ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަ ކުރުމަށް، ނޭވާ ހިފެހެއްޓުމުގެ ރެކޯޑް މުގުރާލަން މަސައްކަތް ކުރަނީ

ފަތުރުވެރިކަމުގެ ރަންޔޫބީލާ ގުޅިގެން އާ ރެކޯޑެއް ހެދުމުގެ ހަރަކާތެއް ފްރީޑައިވް މޯލްޑިވްސްއިން ފަށައިފި؛ މީގެ ދެ އަހަރު ކުރިންވެސް މިފަދަ ހަރަކާތެއް ކުރިއަށް ގެންގޮސް ރާއްޖެއިން ވަނީ ރެކޯޑެއް މުގުރާލާފައި- ފޮޓޯ: ފްރީ ޑައިވް މޯލްޑިވްސް

ފަތުރުވެރިކަމުގެ ރަންޔޫބީލާ ގުޅިގެން އާ ރެކޯޑެއް ހެދުމުގެ ހަރަކާތެއް ފްރީޑައިވް މޯލްޑިވްސްއިން ފަށައިފި؛ މީގެ ދެ އަހަރު ކުރިންވެސް މިފަދަ ހަރަކާތެއް ކުރިއަށް ގެންގޮސް ރާއްޖެއިން ވަނީ ރެކޯޑެއް މުގުރާލާފައި- ފޮޓޯ: ފްރީ ޑައިވް މޯލްޑިވްސް

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓްރީން ތައްޔާރުވެފައިވާއިރު ރާއްޖޭގެ ފުރަތަމަ ލޯކަލް ޑައިވިންސްކޫލް ކަމަށްވާ ފްރީ ޑައިވް މޯލްޑިވްސްއިން, މޫދު އަޑީގައި ނޭވާ ހިފެހެއްޓުމުގެ ދުނިޔޭގެ ރެކޯޑެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

ފްރީޑައިވް މޯލްޑިވްސްއިން އިން އިންތިޒާމް ކުރާ "ނޭވާ 2" ހަރަކާތުގެ ދަށުން މަސައްކަތް ކރުާނީ އެންމެ ގިނަ މީހުން އެއްފަހަރާ ސްޓެޓިކް އެޕްނިއާގެ ރެކޯޑެއް ހެދޭތޯ އެވެ. ސްޓެޓިކް އެޕްނިއާއަކީ ނުފީނާ، މޫދު އަޑީގައި ނޭވާ ހިފަހައްޓައިގެން އޮންނަ އުކުޅަށް ކިޔާ ނަމެވެ. އެ ހަރަކާތުގެ ބައިވެރިން މޫދުގައި ނޭވާ ނުލައި ދެ މިނެޓު ހޭދަ ކުރާނެ އެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ބޭއްވީ އެ ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި އެންމެ ގިނަ މީހުން އެއްފަހަރާ ފްރީ ޑައިވް ކުރުމުގެ ރިކޯޑެއް ރާއްޖޭގައި ވަނީ ހަދައިފަ އެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިވަގުތަށް ހުޅުވާލާފައިވަނީ ހަމައެކަނި ރިސޯޓުތަކަށެވެ. ނަމަވެސް ވަރަށް އަވަހަށް މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ އާންމުންނަށް ވެސް ފުރުސަތު ހުޅުވާލާނެ ކަމަށް ފްރީޑައިވް މޯލްޑިވްސްއިން ބުންޏެވެ.

އެ ހަރަކާތަށް ރިސޯޓުތަކުން ހޫނު ތަރުހީބެއް ލިބެމުންދާ ކަން އެ ޖަމިއްޔާއިން ފާހަގަކުރި އެވެ. އެގޮތުން މިހާތަނަށް ހަ ރިސޯޓަކުން އެ ހަރަކާތުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ. އެއީ ފޯ ސީޒަންސް ލަނޑާ ގިރާވަރާއި ފޯސީޒަންސް ކުޑަހުރާ އާއި ކޯކޯ ޕާމް ބޮޑު ހިއްޗާއި މެރިއޮޓް ރިސޯޓްސް އާއި ޖުމެއިރާ އަދި ކްރޮސްރޯޑްސް އެވެ. މި ހަރަކާތުގައި 500 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ފްރީޑައިވް މޯލްޑިވްސްއިން ލަފާކުރެ އެވެ.

2019 ވަނަ އަހރު ބޭއްވުނު " ނޭވާ" ހަރަކާތުގައި 500 މީހުން ބައިވެރިވި.  މިއަހަރުގެ އިވެންޓުގައި މިއަށްވުރެ މީހުން ގިނަ ވާނެކަމަށް ލަފާކުރެވޭ- ފޮޓޯ: ފްރީ ޑައިވް މޯލްޑިވްސް
2019 ވަނަ އަހރު ބޭއްވުނު " ނޭވާ" ހަރަކާތުގައި 500 މީހުން ބައިވެރިވި. މިއަހަރުގެ އިވެންޓުގައި މިއަށްވުރެ މީހުން ގިނަ ވާނެކަމަށް ލަފާކުރެވޭ- ފޮޓޯ: ފްރީ ޑައިވް މޯލްޑިވްސް

2019 ވަނަ އަހރު ބޭއްވުނު " ނޭވާ" ހަރަކާތުގައި 521 މީހުން ބައިވެރިވި. މިއަހަރުގެ އިވެންޓުގައި މިއަށްވުރެ މީހުން ގިނަ ވާނެކަމަށް ފްރީ ޑައިވް މޯލްޑިވްސްއިން ލަފާކުރޭ - ފޮޓޯ: ފްރީ ޑައިވް މޯލްޑިވްސް

ބައިވެރިވާ ކޮންމެ ރިސޯޓަކަށް ފްރީ ޑައިވް މޯލްޑިވްސް ގެ ޓީމެއް ގޮސް އެ ރިސޯޓުގައި ހަތަރު ދުވަހުގެ ޓްރެއިނިންގް ޕްރޮގްރާމެއް ހިންގާނެ ކަމަށް ފްރީޑައިވް މޯލްޑިވްސްއިން މައުލޫމާތު ދިނެވެ. މި ޓްރެއިނިންގެ ގެ ތެރެއިން ސްޓެޓިކް ޑައިވިން އަކީ ކޮބައި ކަމާއި ނޭވާ ހިފަހައްޓާނެ ގޮތާއި ފެންމަތީ ފްލޯޓް ކުރާނެގޮތް ބައެވެރިންނަށް ދަސްކޮށްދޭނެ އެވެ.

އެ ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި އަހުރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގަޔާއި އެކި ރިސޯޓުތަކުގެ އެންމެން އެއްފަހަރާ އެއްވަގުތަކު ޑައިވްކުރާގޮތަށް ހަމަޖެހިފައިވާ މި ހަރަކާތް ކުރިއަށް ދާ އިރު ވޯލްޑް ރެކޯޑްތައް ބަލަހައްޓާ ޓީމުގެ އޮފިޝަލުން ވެސް ރާއްޖެއަށް އަންނާނެ އެވެ.

ފްރީޑައިވް މޯލްޑިވްސްއިން އިންތިޒާމްކޮށް ހިންގާ "ނޭވާ 2" މި ޕްރޮޖެކްޓަކީ އެ ޖަމިއްޔާއިން 2019 ވަނަ އަހަރު ހިންގި "ނޭވާ" މި ޕްރޮޖެކްޓުގެ ދެވަނަ ބައެވެ. މީގެ ދެ އަހަރު ކުރިން ހިންގި ޕްރޮޖެކްޓުގައި ރާއްޖެއިން ވަނީ އެންމެ ގިނަ މީހުން އެއްފަހަރާ ފްރީޑައިވް ކުރި ގައުމުގެ ރެކޯޑް މުގުރާލާފަ އެވެ. އޭގެ ކުރިން އެ ރެކޯޑު އޮތީ އިޓަލީގަ އެވެ.

އެ އަހަރުގެ ހަރަކާތުގައި ރާއްޖެއިން 521 މީހުން ބައިވެރިވެފައިވެ އެވެ. ބައިވެރިންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ކެބިނެޓާއި ޕާލިމެންޓުގެ މެމްބަރުން ވެސް ހިމެނިވަޑައިގެންނެވި އެވެ. މީގެ އިތުރުން އެ އަހަރުގެ ހަރަކާތުގައި ދުނިޔޭގެ ބައެއް ރެކޯޑް ހޯލްޑަރުން ވެސް ބައިވެރިވެޑައިގެންނެވި އެވެ.

އެގޮތުން ވޯލްޑް ޗެމްޕިއަން ފްރީޑައިވާ، ވިލިއަމް ޓްރޫބްރިޖް އާއި އޮސްޓްރޭލިޔާގެ އަންހެން ރެކޯޑް ހޯލްޑާ އަލަނާ ކާސްކޭ އަދި ސިންގަޕޫރްގެ ފްރީ ޑައިވިންގެ ރެކޯޑް ހޯލްޑާ ޖޮނަތަން ޗޮންގް އެ އަހަރުގެ ހަރަކާތުގައި ބައިވެރިވެފައިވެ އެވެ.

މި އަހަރުގެ "ނޭވާ 2" ކުރިއަށްދާއިރު ޑޮކިއުމެންޓްރީއެއް ތައްޔާރު ކުރުމަށް ފްރީޑައިވް މޯލްޑިވްސްއިން ވަނީ ނިންމަވާފަ އެވެ. މި ޑޮކިއުމެންޓްރީ ތައްޔާރުކުރުމަށްފަހު ނެޓްފްލިކްސް އާއި އެމަޒޮން ޕްރައިމް އަދި ޔޫޓިއިބްގައި ރިލީސް ކުރާނެ ކަމަށް ފްރީޑައިވް މޯލްޑިވްސްއިން މައުލޫމާތުދިނެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox