ފްލޫ ސީޒަން: ބަލިވެ އުޅޭ އިރު ކާން އެންމެ ރަނގަޅީ ކޯއްޗެއް؟

ފްލޫ ސީޒަން: ބަލިވެ އުޅޭ އިރު ކާން އެންމެ ރަނގަޅީ ކޯއްޗެއް؟

މާލޭ ސަރަހައްދުގައި ހަލުވި ކަމާއިއެކު ހޮޑުލުމާއި ބޭރަށް ހިންގުން ފެތުރެމުންދާތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ވަނީ އެވެ. ވަކި އުމުރުފުރާ އެއް އިސްތިސްނާ ނުވެ، މި ފްލޫ ގެ އަސަރެއް ކިރިޔާވެސް ކޮށްފިނަމަ މުޅި ގޭބިސީ އެއްކޮށް ބަލިކޮށްލާ ވަރުގެ ބަލިގަނޑެކެވެ.

މިހާރު ފެތުރިގެން އުޅޭ ފްލޫ ޖެހޭ ގިނަ މީހުންގެ ފަރާތުން އެންމެ ގިނައިން ފެންނަ އަލާމާތަކީ ހޮޑުލުމާއި ބޭރަށް ހިންގުމެވެ. އެހެންވީމަ މި އާޓިކަލްގައި މި ހިމަނާލަނީ، މިހާރު ފެތުރިގެން އުޅޭ ވައިރަލް ފްލޫ ޖެހިގެން އުޅޭ އިރު އަވަހަށޑް ބަލިން ފަސޭހަވާން އެހީތެރިވެދޭނެ ބައެއް ކާނާ ތަކެވެ.

ރޯގާޖެހި, ހޮޑުލައި އަދި ބަނޑުދިޔާވާނަމަ ކެއުން ބަހައްޓަންވީ ގޮތް މި ކިޔައިދެއްވަނީ ޑައިޓީޝަން އާސިޔާ އަބްދުލްރަހީމް އެވެ.

ވިޓަމިން ސީ

އައިޖީއެމްއެޗްގައާއި އަދި ޓްރީޓޮޕްގައިވެސް މަސައްކަތްކުރައްވާ އެތެރެހަށީގެ ޑޮކްޓަރު ޑރ. މުހައްމަދު އަލީ ވިދާޅުވި ގޮތުގައި މި ބަލީގައި ފެންނަނީ ތިން އަލާމާތެކެވެ. އެއީ ރޯގާއާއި, ބޭރަށް ހިނގުން/ބަނޑު ދިޔާވުން އަދި ހޮޑުލުމެވެ.

މި ތިން އަލާމާތުގެ ތެރެއިން އެއްވެސް އަލާމާތެއް ފެންނަނަމަ ކެއުމުގައި ހިމަނަންވީ އެންމެ މުހިންމު ބާވަތަކީ އާސިޔާ ބުނާގޮތުން ވިޓަމިން ސީ އެވެ.

ގިނަފަހަރު ބަލިވެގެން ހޮސްޕިޓަލަށް ދިއުމުން ވިޓަމިން ސީ ސަޕްލިމެންޓް ޑޮކްޓަރުން ޕްރިސްކްރައިބް ކުރެއްވިއަސް, ހަށިގަނޑަށް އެންމެ ފައިދާހުރީ ކާނާއިން މި މާއްދާ ލިބިގަތުން ކަމުގައި އާސިޔާ ބުންޏެވެ

ހާއްސަކޮށް ރޯގާއާއި ހޮޑުގެ އަސަރުކުރާނަމަ ވިޓަމިން-ސީ އިން މުއްސަނދި ބާވަތްތަކަކީ އަނގަޔަށް މީރު ކާލަން ފަސޭހަވާނޭ ބާވަތަކަށްވާނެ ކަމަށް އާސިޔާ ބުންޏެވެ. ވިޓަމިން ސީ ގިނައަދަދަކަށް އެކުލެވޭ އަދި ދިވެހި ބާޒާރާއި ރައްޓެހި ބާވަތްތަކުގެ ތެރޭގައި އޮރެންޖް, އަލަނާސި, ފޭރު, ލުނބޯ, ދުމަށި ލުނބޯ, ގޯބިލި, ބިލިމަގު ފަދަ ބާވަތްތައް ހިމެނެ އެވެ. ހަމައެޔާއެކު, ބެލް ޕެޕާ, ސްޓްރޯބެރީ, ބްރޮކޮލީ އަދި މުރަނގަ ފަތުގައިވެސް ވިޓަމިން ސީ ގިނައަދަދަކަށް ހިމެނޭއިރު, މި ބާވަތްތަކަކީ ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިންވެސް ކެއުމުގައި ކޮންމެހެން ހިމަނަންޖެހޭ އަދި ބަލިން އަވަހަށް ރަނގަޅުވުމަށް އެހީވެދޭނެ ބާވަތްތަކެކެވެ.

ޔޯގަޓް

މި ބައްޔާއި ބެހޭގޮތުން ދެން އެންމެ ފޯރީގައި ދެކެވެނީ ޔޯގަޓްގެ ވާހަކަ އެވެ. އެހެންނަމަވެސް އާސިޔާ ބުނިގޮތުގައި ޔޯގަޓްގެ ހަގީގީ ފައިދާ ކުރާނީ ބޭރަށް ހިންގުން މެދުވެރިވަނީ "ބެކްޓީރިއާ" އަކުން ކަމުގައިވާނަމަ އެވެ. ނަމަވެސް މިހާރު ފެތުރެމުންމިދާ ބައްޔަކީ ވައިރަހެއްގެ ސަބަބުން މެދުވެރިވާ ކަމެއް ކަމުގައި މިހާރު ވަނީ ދެނެގަނެވިފަ އެވެ.

" މިހާރު މިއުޅެނީ ވައިރަލް ޑައިރިއާ އެއް. އެހެންވީމަ ޔޯގަޓް އަކީ އެހާ އެފެކްޓިވް އެއްޗެއް ނޫން. އެއާއެކު ޔޯގަޓްގެ ނަމުގައި ގިނަފަހަރު ވިއްކަން ހުންނަނީ އަސްލު ޔޯގަޓްއެއްވެސް ނޫން." އާސިޔާ ބުންޏެވެ.

އާސިޔާ އިތުރަށް ބުނިގޮތުގައި ބަނޑުދިޔާވާނަމަ އެކަމުން ފަސޭހަވުމަށްޓަކައި ޔޯގަޓް ބޭނުންކުރަނީ އާންމު ކާނާ ވިހަވުން ފަދަ ބަލިތައް ޖެހުމުންނެވެ.

ދިޔާތަކެއްޗާ އިލެކްޓްރޯލައިޓްސް

ވައިރަލް ބަލިގަނޑެއްގައި ހަށިގަނޑު ރެޕްލެނިޝް ކުރުމަށްޓަކައި ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުމާއި, އިލެކްޓްރޯލައިޓްސް ބޭނުން ކުރުން ވަރަށް މުހިންމެވެ.

މިގޮތުން ގޭގައި ރޯގާ ޖެހިގެން އުޅޭނަމަ ލުނބޯހުތުފަނި ހަކުރު ނާޅާ ގިރުމަށްފަހު ކުޑަ ލޮނުކޮޅެއް އަޅައިގެން ތައްޔާރުކޮށްފައި ބެހެއްޓިދާނެ. ނުވަތަ އޮރެންޖްއަކީވެސް ފަސޭހައިން ލިބޭނެ އަދި ފައިދާހުރި އެއްޗެއްކަމަށް އާށިޔާ ފާހަގަކުރި އެވެ.

" މުހިންމީ އޮރެންޖް ކާއިރުވެސް ގްލުކޯސް ފަދަ ބާވަތްތައް ނާޅާ ވީހާވެސް ތާޒާކޮށް ކެއުން. ލުނބޯހުތު ފަނި ގިރާއިރުވެސް ހަކުރު ނާޅާ ބޭނުންނަމަ ކުޑަ މާމުއި ކޮޅެއް އަޅާލެވިދާނެ. " އާސިޔާ ބުންޏެވެ.

ހަމައެޔާއެކު އޯއާރްއެސް އަކީވެސް މިފަދަ ބަލިތައް ޖެހި ހަށިގަނޑުން ދޫވާ މުހިންމު މާއްދާތައް އަނބުރާ ލިއްބައިދީ ގައިގައި ވަރުޖައްސައިދިނުމަށްޓަކައި ވީ އެންމެ އަވަހަށް ބޭނުންކުރުން އެދެވިގެންވާ ބާވަތެކެވެ.

ހަކުރު ބަލީގެ މީހުންނަށް: "ސްވީޓްނާ" ބޭނުން ނުކުރޭ

އާސިޔާ ބުނާގޮތުން ބޭރަށް ހިންގާ ހޮޑުލުމުގެ އަލާމާތްތައް ފެންނަ ހަކުރު ބަލީގެ މީހުން "ސްވީޓްނާ" ބޭނުންކޮށްފިނަމަ ގޭސްޓްރައިޓިކްވެ ބަލި އިތުރަށް ގޯސްވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

ޖޫހަށްވުރެ ރަނގަޅީ މޭވާ ކެއުން

މާބޮޑަށް ބަލިވެ ގައިން ވަރުދާން ފެށުމުން ކެއުމަކީ ގިނަފަހަރު އަހަރެމެންނަށް ކުރުމަށްވުރެ އުނދަގޫ ކަމެކެވެ. މި ހާލަތުގައި އެކި ރަހަތަކުގެ މޭވާ ޖޫހުން ގެ ފުރާލެވޭއިރު މިއީ އަދި އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

ޖޫހަށްވުރެ މުޅި މޭވާގައި ހިމެނޭ ނިއުޓްރިއަންޓްސް މާ ގިނަވާނެ އެވެ. ހާއްސަކޮށް ޖޫސް ކުރުމުން ނުވަތަ ޕެކެޓް ޖޫސްތަކުގައިވެސް މޭވާގައި ހުންނަ ފައިބާ މާއްދާ އުނިވެ އެވެ.

ބަލި ރަނގަޅުވާން ފެށުމުން ބެލެންސްޑް މީލް އެއް

މި ބަލީގެ އެކި ސްޓޭޖްތަކުގެ ތެރެއިން ފުރަތަމަ މަރުހަލާގައި ކުދިންނާއި ބޮޑެތި މީހުންވެސް ހޮޑުލާ, ބޭރަށް ހިންގާ, ރޯގާގެ އުނދަގޫތައް ދިމާވާއިރު, ގަދައަށް ކާންދޭން އުޅުމުގެ ބަދަލުގައި އެމީހަކަށް ކިރިޔާވެސް ކެވޭ އެއްޗެއް ދިނުމުން ފުދޭނެ އެވެ. މުހިންމީ ވީހާވެސް ބޮޑާށް ވިޓާމިން ސީ ދެވުމެވެ.

އެއަށްފަހު ބަލިން ރަނގަޅުވާން ފެށުމުން މިންހެޔޮ ކެއުމަކަށް ބަދަލުކުރަން ވާނެ އެވެ. ހާއްސަކޮށް "ޕްރޮޓީންސް" ގިނަ އަދަަދަކަށް ހިމެނޭ މަހާއި, ބިހާއި, ކުކުޅު ފަދަ މީޓްގެ ބާވަތްތަކާއި ކިރު އެކުލެވޭ ބާވަތްތައް ބަލިން ފަސޭހަވުމުން ދިނުން ވަރަށް މުހިންމެވެ.

" ކިރުގައި ހުންނަ ލެކްޓޯސްއަކީ ހަޖަމުކުރަން އުނދަގޫ މާއްދާއެއް. އެހެންވީމަ މިފަދަ ބައްޔެއް ޖެހިގެން އުޅޭއިރު ކިރުގެ ބާވަތްތައް ބޭނުންކުރުމުން އިތުރަށް ހޮޑުލެވި ސްޓޮމަކް އަޕްސެޓްވޭ. " - އާސިޔާ

ހަމައެޔާއެކު ކާން އުނދަގޫވެގެން އުޅޭ ދުވަސްތަކުގައި ބައެއްކަހަލަ ސޫޕްތަކަކީވެސް ކާލަން ފަސޭހަ އަދި ހަށިގަނޑަށް ފައިދާހުރި އެއްޗަކަށް ވާނެ އެވެ. މިގޮތުން ކުޅި ބަތްޕެން, މައިންސްޓްރޯން ސޫޕް އާސިޔާ ފާހަގަ ކުރިއެވެ. އަދި މިންޓްއަކީވެސް ރޯގާގެ އަލާމާތްތައް ލުއިކޮށްދޭ އެއްޗަކަށްވާއިރު ,މިންޓް ފަތުން ސައިތަށްޓެއް ނުވަތަ ލުނބޯއާއި މިންޓްއާ އެއްކޮށްގެންވެސް ރަހަމީރު އެއްޗެއް ތައްޔާރުކުރެވިދާނެ އެވެ.

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox