ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ރެހެންދި އެވޯޑް ދިނުމަށް މިދިޔަ އަހަރު ބޭއްވި ޖަލްސާގެ ތެރެއިން: މިފަހަރު އިނާމެއްގެ ގޮތުގައި އައްޑަނައަކާއި ބްރޫޗެއް ލިބޭނެ -- ފޮޓޯ: އަދަދު ފައިލް

ރެހެންދި އެވޯޑް ދިނުމަށް މިދިޔަ އަހަރު ބޭއްވި ޖަލްސާގެ ތެރެއިން: މިފަހަރު އިނާމެއްގެ ގޮތުގައި އައްޑަނައަކާއި ބްރޫޗެއް ލިބޭނެ -- ފޮޓޯ: އަދަދު ފައިލް

ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި ޖެންޑާ މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު އެކަން އާންމުކޮށް އިއުލާނުކޮށްފި އެވެ.

ރެހެންދި އެވޯޑަކީ އެކިއެކި ދާއިރާތަކުން އަންހެނުން ކުރާ މަސައްކަތްތަކާއި ގައުމީ ތަރައްގީއަށާއި މުޖުތަމައު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރާއި މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި އަންހެނުންގެ ކުރިއެރުމަށް ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމަށް ދޭ އެވޯޑެކެވެ.

ވަކިވަކި ފަރުދުންނާއި މުއައްސަސާތަކާއި ޖަމުއިއްޔާތަކާއި ޖަމާއަތްތަކަށް ވެސް އެ އެވޯޑަށް ކުރިމަތިލެވިދާނެ އެވެ. އެއީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ސަރުކާރުން ދެމުން އަންނަ އެވޯޑެކެވެ.

Advertisement

މި އަހަރު މި އެވޯޑުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ ޝީލްޑަކާއި ގައުމީ އެކިއެކި މުނާސަބަތުތަކުގައި ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ހެދުމުގައި ޖަހާ "ބްރޫޗް" އެއް ކަމަށް ޖެންޑާ މިނިސްޓްރީން މައުލޫމާތު ދިނެވެ. މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހުގެ 2:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި އެހެން ފަރާތްތަކުން ނަން ހުށަހެޅުމުގެ ފުރުސަތު (ނޮމިނޭޓްކުރުމުގެ) ފުރުސަތު މިހާރު ވަނީ ޝަރުތު ހަމަވާ ހުރިހާ އެންމެނަށް ވެސް ހުޅުވާލާފައި ކަމަށް ޖެންޑާ މިނިސްޓްރީން އިއުލާނުކުރި އެވެ.

މި އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ އުސޫލާއި އެޕްލިކޭޝަން ފޯމު، ޖެންޑާ މިނިސްޓްރީގެ ވެބްސައިޓު www.gender.gov.mv ޑައުންލޯޑު ކުރެވޭނެ އެވެ.

އެވޯޑަށް ކުރިމަތިލާ މީހުންގެ ތެރެއިން މި އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅާނީ މިނިސްޓްރީން އެކަމަށް ހާއްސަކޮށް އެކުލަވާލާ "ރެހެންދި އެވޯޑު ކޮމިޓީން" ކަމަށް އެ މިނިސްޓްރީން ހާމަކުރިއެވެ. އަދި ރެހެންދި އެވޯޑު ލިބޭނީ ހުށަހަޅާ ލިޔެކިޔުންތަކާއި އިންޓަވިއުތަކުގެ މައްޗަށް ބިނާކޮށް 75 އިންސައްތައަށްވުރެ މަތިން ލިބޭ ފަރާތްތަކަށް ކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތުދިނެވެ.

ރެހެންދި އެވޯޑު 2020 ވަނަ އަހަރު ނުވަ ބޭފުޅަކަށް ލިބިފައިވެ އެވެ. ކޮންމެ އަހަރަކު ވެސް މި އެވޯޑު ހަވާލުކުރަނީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ސްމީ ޖަލްސާގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox