުން ގޮތަށްވެސް އަންހެނުން އެބަ މަސައްކަތްކުރޭ. އެއީ ކުރިއަށްދާން ލިބޭ ވަރަށްބޮޑު ހިތްވަރެެއް.

ސޮނޭވާގެ ފޮތް ކަލެކްޝަންއާ ބެހޭގޮތުން ކިޔައިދީބަލަ

ސޮނޭވާ ޖާނީގެ ބުކް ކަލެކްޝަން ކިއުރޭޓް ކޮށްފައިވަނީ އިނގިރޭސިވިލާތުގެ އަލްޓިމޭޓް ލައިބްރަރީ އިން. މި ކަލްކްޝަންގައި ބޮޑަށް މި ހިމެނެނީ ސޮނޭވާގެ މި ބްރޭންޑްއިން ދަމަހައްޓަން ބޭނުންވާ ވެލިއުސްތަކާ, ދިވެހި ސަގާފަތްތަކާއި, އެކި ކަންކޮޅުތަކުން މިތަނަށް އަންނަ މެހެމާނުންނަށް ކަމުދާނެ އެކި ޓޭސްޓްތަކުގެ ފޮތްތައް. ދެން ފިކްޝަނަލް, ކޮންޓެމްޕޮރަރީ ނޮވެލްތަކާއި, ކްލެސިކްސްގެ އިތުރުން ކުދިންނަށް ކަމުދާނެ ފޮތްތައްވެސް ލިބެން ހުންނާނެ.

މި ކަލެކްޝަން އިން މަލްސާއަށް އެންމެ ކަމުދަނީ ކޮން ފޮތެއް؟

އަބަދުވެސް އެންމެ ކަމުދަނީ ދިވެހި ސަގާފީ ފޮތްތައް. ދަ މޯލްޑިވްސް އައިލެންޑާސް, ސްޕްނިޝް އެންތްރޮޕޮލޮޖިސްޓް އަދި ރާއްޖޭގެ ސަގާފަތާ އާދަކާދަ ޑޮކިއުމެންޓްކުރުމަށް ގިނަ އަހަރުތަކެއް ހޭދަކުރި ޒާވިއާ ރޮމެޓޯ ފްރިއާސް ލިޔުނު ފޯކް ޓޭލްްސް އޮފް ދަ މޯލްޑިވްސް ފޮތްވެސް ވަރަށް ކަމުދޭ.

ދެން ކްލްސިކްސްގެ ތެރޭގައި ޕްރައިޑް އެންޑް ޕްރިޖުޑިސް އަކީ ވަރަށް ގިނައިން ކިޔުނު ފޮތެއް. އޭގެ އެލިޒަބަތް ބެނެޓް އަކީ މަލްސާއަށް އެންމެ ކަމުދާ އެއް ލިޓްރަރީ ކެރެކްޓާ. އެއްވެސް ކަމަކާ ފަސްނުޖެހި ކެރިގެން ކުރިމަތިލާ ކެރެކްޓާއެއް އެއީ. އެހެންވީމަ އަމިއްލައަށް ކުޑަ ހިތްވަރެއް, މޯޓިވޭޝަންއެއް ހޯދަންވިޔަސް ހަނދާންކޮށްލެވޭ.

މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ މީހަކަށް ކީކޭ ބުނެލާނީ؟

އަންހެނަކަށްވުރެ ސޮނޭވާގައި މަސައްކަތްކުރެވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ބޯޓު ކެޕްޓަނު ކަމުން ފެށިގެންގޮސް މެރިން ބައޮލިޖިސްޓުންނަށްވެސް އަންހެނުން ތިބީމަ އެބަ އިނގޭ އަސްލު މިއީ ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީގެ މުސްތަގުބަލްކަން.

ދެން ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ ވަޒީފާއަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް އަސްލު ބުނެލަން ބޭނުން ތަފާތުވުމަކީ މައްސަލައެއް ނޫނޭ. މި ދާއިރާއިން ކުރިއަށްދެވޭނެ އެކިއެކި ގޮތްތައް ހުރިކަން ދަނެ, ފަސްނުޖެހި ކުރިއަށްދާށޭ.

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox