ރާއްޖެ ބައްޔަށް ފަރުވާދޭ ހާއްސަ ޑިޕާޓްމެންޓެއް އޭޑީކޭގައި

އޭޑީކޭ: ޒަމާނީ ވަސީލަތްތަކާއެކު އެ ހޮސްޕިޓަލުގައި މިހާރު ވަނީ ރޫމަޓޮލޮޖީ ޑިޕާޓްމެންޓެއް ގާއިމްކޮށްފައެވެ-- ފޮޓޯ: އޭޑީކޭ ހޮސްޕިޓަލް

އޭޑީކޭ: ޒަމާނީ ވަސީލަތްތަކާއެކު އެ ހޮސްޕިޓަލުގައި މިހާރު ވަނީ ރޫމަޓޮލޮޖީ ޑިޕާޓްމެންޓެއް ގާއިމްކޮށްފައެވެ-- ފޮޓޯ: އޭޑީކޭ ހޮސްޕިޓަލް

ރާއްޖެބަލި ނުވަތަ "ރޫމަޓޮއިޑް އާތްރައިޓިސް" އަކީ ހުޅުހުޅުގައި ރިއްސާ ދުޅަވުން ފަދަކަންކަން ކުރިމަތިކުރުވާ ބައްޔެކެވެ. މި ބަލި ރާއްޖޭގައި އާންމުވެފައިވާތީ މިކަމަށް ބެނުންވާ ޒަމާނީ ފަރުވާ ދިނުމުގެ ގޮތުން މިކަމަށް ހާއްސަ ޑިޕާޓްމެންޓެއް އޭޑީކޭ ހޮސްޕިޓަލުގައި ގާއިމުކޮށްފި އެވެ.

މީގެ ދެ މަސް ކުރިން އޭޑީކޭގައި ގާއިމްކޮށްފައިވާ "ރޫމަޓޮލޮޖީ ޑިޕާޓްމެންޓް" އެ ހޮސްޕިޓަލުގައި ގާއިމްކުރެވިފައިވަނީ ރާއްޖެ ބައްޔާއި އެތެރެހައްޓާއި ހުޅުހުޅަށްޖެހޭ ތަފާތު ބަލިތަކަށް ފަރުވާ ދެވޭވަރުގެ ފެންވަރު ރަނގަޅު ވަސީލަތްތަކާއެކު ކަމަށް އޭޑީކޭއިން މައުލޫމާތުދެ އެވެ.

މީގެކުރިން އޭޑިކޭއިން މި ބަލިތަކަށް ފަރުވާ ދެމުން ދިޔައީ އެތެރެހަށީގެ ޑޮކްޓަރުން މެދުވެރިކޮށެވެ. ނަމަވެސް އަލަށް ހުޅުވުނު ރޫމަޓޮލޮޖީ ޑިޕާޓްމެންޓާއެކު މި ހިދުމަތްތަކުގެ ފެންވަރު ވަރަށް ބޮޑުތަން ރަނގަޅުވެގެން ދާނެ ކަމަށް އޭޑީކޭއިން މައުލޫމާތުދެ އެވެ.

"އަހަރެން މި ދާއިރާގައި މަސައްކަތްކުރާތާ ވިއްސަކަށް އަހަރުވެއްޖެ. އެހެން ގައުމުތަކުގައި ވެސް މަސައްކަތް ކުރިން. އެކަމަކު ރާއްޖެހާ މިބަލި އާންމު ގައުމެއް އަހަރެން ނުދެކެން. ރާއްޖޭގެ އާބާދީއާ އަޅާބަލާއިރު މުޅި ގައުމުގައި އާތްރައިޓިސް ބަލި ތަހަންމަލު ކުރަމުންދާ މީހުން ނިސްބަތުން ވަރަށް ގިނަ. މިއީ ކަންބޮޑުވާން ޖެހޭ ކަމެއް," އޭޑީކޭގެ ރޫމަޓޮލޮޖީ ޑިޕާޓްމެންޓުގައި މަސައްކަތްކުރައްވާ ޑރ. އަމާލް ވިދާޅުވި އެވެ.

ރާއްޖެ ބަލި ނުވަތަ އާތްރައިޓިސްއަކީ ކޮބާ؟

އާތްރައިޓިސްއަކީ އެންމެ ބައްޔެއް ނޫނެވެ. އެއީ ހުޅުތައް ދުޅަވުމާ، ހުޅުތަކުގައި ރިއްސުމާއި މިފަދަ ބަލިތަކަށް ކިޔާ ޖުމްލަ ނަމެވެ. މި ބަލި ކުރިމަތިވަނީ އިންސާނާގެ އަމިއްލަ ދިފާއީ ނިޒާމް އެމީހެއްގެ ހަށިގަނޑުގައިވާ ގުނަވަންތަކާއި ސިލޯށިތަކަށް(ޓިޝޫތަކަށް) ހަމަލާ ދިނުމުންނެވެ.

މި ބައްޔަށް ފަރުވާ ނުދެވި ގިނަ ދުވަސް ވެއްޖެނަމަ ހުޅުތައް ދުޅަވެ، ހުޅުގައި ރިއްސާ، ހުޅުގެ ކަށިތައް ގިރި، ހުޅުގައި އައިބު އުފެދުންވެސް އެކަށީގެންވެ އެވެ.

ޑރ. އަމާލް:
ޑރ. އަމާލް:

ޑރ. އަމާލް:

ކޮންމެ އުމުރުފުރާއެއްގެ މީހަކަށް ވެސް ޖެހުން އެކަށީގެންވާ މި ބަލި ތަހަންމަލު ކުރަމުންދާ މީހުންގެ ތެރޭގައި ނިސްބަތުން އެންމެ ގިނައީ އުމުރުން ދޮށީ އަންހެނުން ކަމަށް އޭޑީކޭގެ ޑޮކްޓަރު މައުލޫމާތު ދެއްވި އެވެ. މި ބަލީގެ އަލާމަތްތަކަކީ ދެނެގަންނަން އުނދަގޫ އަލާމާތްތަކެއް ކަމަށާއި ދުވަސްކޮޅަކަށް ފެނިފައި ގެއްލުން ވެސް އެކަށީގެންވާ އަލާމާތްތަކެއް ކަމަށް އޭޑީކޭގެ ރޫމަޓޮލޮޖީ ޑިޕާޓްމެންޓުގެ ޑޮކްޓަރު މައުލޫމާތު ދެއްވި އެވެ. އެހެންކަމުން ވީ އެންމެ އަވަހަކަށް މި ބަލި ދެނެގަނެ ފަރުވާ ހޯދަން ފެށުމަކީ ވަރަށް މުހިންމު ކަމެއްކަން ޑރ. އަމާލް ފާހަގަކުރެއްވި އެވެ.

ހިނގާބިނގާވެ އުޅޭއިރު ކުއްލިކައަށް އަރާ ތަދުތަކާއި ސިޑިން މައްޗަށް އަރާ ފައިބާއިރު ކަކުލުގައި ރިއްސުމާއި، ހެލިފެލިވެ އުޅޭއިރު އެކި ކަހަލަ އުނދަގޫތައް އިހުސާސްކުރެވެން ފަށައިފިނަމަ ބަލި ސީރިއަސް ވީ ކަން ދެނެގަންނަން ޖެހެ އެވެ. މިފަދަ އުނދަގޫތައް ކުރިވަތިވާން ފެށުމަކީ އިންޒާރެކެވެ. މި ބަލި ދެނެގަތުމަށްޓަކައި ހަދަން ޖެހޭ ޓެސްޓުތައް އޭޑީކޭ ހޮސްޕިޓަލުގެ ރޫމަޓޮލޮޖީ ޑިޕާޓްމެންޓުން މިހާރު ހެދެން ހުރެ އެވެ.

މި ބަލި ރާއްޖޭގައި އެހާ އާންމުވެފައިވަނީ ކޮން ސަބަބަކާހުރެ ކަމެއް ޔަގީންކަމާއެކު ބުނަން ނޭނގެ އެވެ. ނަމަވެސް މި ބަލި ޖެހުމުން ރައްކާތެރިވުމަށް ގަވައިދުން ކަސްރަތުކުރުމާއި، ހަށިގަނޑުގެ ބަރުދަން އެއް ހަމައެއްގައި ހިފަހައްޓަން މަސައްކަތް ކުރުމާއި، ދުންފަތުގެ އިސްތިއުމާލު ނުކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއްވަ އެވެ.

އޭޑީކޭއިން ލިބެން ހުންނަ ފަރުވާ

ރާއްޖެބައްޔަކީ ވަކި ހާއްސަ ފަރުވާއެއް ހޯދިފައި ނުވާ ބައްޔެކެވެ.

"ހުޅުހުޅުގައި ރިއްސާ ދުޅަވުން ފަދަ ކަމެއް ދެ ތިން މަސް ވަންދެން ފާހަގަކުރެވިއްޖެނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދެއްކުން މުހިންމު. މި ބަލިން އެއްކޮށް ރަނގަޅުވަނީ ވަރަށް މަދު މީހުން. އެކަމަކު ކުރިން ޑައެގްނޯޒް ކުރެވި ފަރުވާތައް ދެވެން ފެށިއްޖެނަމަ ބަލީގެ އަލާމާތްތައް ކޮންޓްރޯލްކުރެވޭނެ،" ކުރިން ވާހަކަ ދެއްކެވި ޑރ. އަމާލް ވިދާޅުވި އެވެ.

އޭޑީކޭގެ ރޫމަޓޮލޮޖީ ޑިޕާޓްމެންޓުގައި މި ބައްޔަށް ބޭސްކުރުމަށް ބޭނުންކުރާ ތަފާތު ވައްތަރުގެ ބޭސްތަކާއި އިންޖެކްޝަންތައް ލިބެން ހުރެ އެވެ. އަދި މި ހިދުމަތްތައް އާސަންދާއިން ވެސް ކަވަރު ކޮށްދެ އެވެ.

އެހެންކަމުން މިބަލި ތަހަންމަލު ކުރަމުންދާ މީހުން ފަރުވާ ހޯދުމަށް ރާއްޖޭން ބޭރަށް ދާކަށް މިހާރު ކޮންމެހެން މަޖުބޫރެއް ނޫނެވެ.

އޭޑީކެ ހޮސްޕިޓަލުން ލިބެން ހުންނަ ފަރުވާތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި ބޭސްފަރުވާގެ އާ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި އެ ހޮސްޕިޓަލުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

އަލަށް ހުޅުވާލެވުނު ރޫމަޓޮލޮޖީ ޑޮޕާޓްމެންޓުގެ އިތުރުން ރާއްޖެއިން ފަސޭހައިން ލިބެންނެތް އެހެނިހެން ހިދުމަތްތައް ވެސް އެ ހޮސްޕިޓަލުން އަންނަނީ ތައާރަފް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox