އަރަބިއްޔާގެ ވަގުތީ ސްކޫލްގެ މަސައްކަތް ޓައިމްލައިނާ އެއްގޮތަށް އެބަ ކުރިއަށްދޭ: މިނިސްޓްރީ

ވަގުތީ އިމާރާތުގެ މަސައްކަތް ޓައިމްލައިންއާ އެއްގޮތަށް ކުރިއަށްދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނި --

ވަގުތީ އިމާރާތުގެ މަސައްކަތް ޓައިމްލައިންއާ އެއްގޮތަށް ކުރިއަށްދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނި --

އަރަބިއްޔާ ސްކޫލްގެ ވަގުތީ އިމާރާތުގެ މަސައްކަތް ޓައިމްލައިންއާ އެއްގޮތަށް ކުރިއަށްދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދީފި އެވެ.

އިއްޔެ އެޑިއުކޭޝަން މިނިސްޓާ، އައިޝަތް އަލީ ވަނީ އެ އިމާރާތުގެ މަސައްކަތް ކުރިއަށްދާ މިންވަރު ބެއްލެވުމަށް ޒިޔާރާތް ކުރައްވާފަ އެވެ. މިނިސްޓްރީގެ އަމާޒަކީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭ ދުވަސް ކަމުގައިވާ މި މަހު 16 ވަނަ ދުވަހު ސްކޫލު ހުޅުވައި ކުދިންނަށް ކިޔަވަން ދެވޭވަރު ކުރުން ކަމުގައި މިނިސްޓްރީން މައުލޫމާތުދިނެވެ.

މިހާތަނަށް މި މަސައްކަތަށް ދައުލަތުން ހަރަދުކޮށްފައިވާ މިންވަރާ ބެހޭ މައުލޫމާތު އެ މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއި އެހީތެރިކަމާއެކު ކަން އެ މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ފާހަގަކޮށްފައިވެ އެވެ.

އަރަބިއްޔާ ސްކޫލްގެ އިމާރާތް ބާވެ، ސްޓްރަކްޗަރަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން އެ އިމާރާތުގައި ކިޔަވައިދިނުން ރައްކާތެރި ނޫންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައި، އެ ސްކޫލުގެ ބެލެނިވެރިންގެ ރައުޔު ހޯދުމަށް ފަހު މީހާރު ދަނީ ކުރީގެ ފޮރިން މިނިސްޓްރީ އިމާރާތުގައި ކްލާސްރޫމްތައް ގާއިމްކޮށް ވަގުތީ ގޮތުން ކިޔަވައިދިނުމުގެ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަމުންނެވެ.

އެ އިމާރާތް އަރަބިއްޔާއާ ހަވާލުކުރުމަށް ރައީސް ނިންމަވާފައިވަނީ ކިޔަވައިދޭން ފެށޭވަރަށް ހުރިހައި އިންތިޒާމެއް ސަރުކާރުން ހަމަޖެއްސެވުމަށް ފަހުގައި ކަމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެމަނިކުފާނު ވިދާޅުވި އެވެ. އަރަބިއްޔާ ސްކޫލުގެ އާ އިމާރާތެއް ބާ ޖަމާލުއްދީން ބިމުގައި ގާއިމް ކުރެވެންދެން ދަރިވަރުންގެ ކިޔެވުން ބުރޫއެރުމަކާ ނުލައި ކުރިއަށް ގެންދެވޭނެ ހެން މި އިމާރާތް ތަރައްގީކުރުމަށް ސަރުކާރުން ވަނީ ނިންމަވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox