ޕާކިސްތާނުގައި ސްނޯގެ ތޫފާނެއްގައި އުޅަނދުތައް ތާށިވެ 21 މީހުން މަރުވެއްޖެ

ޕާކިސްތާނުގައި ސްނޯގެ ސަބަބުން އުޅަނދުތައް ތާށިވެފައި. -- ފޮޓޯ: ރޮއިޓާޒް

ޕާކިސްތާނުގައި ސްނޯގެ ސަބަބުން އުޅަނދުތައް ތާށިވެފައި. -- ފޮޓޯ: ރޮއިޓާޒް

އިސްލާމްއާބާދު، ޕާކިސްތާން (ޖެނުއަރީ 8) - ޕާކިސްތާނުގައި ސްނޯގެ ތޫފާނެއްގައި އުޅަނދުތައް ތާށިވެ 21 މީހުން މަރުވެއްޖެ އެވެ.

އެ ހާދިސާ ހިނގީ އުސް ހިސާބެއްގައިވާ އަވަށަކަށް އާދަޔާ ހިލާފަށް ގިނައިން ސްނޯ ފައިބާތީ އެ މަންޒަރު ބަލަން އެތައް ހާސް ބަޔަކު ޖަމާވާން ފެށުމުންނެވެ.

ފުލުހުން ބުނީ އަށް މީހުން މަރުވީ ކާރުގެ ތެރޭގައި ތާށިވެ މާ ބޮޑަށް ފިނިވެ، ގަނޑުވެގެން ކަމަށެވެ. ދެން ތިބި މީހުން މަރުވި ސަބަބު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

Advertisement

އިންޓީރިއާ މިނިސްޓަރު ޝެއިހް ރާޝިދު ވިދާޅުވީ މަގުތަކުން ސްނޯ ސާފުކޮށް، ތާށިވެފައިވާ އެތައް ހާސް ބަޔަކު ސަލާމަތްކުރަން ސިފައިން ނުކުމެފައިވާ ކަމަށެވެ.

އާއްމުންނަށް އެހީވާން ނުކުތް ސިފައިން. -- ފޮޓޯ: އޭޕީ
އާއްމުންނަށް އެހީވާން ނުކުތް ސިފައިން. -- ފޮޓޯ: އޭޕީ

އާއްމުންނަށް އެހީވާން ނުކުތް ސިފައިން. -- ފޮޓޯ: އޭޕީ

އުޅަނދުތައް ތާށިވެފައި ވަނީ ވެރިރަށް އިސްލާމްއާބާދްއާ 70 ކިލޯމީޓަރު އިރުއުތުރުން މުއްރީ ނަމަކަށް ކިޔާ އަވަށެއްގަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަނީ ކާރުތަކުގެ މަަތީގައި އެއް މީޓަރުގެ ސްނޯ ފައިބާފައި ހުއްޓަ އެވެ.

ޕާކިސްތާނުގެ ނޭޝަނަލް ވެދާ ފޯކާސްޓިން ސެންޓަރުގެ ވެބްސައިޓުގައިވާ ގޮތުން އާދީއްތަ ދުވަހުގެ ހަވީރާ ހަމައަށް އެ ސަރަހައްދަށް ބޯކޮށް ސްނޯ ފައިބާނެ އެވެ.

އިންފޮމޭޝަން މިނިސްޓަރު ފަވާދު ޗައުދަރީ ވިދާޅުވީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އެތައް އަހަރެއްގެ މޫސުމާ ގުޅޭ ރެކޯޑުތައް މުގުރާލާފައިވާ ކަމަށެވެ.

މުއްރީ އަވަށަކީ 19 ވަނަ ގަރުނުގައި އިނގިރޭސިން ބިނާކުރި ތަނެކެވެ. އެ އަވަށަކީ މިހާރު ފަތުރުވެރިންގެ މެދުގައި މަގްބޫލު ރިސޯޓު އަވަށެކެވެ.

އެ ތަނަށް ސްނޯ ފައިބަން ފެށުމުން އާއްމުން އުފާކުރާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ މިދިޔަ ދުވަސްތަކުގައި ވަރަށް ގިނައިން ސޯޝަލް މީޑިއާގައި ދައުރުވި އެވެ.

ނަމަވެސް ޕަންޖާބް ޕްރޮވިންސްގެ ޗީފް މިނިސްޓަރުގެ އޮފީހުން ބުނީ މުއްރީ އަކީ "ކާރިސާއެއް" ހިނގާފައިވާ ސަރަހައްދެއް ކަމަށް ކަނޑައަޅައި، މީހުން އެ ތަނަށް ނުދިޔުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

ބޮޑު ވަޒީރު އިމްރާން ހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުއްރީގައި ހިނގާފައިވާ ހާދިސާއާ މެދު ހިތާމަކުރައްވާ ކަމަށާއި ތަހުގީގަކަށް އަމުރު ކުރައްވާފައި ވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox