ޔޫއެއީގެ ކާގޯބޯޓެއް ހައިޖެކްކުރި މައްސަލަ ރާއްޖޭން ކުށްވެރިކޮށްފި

"ރަވާބީ" ހައިޖެކްކުރި މައްސަލަ ސަރުކާރުން ކުށްވެރިކޮށް އެކަމާމެދު ފިޔަވަޅު އެޅުމަށް ގޮވާލައިފި- ފޮޓޯ: އަރަބް ނިއުސް

"ރަވާބީ" ހައިޖެކްކުރި މައްސަލަ ސަރުކާރުން ކުށްވެރިކޮށް އެކަމާމެދު ފިޔަވަޅު އެޅުމަށް ގޮވާލައިފި- ފޮޓޯ: އަރަބް ނިއުސް

މި މަހުގެ ތިންވަނަ ދުވަހު ޔަމަންގެ އަލް ހުދައިދާ ކައިރިން ދަތުރުކުރަމުންދިޔަ ޔޫއޭއީގެ ކާގޯ ބޯޓެއް ކަމުގައިވާ "ރަވާބީ" ހައިޖެކް ކުރި މައްސަލަ ރާއްޖޭން ކުށްވެރިކޮށްފި އެވެ.

މި ބަޔާނުގައި ސަރުކާރުން ވަނީ ޔަމަނާއި އިރާނަށް ނިސްބަތްވާ ޖަމާއަތެއް ކަމުގައިވާ ހޫތީ ހަނގުރާމަވެރިން ހިންގާފައިވާ މި ޖަރީމާ ކޮށްވެރިކޮށް، މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރިއަށާއި ދަތުރުފަތުރުގެ ކަންކަމަށް ނުރައްކާވާނެކަން ފާހަގަކޮށްފަ އެވެ.

"މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ދުނިޔެއިން އިރުމަތީ ގައުމުތަކުގައި ސުލްހަވެރިކަން ގާއިމްކުރުމަށް ކުރަމުންދާ މަސައްކްތަކަށް ބުރޫއެރުމަށް މަގުފަހިވާނެތީ ދިވެހި ސަރުކާރުން މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަދި މިފަދަ މައްސަލަތައް ހައްލުކޮށް ކަނޑުދަތުރުފަތުރު ކުރާ އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލަން" ސަރުކާރުން ނެރުނު ނެރެފައިވާ ބަޔާނުގައި ބުންޏެވެ.

"ރަވާބީ" އަކީ ސައުދީ އޮޕަރޭޝަނަލް ހޮސްޕިޓަލަކަށް ބޭނުންވާ މެޑިކަލް ސާމާނާއި، މުވާސަލާތީ ވަސީލަތްތަކާއި، ކާބޯތަކެތި ހިފައިގެން ރަސްމީ ދަތުރެއްގައި ޔަމަނުގެ ސޮކޮޓްރާއިން ސައުދީގެ ޖިޒާންއަށް ދަތުރުކުރި ބޯޓެކެވެ. މި ބޯޓު ހޫތީ ހަނގުރާމަވެރިން ހައިޖެކް ކޮށްފައިވަނީ މިމަހުގެ ތިންވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައެވެ.

މި މައްސަލައާ ގުޅިގެން ވަރަށް ގިނަ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. ރާއްޖޭގެ އިތުރުން މިސުރާއި ކުވެއިތު އަދި ޖޯޑަންއިންވެސް މިއަމަލު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox